10 މާޗް 2020 - 07:21
ބައްޕަ ސައިފް އަލީ ޚާނަކީ މުސްކުޅިއެއް ކަމަށް ބުނެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން އިންސްޓަގްރާމްގައި ޖޯކެއް ޖަހައިފި އެވެ.
ސައިފާއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު 19 އަހަރުގެ އިބްރާހީމް ކެޕްޝަނަކަށް ލިޔެފައި އިނީ "ޖަސްޓް މީ އެންޑް ދި އޯލްޑް މޭން" އެވެ. މި ފޮޓޯ އަށް ވަރަށް ގިނަ މީހުން ކޮމެންޓްކުރަމުން ބައްޕަ އާއި ދަރިފުޅު ވަރަށް ރީތި ކަމަށާއި އުމުރުގައި މާ ބޮޑު ތަފާތެއް ހުރި ކަމަށް ނުދައްކާ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ސައިފް މިހާރު ވެސް މާ ރީތި ކަމަށާއި އޭނާ އަކީ އަދިވެސް އެ މީހުންގެ ކްރަޝްއެއް ކަމަށެވެ.
ފޮޓޯ އަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ ސައިފާއި އިބްރާހީމް އެކީގައި ފިލްމަކުން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.
ބައްޕަ އަކީ މުސްކުޅިއެއްގެ ގޮތުގައި އިބްރާހީމް ސިފަކުރި އިރު، މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "ޖަވާނި ޖާނެމަން" ގައި ސައިފް ވަނީ އަންހެނުން ހިތި ޕްލޭބޯއިއެއްގެ ރޯލް ވެސް ކުޅެފަ އެެވެ. އޭގައި އޭނާ ފެންނަނީ ޒުވާން އަންހެން ދަރިއަކު ހުރިކަން އެނގުމުން އެކަން ހަޖަމުކުރަން ދަތިވެގެން އުޅޭ ހިތް ޒުވާން ބައްޕައެއްގެ ރޯލެވެ.
ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން ވެސް ދަރިއަކު ހުރި ސައިފަކީ ބަތަލާ ސާރާ އަލީ ޚާން، 24، ގެ ވެސް ބައްޕަ އެވެ. ސާރާ އާއި އިބްރާހީމްގެ މަންމަ އަކީ ބަތަލާ އިމްރިތާ ސިންގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
12 March 2020
އަޖައިބެއް! ދިވެހިންނަކީ މާ އިނގިރޭސި އެނގޭ ބައެކޯ. މައި އޯލްޑްމޭން ކިޔަނީ ބައްޕައަށް. ކިތައްމެ ޒުވާނަސް.
ޖޯއީ
10 March 2020
އިބްރާހީމް އެހުރީ ހަމަ ސައިފް ޅަަައިރު ހުރި ގޮތަށް. އެއްވެސް ތަފާތެއް ނެތް ހާދަ ވައްތަރޭ.
ކުޑަ ކަތީބު
10 March 2020
އިބްރާހީމު ބުނި އެތި އޮޅުނީބާ؟ ދަރިއަކު ވާހަކަ ދައްކަމުން މައި އޯލްޑްމޭން ބުނާއިރު އެސިފަ ކުރަނީ މުސްކުޅިއަކަށްނޫން، އޭނަގެ ބައްޕައަށް. އެއީ އިންގްލީސް ސްލޭންގެއް
ޝިފާނާ
10 March 2020
އާދެން ކީކޭ ބުނާނީ... ދޭހަނުވިޔަސް ޚަބަރު ލިޔަން ވާނެ.
ކުޑަ ކަތީބު އެބުނީ ތެދު
11 March 2020
ކުޑަކަތީބު އެބުނަނީ ހެޔޮކޮށް
ލީން
10 March 2020
އަޅެ މައި ގެ ކުޑައިރު ގެ ކްރަޝް
ފައި ފުހި
10 March 2020
ދަރިން އެހެން ބުނާ އުމުރަށް ދާއިރު ބައްޕަ ފިލްމުގެ ލީޑް ރޯލް ކުޅޭނެ ކަމެއް ނެތެވެ. ޚާއްސަ ކޮށް ރޮމެންސްޓިކް ފިލް އެވެ.
އަހްމަދުކަލޯ
10 March 2020
އެހެންތަ ޑްރާމާއަކީ ވަކި އުމުރަކަށް އޮތް ކަމެއްތަ؟ އެލްއޯއެލް?