30 މެއި 2020 - 09:41
ކޮރޯނާވައިރަހާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމާ އެކު، ކަލާޒް އިން ދައްކަމުން ދިޔަ ސިލްސިލާ "ނާގިން" 4 ވަނަ ސީޒަން ހުއްޓުމަކަށް އައިސްފައިވާތީ، ޝޯ ދެއްކުން މަޑުޖެހުނު ހިސާބުން އެ ސީޒަން ނިންމައިލީ ކަމަށާއި ކުރިއަށް ދެން އޮންނާނީ ފަސް ވަނަ ސީޒަން ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނެފި އެވެ.
އެ ވާހަކަ އޭނާ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ހިއްސާކޮށްފައި ވަނީ "ނާގިން 4" ގެ ދެ ބަތަލާ އެކު އެ ޝޯއިން ވަކިވެއްޖެ ކަމަށް ވެސް އަޑުތައް އަރާފައި ވަނިކޮށެވެ. އޭގެ ތެރެއިން އެކަކީ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރުމަށް ފަހު، މާޗް މަހުގެ ތެރޭގައި "ނާގިން 4" ގެ ކާސްޓާ ގުޅުނު ރަޝްމީ ދެސާއީ އެވެ.
އޭނާ ކުރި ޓްވީޓެއްގައި ވަނީ އެ ސިލްސިލާ އިން ދެން ނުފެންނާނެ ކަމަށާއި އެކްތާ ދިން ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފަ އެވެ.
Will u b my nagintine????? 😂🥰🌈😹☝️🧿
— Ekta Kapoor (@ektarkapoor) May 28, 2020
The update on nagin4/5! @MuktaDhond @BTL_Balaji @anitahasnandani @TanusriDasGupta @Theniasharma @jasminbhasin @ChloeJFerns @ColorsTV #MrinalJha pic.twitter.com/aL5d6tM6Cx
އެކްތާ ބުނިގޮތުގައިި ރަޝްމީ އަށް "ނާގިން 4" އިން ދިނީ ހާއްސަ ފެނިލުމެކެވެ.
ރިޕޯޓްތައް ބުނާގޮތުން މި ސީޒަނުން ދެން ވަކިވެފައި ވަނީ ސިލްސިލާގެ އެއް ލީޑް ބަތަލާ ކަމަށްވާ ނިއާ ޝަރުމާ އެވެ. އެކަމަކު އޭނާ ދެން ނާގިންގެ ކުރިއަށް ހުރި ބައިތަކުން ފެނުމާ ދޭތެރޭ ރަސްމީކޮށް އެއްވެސް ވާހަކައެއް ހިއްސާކޮށްފަ އެވެ.
As it’s said a wonderful heart is a magnet for miracles and that 💖 is you @ektarkapoor Thank you for having me unfortunately I couldn’t be seen more but fortunate enough to know there’s a long way to go..
— Rashami Desai (@TheRashamiDesai) May 28, 2020
Thank you for having me in #Naagin4 @BTL_Balaji 💯🙏🏻 #AlwaysGrateful
"ނާގިން 4" މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ދައްކަން ފެށި އިރު، އޭގެ ލީޑް ތަރިންނަކީ ނިއާ އާއި ޖޭސްމިން ބާސިންގެ އިތުރުން ވިޖެޔަންދުތަ ކުމޭރިއާ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލޮކްޑައުން ނިމި، ޝޫޓިންތައް އަލުން ފެށުމުގެ ހުއްދަ ލިބުމާ އެކު "ނާގިން 5" ގެ މަސައްކަތް ފަށައި ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އެވެ. އަދި އާ ސީޒަނުން، "ނާގިން 3" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ސުރުބީ ޖޯތީ ފެނުމުގެ ފުރުސަތު ވެސް ބޮޑު ކަމަށްވެ އެވެ.
މީގެ އިތުރުން ފަސް ވަނަ ސީޒަނުގެ ބަތަލުގެ ރޯލް ސޮނީ ޓީވިން ގެނެސްދިން "ބޭހަދު 2" ގެ ބަތަލު ޝިވިން ނަރަންގަށް ހުށަހަޅާފައިވާ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy