މުނިފޫހިފިލުވުން / އަމިއްލައަށް މަރުވުން

ރިއާ ޗަކްރަބަތީގެ ދިފާއުގައި ރޫމީ ޖެފްރީ

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އަމިއްލަ އަށް މަރުވުމާ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ބަތަލާ ރިއާ ޗަކްރަބަތީއާ ގުޅުމެއްވާ ކަމަށް ބުނެ އޭނާގެ މައްސަލަ ބަލައިދޭން ކޯޓަށް ހުށަހަޅާފައި ވަނިކޮށް އަދި ރިއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުން ދަނިކޮށް އޭނާގެ ދިފާއުގައި ޑައިރެކްޓަރު ރޫމީ ޖެފްރީ ނުކުމެއްޖެ އެވެ.

ސުޝާންތާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ރޫމީ އަކީ ރިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޗެހެރޭ" ގެ އެއް ބަތަލާ އެވެ.

ސުޝާންތު، 34، ދަންޖެހިގެން މި މަހުގެ 14 ވަނަ ދުވަހު މަރުވި ހާދިސާއާ ގުޅިގެން އެކި ދިމަދިމާލުން 27 އަހަރުގެ ބަތަލާ އަށް ކުރިމަތިވަމުންދާ ޕްރެޝަރުތަކަށް އިޝާރާތްކޮށް ރޫމީ، ބުނީ ސުޝާންތުގެ މަރާއި ރިއާއާ ގުޅުވަނީ އެއްވެސް ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އަދި ސުޝާންތު ކުއްލި މަރާ އެކު ރިއާ އަށްވެސް ވަރަށް ފުން ހިތާމައެއް ލިބި، އޭނާގެ ދިރިއުޅުމަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ.

"މައުސޫމު ޒުވާން އަންހެން ކުއްޖަކަށް އެ ކުރާ ޕްރެޝަރުތަކާ ހެދި އޭނާ އަށް ދިމާވެދާނެ ގޮތުގެ ޒިންމާ ނަގާނީ ކޮން ބައެއް؟" ރިއާގެ ހާލަތާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް ރޫމީ ބުންޏެވެ. "އަހަރެން މިހާރު ވަރަށް ބިރު ގަނޭ މި ޕްރެޝަރުތަކާ ހެދި އޭނަ އަނެއްކާ ގޯސް ފިޔަވަޅެއް އަޅާފާނެތީ."

އޭނާ ބުނިގޮތުގައި ސުޝާންތުގެ މަރާ އެކު ވަރަށް ގިނަ ބަޔަކު ދަނީ ކަމުގެ ހަގީގަތް ސާފުވެ ނުވެ ތިބެ ބޮލީވުޑްގެ ފަންނާނުންތަކަކާ ދިމާއަށް އިނގިލި ދިއްކޮށް، އެ މީހުންނަށް އެތައް ގޮތަކުން ގެއްލުން ދެމުންނެވެ. އަދި އެ މީހުންނަށް ކުރާ ޕްރެޝަރުތަކާ ހެދި އަނެއްކާ ވެސް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ވެސް ރޫމީ ބުންޏެވެ.

"މިސާލަކަށް ބަލާނަމަ އެ މަރާއި ސަމްލާން ޚާނާ ގުޅުވަން ޖެހޭ އެއްވެސް ސަބަބެއް އަދި އޭނާގެ ނަން މި ހާދިސާއާ ގުޅުވަން ޖެހޭ ސަބަބެއް ވެސް އަހަންނަކަށް ނުވިސްނޭ." ސަލްމާނާ އެކު 2008 ގެ ފިލްމު "ގޯޑް ތުސީ ގްރޭޓް ހޯ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ބައެއް މީހުން ތުހުމަތުކުރަމުންދާ ގޮތުގައި ސުޝާންތުގެ މަރުގައި ސިއްރު ކަންތައްތަކެއް ހިނގާފައި އެބަ ހުއްޓެވެ. އަދި އެ މަރުގެ ޒިންމާ ބޮލީވުޑް ނަގަން ޖެހޭނެ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން ބިހާރުގެ ކޯޓަކަށް ރިއާ އަށް ދައުވާކުރަން ހުށަހަޅާފައިވާ އިރު، ސުޝާންތުގެ މަރާ އެކު ފުލުހުން ވަނީ ރިއާގެ ބަޔާނެއް ވެސް ނަގައިފަ އެވެ. އަދި އެ ބަޔާނުގައި ހިމެނޭ ކަމަށް ބުނާ ބައެއް ވާހަކަތައް ބައެއް ނޫސްތަކުން ތިލަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ސުޝާންތު ދިރިއުޅުނު އެޕާޓްމަންޓުގައި ރޫހާނީ ބާރުތަކެއް އުޅޭ ކަމަށް ރިއާ ބުނެފައިވާ ކަމަށް ދައްކާ ވާހަކަތަކާއި އެ ދެ މީހުން އެކީގައި ދިރިއުޅެމުން ދިޔަ ވާހަކަ އާއި އެކީގައި އުޅޭނެ ތަނެއް ހޯދަމުން ދިޔަ ވާހަކަ އާއި ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ޕްލޭންކޮށްފައި އޮތް ވާހަކަ އާއި ސުޝާންތު މަރުވުމުގެ ކުރިން ދެ މީހުންގެ މެދުގައި އަރައިރުންތަކެއް ވެސް ހިނގާފައިވާ ކަމަށް ރިއާގެ ބަޔާނުގައި ބުނާ ވާހަކަތައް ހިމެނެ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454