މުނިފޫހިފިލުވުން / ބޮލީވުޑް

ދަރިފުޅު ޕަލަކަކީ ހުނަރުވެރިއެއް: ޝްވޭތާ ތިވާރީ

ޝްވޭތާ އާއި ޕަލަކް.

ދަރިފުޅު ޕަލަކް ޗައުދަރީ އެކްޓްކުރަން ވަރަށް މޮޅު ކަމަށާއި އޭނާއާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީ ބުނެފި އެވެ.

ދެމައިން އެކީގައި ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ޝްވޭތާ ބުނީ ގޭގައި ހޭދަކުރާ ވަގުތުތަކުގައި ވަރަށް ގިނައިން ޕަލަކް ލައްވައި އެކްޓްކުރުވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް އޭނާ ހައިރާންކޮށްލާ ކަމަށް ބުންޏެވެ.

"ކޮންމެ ކަހަލަ ސީންއެއް ކިޔައިދީފައި އެކްޓްކޮށްދޭށޭ ބުންޏަސް އަހަރެން ހައިރާންކޮށްލާ ވަރަށް ޕަލަކް ހުނަރު ދައްކާލާ. އަހަރެން ފަހުރުވެރިވަން އޭނައާ ދޭތެރޭ،" ފުރަތަމަ ކައިވެންޏަށް ލިބުނު އަދި މިހާރު އުމުރުން 16 އަހަރުގެ ޕަލަކްއާ ބެހޭ ގޮތުން ޝްވޭތާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު ކެރިއަރެއްގެ ގޮތުގައި އެކްޓިން އަށް ނުކުންނާނެ އިރެއް މި ވަގުތު ބުނަން ނޭނގުނަސް ކުރިއަށް އޮތް ތަނުގައި އެ ދާއިރާ އިން ދަރިފުޅު ފެނުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ޕަލަކް މި ވަގުތު ފޯކަސްކުރަނީ ކިޔެވުމަށް ކަމަށާއި އެކަމަށް ވަރަށް ބާރުއަޅާ ކަމަށް ޝްވޭތާ ބުންޏެވެ.

ޕަލަކް އެކްޓިން އަށް ނުކުންނާނެ އިރެއް ނޭނގުނަސް ދޭތެރެ ދޭތެރެއިން އޭނާ ތައާރަފުވާން އުޅޭކަމުގެ އަޑުތައް ގަދަވެ އެވެ.

ޕަލަކް ބުނީ އޭނާ އަބަދު ވެސް ބޭނުން ވަނީ އެކްޓަރަކަށްވާން ކަމަށާއި އެކަމަކު އެކްޓިން އަކީ ވަކި މީހެއްގެ ފަރާތުން ދަސްވާނެ ކަމެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ. އެކަމަކު އެ ހުނަރު އެހެން މީހުންގެ އެހީތެރިކަމާ އެކު ކުރިއެރުވިދާނެ ކަމަށް ބުންޏެވެ.

އޭނާ ބުނީ ވަރަށް ކުޑައިރުއްސުރެ ވެސް، ޓީވީން ދައްކާ ޝޯތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެވޭ ކަމަށާއި ބަތަލާއިން ސާޅީ އަޅައިގެން ތިބޭ ތަނާއި މޮޅު އެކްޓިން ދައްކާ ތަން ފެނުމުން އެކްޓަރަކަށްވުމަކީ އަބަދު ވެސް ކުރަން އެންމެ ބޭނުންވާ ކަންތައް ކަމަށެވެ.

"ދެން މަންމަ ޓީވީން ފެންނަން ފެށުމަކީ އަސްލު ވަރަށް ބޮޑު ހިތްވަރަކަށްވި،" ޕަލަކް ބުންޏެވެ. "އަބަދު ވެސް މަންމަގެ އެއްޗެހި ބަލައި މަންމަ އެކްޓްކުރާ ގޮތަށް އެކްޓްކުރަން ދަސްކުރަން. އަދި އެހެން މީހުންގެ އެކްޓިން ވެސް ވަރަށް ގިނައިން ބަލާ ހަދަން."

ޝްވޭތާ ބުނީ އޭނާ އާއި ދަރިފުޅާ ދޭތެރޭ އަބަދު ވެސް ވަރަށް ބޮޑު ގާތްކަމެއް އޮންނަ ކަމަށާއި އެ ގުޅުމުގެ ސަބަބުން ދެ މީހުންގެ ހަޔާތް ވަރަށް އުފާވެރި ކަމަށެވެ. ޝްވޭތާ އާއި ކުރީގެ އެކްޓަރު ރާޖާ ޗައުދަރީ ކައިވެނިކޮށް، ޕަލަކް ލިބުނު ފަހުން އެ ކައިވެނި ރޫޅި، ޝްވޭތާ ދެވަނަ ކައިވެންޏެއް ވެސް ކުރި އެވެ.

އެ ކައިވެންޏަށް މިހާރު ތިން އަހަރުގެ ފިރިހެން ދަރިއަކު ލިބިފައިވާ އިރު، ގެވެށި އަނިޔާގެ މައްސަލަތެއްކެއްގައި ޝްވޭތާ އާއި ފިރިމީހާ އަބިނާވް ކޯލީގެ ގުޅުން ގޯސްވެ، މިދިޔަ އަހަރުން ފެށިގެން ދިރިއުޅެނީ ވަކިންނެވެ.

ޝްވޭތާ، 39، ކިޔައިދިން ގޮތުގައި އޭނާގެ ކަންކަން ހިއްސާކުރާނެ ބޮޑު އަންހެން ދަރިއަކު މިހާރު ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު އެންމެ ޒާތީ ކަންކަމުގެ ތެރެއަށް ޕަލަކް ނުވައްދާ ކަމަށް ބުންޏެވެ. އޭނާ ބުނީ އަަބަދު ވެސް މަސައްކަތްކުރަނީ ދަރިންނާ އެކު އުފާވެރިކޮށް އުޅޭށެވެ. އަދި އާމްދަނީ ހޯދަން މަސައްތަކުރާ މީހެއްގެ ހައިސިއްޔަތުން އާއިލީ ޒިންމާތައް ވެސް ބޮޑު ކަމަށް ބުންޏެވެ.

އެ ވާހަކަ އަށް ބާރުދެމުން ޕަލަކް ބުނީ "އެއީ ތެދެއް" ކަމަށާއި "ހުރިހާ ވެސް މީހަކީ މަންމަ" ކަމަށެވެ. އަދި މަންމައާ އެކުގައި އަބަދު ވެސް ވާނެ ކަމަށް ބުންޏެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454