25 ޖޫން 2020 - 08:10
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ދެ ތަރިން ކަމަށްވާ ހީނާ ޚާނާއި ކުޝާލް ޓަންޑަންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "އަންލޮކް" އަންނަ ހޮނިހިރު ދުވަހު ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓީޒާ ދައްކާލައިފި އެވެ.
ރޮމޭންޓިކް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އަންލޮކް" ސްޓްރީމްކުރާނީ ޒީ5 އިންނެވެ. މިއީ އަނެއްކާ ވެސް ހީނާގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ އުފެއްދުމެކެބެ. ޓީޒާ އިން ފެންނަ ގޮތުގައި އޭނާ ކެރެކްޓާ އަކީ ގްރޭ ޝޭޑްސް އިން ފުރިގެންވާނެ ކެރެކްޓާއެކެވެ.
Got a dark side you want to #Unlock? We'll make your wish come true.
— ZEE5Premium (@ZEE5Premium) June 22, 2020
Releasing 27th June only on ZEE5.#NoTurningBack #UnlockOnZEE5 #AtrangiDekhoAtrangiRaho @eyehinakhan @KushalT2803 @AryaAditi @debatma_m @films_wind pic.twitter.com/163o268m21
ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ގެވެހި އަންބެއްގެ ރޯލު ކުޅެގެން މަޝްހޫރުކަން ހޯދުމަށް ފަހު ސްޓާ ޕްލަސްގެ "ކަސޯޓީ ޒިންދަގީ ކޭ" ގައި ނެގަޓިވް ކެރެކްޓާއެއް ކުޅުމަށް ފަހު، މިހާރު ބޮލީވުޑަށް ވެސް ނުކުމެފައިވާ ބަތަލާގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 7 ގައި ޑައިރެކްޓަރު ވިކްރަމް ބަޓްގެ ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.
ހީނާ، 32، ކުޅުނު ފުރަތަމަ ފިލްމަކީ "ލައިންސް" އެވެ. އެކަމަކު އެ ފިލްމު އަދިވެސް ރިލީޒެއްނުކުރެ އެވެ. ޓީވީ ސިލްސިލާތަކަށް ވުރެ ބޮޑަށް ހީނާގެ ފޯކަސް މިހާރު ހުރީ ފިލްމުތަކާއި ވެބް ސީރީޒްތަކަށެވެ. އެގޮތުން "ސްމާޓްފޯން" ކިޔާ ކުރު ފިލްމެއް ވެސް މި އަހަރު ކުޅެފައިވާ އިރު "ޑެމެޖްޑް 2" ކިޔާ ވެބް ސީރީޒަކުން ވެސް މި އަހަރު ހީނާ ފެނިގެން ގޮސްފައިވެ އެވެ.
ކުޝާލް، 35، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ބޭހަދު" އާއި "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" ހިމެނެ އެވެ. އަދި އޯލްޓް ބަލާޖީން 2018 ގައި ގެނެސްދިން ވެބް ސީރީޒް "ހަމް: އައި އޭމް ބިކޯޒް އޮފް ޔޫ" ގައި ވެސް އޭނާ ލީޑް ރޯލް ކުޅެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy