މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޕްރިތީ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު 2018 ގެ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކްއެލް "ޗެޕްޓާ 2" އިން އެކްޓަރު ސަންޖޭ ދަތު ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ކަންނާޑާ އެކްޓަރު ޔާޝް ލީޑް ރޯލް ކުޅެފައިވާ ފިލްމުގައި ސަންޖޭ ފެނިގެންދާނީ ވިލަންއެއްގެ ރޯލުންނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ އަދީރާ އެވެ. ސަންޖޭގެ ލުކްސް ފެންނަނީ ވަރަށް ތަފާތު އަދި އެހާމެ ނުރައްކާތެރިކޮށެވެ.

"ކޭޖިއެފް: ޗެޕްޓާ 2" ގެ ކާސްޓުންގެ ތެރޭގައި ރަވީނާ ޓަންޑަން ވެސް ހިމެނެ އެވެ. އޭނާ ފެންނާނީ ރާމިކާ ސެން ކިޔާ ކެރެކްޓާއަކުންނެވެ. އަދި އެއީ ބޮޑުވަޒީރެއްގެ ރޯލެވެ.

މި އަހަރުގެ އޮކްޓޯބަރު 23 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު ޑައިރެކްޓްކުރީ ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރި ޕްރަޝާންތު ނީލެވެ.

"ޚުދާ ހާފިޒް" ގެ ލަވައެއް

އަންނަ މަހުގެ 14 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ޚުދާ ހާފިޒް" ގެ ލަވައެއް ދައްކާލައިފި އެވެ.

ވިދުޔަތު ޖަމްވަލާއި ޝިވަލީކާ އޮބެރޯއީގެ ލޯބި ފެނިގެންދާ ލަވައިގެ ނަމަކީ "ޖާން ބަން ގަޔޭ" އެވެ. މި ލަވައިގެ މިއުޒިކް މިތޫން ހަދާފައިވާ އިރު ލަވަ ކިޔާފައި ވަނީ އޭނާ އާއި އަސީސް ކޯރެވެ. ލަވައިގެ ޅެން ވެސް ހެދީ މިތޫން އެވެ.

ކަބީރް ފާރޫގް ޑައިރެކްޓްކޮށްފައިވާ "ޚުދާ ހާފިޒް" އަކީ ބިދޭސީ ގައުމެއްގައި އަނބިމީހާ ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ފިރިއަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރާއި އަހާނާ ކުމްރާ ވެސް ހިމެނެ އެވެ.

ޖެކީ ކިޔާފައިވާ ލަވައެއް

މިހާރު ޕްރޮޑިއުސަރެއްގެ ދައުރު އަދާކުރާ އެކްޓަރު ޖެކީ ބަގްނާނީ ކިޔާފައިވާ ލަވަ "ގަންޓާ" ވީޑިއޯއާ އެކު ދައްކާލައިފި އެވެ.

ޖިއޯތީ ކަޕޫރް ދާސް ޑައިރެކްޓްކޮށްފައިވާ ލަވައިން ފެނިގެން ދަނީ އަޕަރްޝަކްތީ ކްރާނާ އެވެ. އޭނާ އަކީ އަޔޫޝްމަން ކްރާނާގެ ކޮއްކޮ އެވެ. އަޕަރްޝަކްތީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ޑަންގަލް" އާއި "އިސްތިރީ" އާއި "ލުކާ ޗުއްޕީ" އަދި "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެ އެވެ.

އޭނާ ލީޑް އެކްޓަރެއްގެ ގޮތުގައު ފެންނާނެ ފުރަތަމަ ފިލްމަކީ ޑީނޯ މޯރިއާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ހެލްމެޓް" އިންނެވެ.

ޖޭ ޖަސްޓް މިއުޒިކް ތައްގަނޑުގައި ނެރުނު "ގަންޓާ" ލަވައިގެ މިއުޒިކާއި ޅެން ހަދާފައި ވަނީ ވަޔޫ އެވެ.

ޕްރިތީ ވެސް ގަސް ހެއްދުމުގައި

ގަސް ހެއްދުން ނުވަތަ ދަނޑުވެރިކަން ކުރުމަކީ ބޮލީވުޑްގެ ބައެއް ތަރިން ވަރަށް ޝައުގުވެރިވާ ކަމެކެވެ. ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އަކީ ވެސް މިހާރު ގޭގައި ގަސް ހައްދައިގެން އެކަމުގެ އުފާ ހޯދަމުން އަންނަ މީހެކެވެ.

ރީތި އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ގޭގައި ހައްދާފައިވާ ގަހުން ބެލް ޕެޕާ ބިންނަނިކޮށް ނަގާފައިވާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ. އޭގައި އޭނާ ބުނީ ގަސް ހައްދަން ދަސްކޮށްދިނީ މަންމަ ކަމަށާއި މިހާރު ގޭގައި ހައްދާ ގަސްތަކުން ގެއަށް ބޭނުންވާ ބައެއް ތަރުކާރީ ލިބޭ ކަމަށެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 44%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454