17 ފެބުރުއަރީ 2020 - 07:38
ހޮނިހިރު ދުވަހުގެ ރޭ ކަލާޒް ޗެނެލުން ނިންމައިލި "ބިގް ބިސް" ސީޒަން 13 ގައި ވާދަކުރި ދެ ބައިވެރިއަކާ އެކު އެ ޗެލުން ކައިވެނީގެ އާ ޝޯއެއް ހޯމަ ދުވަހުގެ ރެއިން ފެށިގެން ދައްކަން ތައްޔާރުވެއްޖެ އެވެ.
"ބިގް ބޮސް 13" ގެ ތިނަކަށް ދިޔަ ޝެހެނާޒް ގިލް (ސަނާ) އާއި ހަ ވަނައިން ޝޯ ނިންމައިލި ޕާރަސް ޗާބްޅާ ފެނިގެންދާ އާ ޝޯގެ ނަމަކީ "މުޖްސޭ ޝާދީ ކަރޯގޭ" އެވެ. ކޮންމެ ހަފުތާއެއްގެ ހޯމައިން ހުކުރު ދުވަހުގެ ރެއާ ހަމައަށް އެޕިސޯޑްތައް ދައްކާ މި ޝޯ އަކީ އެ ދެ ބައިވެރިން އިންނާނެ މީހަކު ހޯދަން ކުރިއަށް ގެންދާ ޝޯއެކެވެ.
އެގޮތުން ދެ ފަންނާނުންނާ ކައިވެނިކުރަން ޝައުގުވެރިކަން ފާޅުކުރި ބައިވެރިންތަކެއް ބައިވެރިކޮށްގެން ޝޯ ކުރިއަށް ގެންދާ އިރު، ސަނާ އާއި ސަނާ އަށް ކުރަން ޖެހޭނެ ކަމަކީ އެ މީހުން ކައިވެނިކުރަން ގަޔާވާނެ މީހަކު ޝޯގެ ތެރެއިން ފުރާނާލައިގެން ހޯދުމެވެ.
Aabra ka daabra, dekhiye kaun banegi Mrs. Chhabra🤔
— COLORS (@ColorsTV) February 15, 2020
Tune in to #Colors and watch #MujhseShaadiKaroge, 17th Feb se, Mon-Fri raat 10:30 baje.#ParasChhabra
Anytime on @justvoot pic.twitter.com/84KhqPsBjo
ފާހަގަކޮށްލެވޭ ކަމަކީ ކައިވެނީގެ ޝޯއަކަށް އެ ދެ މީހުން އެއްބަސްވި އިރު، "ބިގް ބޮސް 13" ގައި ޕާރަސް ވާދަކުރި އިރު އަކަންކްޝާ ޕޫރީ ކިޔާ ލޯބިވެރިޔަކު ވެސް ހުރި ކަމެވެ. ނަމަވެސް ޝޯގެ ތެރޭގައި މާހިރާ ޝަރުމާއާ ހާއްސަ ގުޅުމެއް އުފެދި، އެ ގުޅުމާ ދޭތެރޭ އެކި ފަހަރުމަތިން އަކަންކްޝާ ސުވާލުތައް އުފެއްދުމާއި ޝޯ އަށް ދިޔަ ފަހުން ޕާރަސް އަށް ކުރި މައިގަނޑު ހުރިހާ ހަރަދެއް ކުރީ އަކަންކްޝާ ކަމަށް އޭނާ ބުނެފައިވާތީ ޕާރަސް ވަނީ އެ ގުޅުން ދެން ކުރިއަށް ނުގެންދާނެ ކަމަށް ބުނެފަ އެވެ. އަދި "ބިގް ބޮސް" ގައި ބައިވެރިވާން ނިންމި އިރު، އޭނާ ބޭނުންވީ އަކަންކްޝާއާ ރުޅިވުމަށް ފަހު ޝޯ އަށް ދާން ކަމަށް ޕާރަސް އެތައް ފަހަރަކު ބުނެފައިވެ އެވެ.
#ParasChhabra aur @shehnaazshine poochenge #MujhseShaadiKaroge? ♥
— COLORS (@ColorsTV) February 15, 2020
Kis se hogi inki shaadi?
Yeh dekhne ke liye tune in to #Colors, 17th Feb se, Mon-Fri raat 10:30 baje.
Anytime on @justvoot pic.twitter.com/ItK62F7E7M
ސަނާ އަށް ބަލާ އިރު، އޭނާ ވަނީ "ބިގް ބޮސް" ގައި ޕާރަސް އާއި ޝޯ ކާމިޔާބުކުރި ސިދާތު ޝުކްލާގެ ހިތްއަތުލަން ލައްކަ މަސައްކަތްކޮށްފަ އެވެ. ޝޯގެ ވަރަށް ކުރީކޮޅުގައި ސަނާ އާއި ޕާރަސްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައި ވަނިކޮށް، ޕާރަސްގެ ލޯބިވެރިއެއް ހުރިކަން އެނގުމުން ސަނާ ވަނީ އޭނާ ފެއަށް ޖެހި ސިދާތަށް ދީލާލައިފަ އެވެ. އޭގެ ފަހުން އެ ދެ މީހުންގެ ޖޯޑުވެގެން ދިޔައީ ޝޯ ބެލި މީހުން ގަޔާވި އެއް ކަމަށެވެ. އެގޮތުން #ސިޑްނާޒް ގެ ނަމުގައި އެ ދެ މީހުންގެ ނަން ސޯޝަލް މީޑިއާތަކުގައި ދިޔައީ ވަރަށް ގަދައަށް ބޭނުންކުރަމުންނެވެ.
#ShehnaazGill aur #ParasChhabra nikal pade hai dhoodhne apne better halves. Dekhiye inki journey, #MujhseShaadiKaroge mein 17th Feb se Mon-Fri 10:30 PM pic.twitter.com/3bxpPMzWrw
— COLORS (@ColorsTV) February 14, 2020
ކޮންމެއަކަސް ސަނާ އާއި ޕާރަސްއާ އެކު ގެނެސްދޭ ޝޯ "މުޖްސޭ ޝާދީ ކަރޯގޭ" ވެގެންދާނީ ބެލުންތެރިން ވަރަށް މުނިފޫހި ފިލުވައިދޭނެ އެއްޗަކަށެވެ. މި ޝޯ ދައްކާނީ ކޮންމެ "ބިގް ބޮސް" ގެ ޝޯތައް ދައްކަމުން ދިޔަ ގަޑި ކަމަށްވާ ރާއްޖެ ގަޑިން ރޭގަނޑު 10:00 ގަ އެވެެ. އެހެންވެ "ބިގް ބޮސް" ނެތްކަމުގެ ފަޅުކަން ޝޯ އިން ފިލުވައިދޭނެ އެވެ.
"މުޖްސޭ ޝާދީ ކަރޯގޭ" ގެ ޕްރޮމޯތައް ވެސް މިހާރު ކަލާޒުން އަންނަނީ ދައްކަމުންނެވެ.
ހަމަމިއާ އެކު މި މަހު 22 އިން ފެށިގެން ރޯހިތު ޝެޓީ ހޯސްޓްކުރާ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން ދައްކަން ފަށާނެ އެވެ. އެ ޝޯގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑީ
17 February 2020
ކީއްކުރާނީ!! ހިންދީ ފިލްމްތަކާ "ކަސައުޓީ" ތަކާ ނުބަލާ ގެއެއް މީހެއް މިރާއްޖޭގަ ވަރަށްމަދުވާނެ. ރުޅިއައިސްގެން އެ ނުބަލާ ތިބޭކަށް ނުކެރޭ.
ފަސާދަ
17 February 2020
ފިތުނަ ދުނިޔޭގަ އާންމުވުމުގެ އަސްލަކީ މީ.....