އާޔޫޝް.
11 މާޗް 2020 - 07:22
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގެ ރޯލަކަށް އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ މިހާރު އަންނަނީ ފަރްހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމުން އޭނާ އަށް ލިބުނު ކެރެކްޓާ އަށް ތައްޔާރު ވެސް ވަމުންނެވެ. ނަމަވެސް އާޔޫޝް ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ.
"ކަބީ އީދު ކަބީ ދިވާލީ" ގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.
ދެހާސް އަށާރައިގައި ސަލްމާން ޕްރޮޑިއުސްކުރި "ލަވްޔާތުރީ" އިން ތައާރަފުވި ބަތަލު މިހާރު އަންނަނީ ސިފައިންގެ މީހެއްގެ ރޯލް ކުޅޭ "ކްވާތާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމުގެ ބަތަލާ އަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފެވެ
ރިޕޯޓްތައް ބުނާގޮތުން ސަލްމާނާ އެކު "ކަބީ އީދު ކަބީ ދިވާލީ" ގައި ސްކްރީން ހިއްސާކުރަން އާޔޫޝް އަށް ފުރުސަތު ލިބިގެން ދިޔަ އިރު 2018 ގައި ރިލީޒްކުރި ކާމިޔާބު މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ހިންދީ ރިމޭކުން ވެސް އެ ދެ މީހުން އެކީގައި ފެންނާނެ އެވެ.
ދެ ކުދިންގެ ބައްޕަ އާޔޫޝް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2018 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "ގުޑާޗާރީ" ގެ ހިންދީ ރިމެކް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
11 March 2020
މީ ސަލްމާނުގެ ސްޓާރޑޮމް ވެއްޓުމުގެ ފެށުން. ބިގްބޮސްގަ ބެލުންތެރިންގެ މެދުގަ މަގުބޫލު ކޮންޓެސްޓެއްކަމަށްވާ އާސިމް ރިޔާޒަށް މަލާމާތް ކުރިގޮތާ އޭނަ ބިލިޓްސް ކުރި ގޮތުން ސަލްމާނުގެ އެ ހަލޯ، އެ އޯރާ އޮފް މެޖިކަލްނަސް ގެއްލިއްޖެ. މިހާރު ފެންނަނީ އާދައިގެ މީހެއް. އަބުދުއް ރާޝިދު ސަލީމު ސަލްމާން ޚާން ކިޔާ 50 އަހަރުން މަތީގެ މީހެއް.