13 މާޗް 2020 - 07:20
އަންހެން ފޭނުންތަކެއް ސެލްފީއެއް ނަގަން އެދުމުން ބަތަލާ ކަރީނާ ކަޕޫރް ރުޅި މޫނާއެކު ކަންތައް ކުރި ގޮތުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިކަން ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އިންސްޓަގްރާމްގައި ވައިރަލްވެފައިވާ ވީޑިއޯގައި ފެންނަނީ ކަރީނާ ދަރިފުޅު ތައިމޫރު ގޮވައިގެން ހިގާފައި ގޮސް ގެއަށް ވަންނަން އުޅެނިކޮށް ދެ އަންހެނަކު އޭނާގެ ފަހަތުންދާ ތަނެވެ. އަދި ނެނީއާ އެކު ދަރިފުޅު ގެއަށް ވަނުމުން ކަރީނާ ހުއްޓެވެ.
އެއާ އެކު ދެ އަންހެނުން އޭނާގެ ދެ ފަރާތުގައި މަޑުކޮށްލުމުން ވަރަށް ހިތްހަމަނުޖެހިފައި މޫނު ކުނިކޮށްގެން ހުރެ ކަނާތް ފަރާތުގައި ހުރި އަންހެން މީހާ ދިމާއަށް ކަރީނާ އެއްޗެއް ބުނާ ތަން ވެސް ފެނެ އެވެ. އަދި އެ މީހުން ސެލްފީ ނަގަން މަސައްކަތްކުރި ނަމަވެސް ފޮޓޯއެއް ނެގޭނެ ފުރުސަތެއް ވެސް ނުލިބެނީސް ވަރަށް ހިތްހަމަނުޖެހިފައި ހުރެގެން ކަރީނާ ގޮސް ގެއަށް ވަދެ އެވެ.
މި ވީޑިއޯ އަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ވަނީ ކިބުރުވެރި ވިޔަސް ތިއީ ތަންކޮޅެއް ބޮޑުވަރު ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން ވަނީ ފޭނުންތަކަކާ ދޭތެރޭ އަމަލުކުރި ގޮތުން ކަރީނާ ފަހުން ހިތާމަ ވެސް ކުރާނެ ކަމަށް ބުނެފަ އެވެ. ކޮމެންޓްކުރި މީހުން ފާހަގަކޮށްފައިވާ ގޮތުގައި ކަރީނާގެ އެ އެޓިޓުއުޑަކީ އޭނާގެ ބޮޑަކާމާއި ކިބުރުވެރިކަން އިތުރަށް ހާމަވި ކަމެކެވެ.
ނަމަވެސް ކޮމެންޓްކުރި ބައެއް މީހުން ކަރީނާގެ ދިފާއުގައި ވެސް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ބައެއް މީހުން ފާހަގަކުރި ގޮތުގައި ވަގުތާއި ހާލަތަށް ރިއާޔަތްކުރުމެއް ނެތި ފެނުނުހާ ތަނަކުން ސެލްފީ ނަގަން ފޭނުން ދިމާކުރާ އިރު، އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައިލަން ޖެހޭނެ އެވެ.
އަދި ކިތަންމެ މަޝްހޫރު މީހަކަށް ވިޔަސް އެއީ ވެސް އިންސާނުން ކަމަށާއި އެ މީހުންގެ މޫޑް ވެސް އަބަދު ހެވިދިލިފައި ނުހުންނާނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެބޮކި
13 March 2020
ކަލޭމެން ޖެލެސްވަނީ
ނިވާ
13 March 2020
އޯ.. ހާދަ ފޮރުވާފަ ހުންނަ ހެދުމޭދޯ އަސްލު މިބޭނުން ކުރަނީ ވެސް. ދެން އަހަރުމެން މިހަދަނީ އެމީހުން ކެމެރާއަށް އަރަންވެގެން ލާފަހުންނަ ކަހަލަ އެއްޗިހި އަހަރުމެންގެ އާންމު ހެދުމަށް. އަހަރުންނަށް ކީއްވެތަ ދަޅަ ރީތީ. އަހަރުންނަށް ކީއްވެތަ ނުވިސްނެނީ..
2020
13 March 2020
ތީ ވަރަށް ބޮޑާ އަންހެނެއް