ސޯފީ ޓާނާ އަށް އަންހެން ކުއްޖެއް

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ސޯފީ ޓާނާ އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.


ސޯފީ، 24، އާއި ޖޯ ޖޯނަސް، 30، ކައިވެނިކުރީ މިދިޔަ އަހަރު އެވެ. ޖޯ އަކީ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ އެވެ. ސޯފީ ބަލިވެއިންކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މީޑިއާތަކުން ބުނީ ސޯފީ ވިހެއީ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް އަލަތު ދަރިފުޅާ ބެހޭ އެއްވެސް ވާހަކައެއް ސޯފީގެ ދެމަފިރިން ހާމައެއްނުކުރެ އެވެ. އެކަމަކު އެ ދެ މީހުންނަށް ދަރިއަކު ލިބުނުކަން އެނގުމާ އެކު، ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާކިޔަމުންނެވެ.

ސޯފީ އަކީ "ގޭމް އޮފް ތުރޯންސް" ސަންސާ ސްޓާކްގެ ކެރެކްޓާ ކުޅުނު ބަތަލާ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "ޑާކް ފީނިކްސް" އެވެ.