27 މެއި 2020 - 09:11
މި މަހުގެ 15 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފެށި ވެބް ސީރީޒް "ޕާޓަލް ލޯކް" އަށް ލިބެމުން އަންނަނީ ކުރިން އުންމީދު ވެސް ކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ކަމަށާއި އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން ބޭނުންވާ ކަމަށް ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ އެ ސީރީޒް ޕްރޮޑިއުސްކުރީ އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިންނެވެ.
މީގެ ކާމިޔާބިއާ ބެހޭ ގޮތުން ޕްރެސްޓް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ގައި އަނުޝްކާ ބުނީ "ޕާޓަލް ލޯކް" ގެ ދެވަނަ ސީޒަނަކަށް ދަންމަން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ. އެކަމަކު އެކަން ކުރާނީ އެމެޒޯނުން އެކަމަށް ތައްޔާރު ނަމަ ކަމަށް ބުންޏެވެ.
A great team makes a great show 🙏🏻 🙌🏼 Cheers to this incredible bunch ☕#PaatalLok @OfficialCSFilms #KarneshSharma @manojmittra #SaurabhMalhotra #AvinashArun @prosit_roy #SudipSharma @primevideoin pic.twitter.com/wLNwlN98hi
— Anushka Sharma (@AnushkaSharma) May 19, 2020
"ދެވަނަ ސީޒަނަކަށް އަހަރެމެން މިހާރު ވެސް މަސައްކަތް ފަށައިފިން. ޕާޓަލް ލޯކްގައި ފަހުން ވާނެ ގޮތްތައް ބަލަން ޖެހޭނީ އިންތިޒާރުކޮށްލަން. މި ވަގުތު ނެތް އިތުރު ތަފުސީލުތަކަކަށް ދެވޭކަށް،" އަނުޝްކާ ބުންޏެވެ.
އޭނާ ބުނީ އެ ސީރީޒް ގިނަ ބަޔަކަށް އެހާ ކަމުދިޔައީ ސްކްރީންޕްލޭ ރަނގަޅުވެފައި މުޅި ޓީމް ކުރި ހިތްވަރުން ކަމަށެވެ. އަދި ކޮންޓެންޓް ރަނގަޅުވެއްޖެ ނަމަ ބެލުންތެރިންގެ ތަރުހީބު އަބަދު ވެސް އެ އުފެއްދުމަކަށް ލިބޭނެކަން "ޕާޓަލް ލޯކް" އިން ވެސް ދައްކުވައި ދީފި ކަމަށް ބުންޏެވެ.
Kya duty aur society ke beech mein sach dhoond payega Hathi Ram?#PaatalLok
— Anushka Sharma (@AnushkaSharma) May 11, 2020
New Series, May 15@PrimeVideoIN @OfficialCSFilms #KarneshSharma #SudipSharma @manojmittra #SaurabhMalhotra @prosit_roy #AvinashArun @Jaiahlawat #NeerajKabi @GulPanag @swastika24 @nowitsabhi pic.twitter.com/mkVC9J8KWa
"އެހެންވީމަ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރާނީ ކޮލިޓީ އުފެއްދުންތައް ގެނެސްދޭން." ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ބުންޏެވެ.
ޖުމްލަ ނުވަ އެޕިސޯޑް ހިމެނޭ "ޕާޓަލް ލޯކް" އަކީ ކުށުގެ ހަފަރާތް ދައްކުވައިދޭ ކްރައިމް ޑްރާމާއެކެވެ. އަވިނާޝް އަރުން އާއި ޕްރޮސިތު ރޯއި ޑައިރެކްޓްކޮށްފައިވާ ސީރީޒްގެ މައިގަނޑު ތަރިންނަކީ ޖައިޕީދް އަހުލުވާތާއި ގުލް ޕަނަގާއި އަބީޝެކް ބެނަޖީ އާއި ނީރަޖް ކަބީ އާއި ސްވާޓިސްކާ މުކަރްޖީގެ އިތުރުން އިޝްވަކް ސިންގެވެ.
ވަރަށް ގިނަ ކްރިޓިކުން ސީރީޒަށް ތައުރީފުކޮށްފައިވެ އެވެ.
"ޕާޓަލް ލޯކް" ދައްކަން ފެށުމާ އެކު، މިއާ ދެކޮޅަށް ބައެއް މީހުން ވަނީ މައްސަލަ ވެސް ޖައްސައިފަ އެވެ. އެގޮތުން މަންޒަރުތަކެއްގައި ނޭޕާލްގެ ކޮމިއުނިޓީއަކަށް ކުޑައިމީސްވާ ކަހަލަ ޑައިލޮގްތަކެއް ހިމެނޭ ކަމަށް ބުނެ އެ މައްސަލާގައި ވަނީ އަނުޝްކާ އާއި އޭނާގެ ޓީމަށް ދައުވާކުރާނެ ކަމުގެ އިންޒާރު ނޭޕާލްގެ ޖަމާއަތަކުން ދީފަ އެވެ.
އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީގެ ތިރިގެ ލޯކް ސަބާގައި ސިއްކިމް ތަމްސީލުކުރައްވާ މެމްބަރު އިންދުރާ ހަންގް ސުބާ ވަނީ "ޕާޓަލް ލޯކް" އަށް ފިޔަވަޅު އަޅައިދޭން އެދި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޖަވޭދްކަރް އަށް ސިޓީއަކުން ވެސް ގޮވާލައްވައިފަ އެވެ.
އެ ސީރީޒަށް ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން އަނުޝްކާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
27 May 2020
ވަރަށް ރަގަޅު ސީރީސްއެއް، އިންޑިއާގެ އަނދިރިފަރާތް ވަރަށް ރަގަޅަށް ދައްކުވައިދޭ. ރާއްޖޭގައިވެސް މިގޮތަށް ހެދޭނެ މޮޅެތި ޙާދިސާތައް އެބަހުރި ދެރަކަމަކީ ފައްތާހުމެން ކަހަލަ މީހަކު މިކަހަލަ ކަމަކާ އުޅެފިއްޔާ މަނާ ކުރާތީ.