16 ސެޕްޓެމްބަރ 2020 - 08:00
ސަލްމާން ޚާން ހޯސްޓްކުރާ، ކަލާޒް ޗެނެލްގެ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން އަންނަ މަހުގެ 3 ގައި ޕްރިމިއާކުރާނެކަން ކަށަވަރުކޮށްދީ، އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.
ގިނަ ބަޔަކު މި ރިއަލިޓީ ޝޯ އަށް އިންތިޒާރު ކުރަމުން އަންނަ އިރު، މި ފަހަރު ދައްކައިލީ ހަތަރު ވަނަ ޕްރޮމޯ އެވެ. މި ފަހަރު ވެސް ހަމަ ސަލްމާނާ އެކީގަ އެވެ.
ޝޯ އިން މި ފަހަރު ފެންނާނެ ބައިވެރިންނާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެކެވެމުން އަންނަ އިރު، 16 ވަރަކަށް ބައިވެރިން ފެނިގެންދާނެ ޝޯ ފެށުމުގެ ކުރިން ހުރިހާ ބައިވެރިން ވެސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރހަމަކުރާނެ އެވެ. ޝޯގެ ބައިވެރިން މިހާރު ފައިނަލް ވެސް ކޮށްފައިވާ އިރު، އެއީ ކޮން ބައެއްކަން މުޅިން ކަށަވަރު ވާނީ ޕްރިމިއާ ނައިޓްގަ އެވެ.
މި ފަހަރު "ބިގް ބޮސް" މި ގެނެސްދެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާތީ ކުރިން ޝޯ ގެނެސްދިން ގޮތާ ބޮޑު ތަފާތުތަކެއް މި ފަހަރު ފެންނާނެ ކަމަށް ގަބޫލުކުރެ އެވެ. އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ގައިދުރުކަން ބެހެއްޓުމަށް އަޅާނެ ފިޔަވަޅުތަކެވެ.
"ބިގް ބޮސް" އަކީ އެ ޝޯ ފަށާ ފަހުން ހަފުތާގެ ހުރިހާ ރެއްގައި ގެނެސްދޭނެ ޝޯއެކެވެ. އަދި ހަފުތާއެއްގެ ދެ ރޭ "ވީކެންޑް ކާ ވާރް" ގެ ނަމުގައި ގެނެސްދޭ އެޕިސޯޑްތަކުން ސަލްމާން ފެންނާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރީގެ ސީޒަންތަކުގެ ކޮންމެ އެޕިސޯޑެއް ގަޑިއެއްހާ އިރަށް ގެނެސްދިން ނަމަވެސް، 14 ވަނަ ސީޒަންގެ އެޕިސޯޑެއް ގެނެސްދޭނީ ބައި ގަޑިއިރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކްގަން މުރުގަން
16 September 2020
ނުބާލާނަން ހަމަޔަގީން..