09 މާޗް 2020 - 07:42
ރިއަލިޓީ ޝޯ "ބިގް ބޮސް 13" ނިންމައިލުމާ އެކު އެ ޝޯގައި ވާދަކުރި ދެ ބައިވެރިއަކާ އެކު ކަލާޒް ޗެނެލުން ދައްކަން ފެށި އާ ޝޯ "މުޖްޝޭ ޝާދީ ކަރޯގޭ" ހުއްޓައިލަން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
މުނިފޫހި ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި ޝޯ ހުއްޓައިލަން ނިންމީ އޭގެ ޓީއާރްޕީ ދަށްކަމުންނެވެ. އަދި ބެލުންތެރިން އުންމީދުކުރި ވަރުގެ ތަރުހީބެއް ޝޯ އަށް ނުލިބޭ ކަމަށާއި މިއީ ވަރަށް ލޮނު މަޑު ޝައުގުވެރިކަން ކުޑަ ޝޯއެއްގެ ގޮތުގައި ބައެއް ބެލުންތެރިން ފާހަގަކޮށްފައިވެ އެވެ.
"މުޖްޝޭ ޝާދީ ކަރޯގޭ" އަކީ "ބިގް ބޮސް 13" ގެ ތިން ވަނަ އަށް ޝެހެނާޒް ގިލް (ސަނާ) އާއި ހަ ވަނަ ހަ ވަނަ އަށް ދިޔަ ޕާރަސް ޗާބްޅާ އިންނާނެ މީހަކު ހޯދަން ކުރިއަށް ގެންދާ ޝޯއެކެވެ.
Have things gone too far between #NavdeeshKaur aur #HeenaPanchal? 🤐
— COLORS (@ColorsTV) March 5, 2020
Watch the drama unfold on #MujhseShaadiKaroge at 10:30 PM tonight, only on #Colors.#ShehnaazKiShaadi #ParasKiShaadi
Anytime on @justvoot pic.twitter.com/3VenC8BglD
އެގޮތުން ޝޯ ކުރިއަށް ގެންދަން ފެށީ ސަނާއާ ކައިވެނިކުރަން ޝައުގުވެރިކަން ފާޅުކޮށް، ޝޯ އަށް ކޮލިފައިވި ފަސް ބައިވެރިއަކާއި ޕާރަސްއާ ކައިވެނިކިރަން ކޮލިފައިވި ފަސް ބައިވެރިއަކާ އެކީގަ އެވެ. މީގެ ދެ ބައިވެރިއަކު މިދިޔަ ހުކުރު ދުވަހުގެ ޝޯ އިން ވަނީ ކަޓައިގެން ގޮސްފަ އެވެ.
Aakhir hai kya @mayurvermaa aur #JasleenMatharu ka relationship status? 🧐
— COLORS (@ColorsTV) March 5, 2020
Dekhiye aaj #MujhseShaadiKaroge par 10:30 baje, only on #Colors.#ShehnaazKiShaadi #ParasKiShaadi
Anytime on @justvoot pic.twitter.com/dA29AEPzFh
"މުޖްސޭ ޝާދީ ކަރޯގޭ" އަކީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމަައަށް ދައްކާ ޝޯއެކެވެ. ޝޯގެ ހޯސްޓަކީ "ބިގް ބޮސް 8" ކާމިޔާބުކުރި އެކްޓަރު ގޯތަމް ގްލާޓީ އެވެ.
ޝޯ ހުއްޓައިލަން އުޅޭ ކަމަށް މީޑިއާތަކުން ދެއްކި ނަމަވެސް މިކަމާ ބެހޭ ގޮތުން ކަލާޒުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ބައެއް މީހުން ބުނާގޮތުގައި ޝޯ ހުއްޓައިލާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މިއީ ދެ މީހަކަށް، ކައިވެނިކުރާނެ މީހަކު ހޯދައިދޭން ކުރިއަށް ގެންދާ ޝޯއަކަށްވެފައި، ވަކި ހިސާބަކުން ޝޯ ހުއްޓައިލުމަކީ ހަމަޖެހޭ ކަމަކަށް ނުވުމެވެ.
"މުޖްސޭ ޝާސީ ކަރޯގޭ" ކަހަލަ ޝޯއެއް މީގެ ކުރިން ޑްރާމާ ކްއީންގެ ނަމުން މަޝްހޫރު ރާކީ ރާވަންތާ އެކު އެންޑީޓީވީ އިމޭޖުން 2009 ގައި "ރާކީ ކާ ސުވަޔަމްވަރު" ގެ ނަމުގައި ގެނެސްދީފަ އެވެ. އެކަމަކު ޝޯ ކާމިޔާބުކުރި މީހާއާ ރާކީ ކައިވެނިކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy