03 އޮކްޓޯބަރ 2020 - 07:02
ކުޅެފައިވާ ލޯބީގެ ފިލްމުތައް ދަރިން ބަލަން ލަދުގަންނަ ކަމަށާއި އެ މީހުން އެ އެއްޗެހި ބަލަން އެއްވެސް ވަރަކަށް ޝައުގުވެރި ނުވާ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ބުނެފި އެވެ.
ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 52 އަހަރުގެ ބަތަލާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިން ކަމަށްވާ ޖާންވީ މެހެތާ، 19، އާއި އަރުޖުން މެހެތާ، 17، އަކީ ފިލްމުތަކަށް މާ ބޮޑަށް ލޯބި ވެސް ކުރާ ބައެއް ނޫން ކަމަށެވެ.
"ހާއްސަކޮށް އަހަރެން ކުޅެފައިވާ ލޯބީގެ ފިލްމުތައް ބެލުމަކީ އެ މީހުން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން. ސަބަބެއް ކަމަށް ބުނަނީ މަންމަ އެހެން މީސްމީހުންނާ ގައިގޯޅިކޮށް އުޅޭތަން ބެލުމަކީ ވަރަށް ލަދުގަންނަނީއޭ،" 90 ގެ ތެރޭގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖޫހީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުޅެފައިވާ ފިލްމުތަކަށް އަމިއްލަ ދަރިންގެ ޝައުގުވެރިކަން ނެތް އިރު، ވަކިން ހާއްސަކޮށް ކެރިއަރުގެ ކުރީކޮޅު ކުޅުނު ލޯބީގެ ފިލްމުތައް ބަލަން ދަރިން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށެވެ.
"އެއް ފަހަރަކު ޖޭ [ފިރިމީހާ ޖޭ މެހެތާ] ދަރިންގެ ކައިރީގައި ބުނަނީ މަންމަގެ ހަމް ހެ ރަހީ ޕިޔާރު ކޭ އަކީ ވަރަށް ކިއުޓް ފިލްމެކޭ. ހިނގާށޭ ބަލާލަން. އެ ދުވަހު ފިރހެން ދަރިފުޅު އަހަނީ އޭގައި ވެސް މަންމަ ރޮމޭންސްކުރޭ ހެއްޔޭ،" ޖޫހީ ބުންޏެވެ. "ދެން ޖޭ ބުނަނީ އެއީ ރޮމޭންޓިކް ކޮމެޑީއެކޭ، ވަރަށް ރީތިވާނޭ. އެހިސާބުން އަރުޖުން ބުނަނީ ބޭނުމެއް ނެތޭ މަންމަ އެހެން މީހުންނާ އެކީ އުޅޭ ފިލްތައް ބަލާކަށް. ވަރަށް ލަދުގަނެއޭ އެކަހަލަ އެއްޗެހި ބަލަން. ވަރަށް އެހެން ކަހަލަ ގޮތެކޭ ފީލްވަނީ އެކަހަލަ އެއްޗެހި ފެނުނީމަ."
ޖޫހީގެ ދެ ދަރިން.
"ހަމް ހެ ރަހީ ޕިޔާރު ކޭ" އަކީ ޖޫހީ އާއި އާމިރު ޚާން ކުޅުނު ރޮމޭންޓިކް-ކޮމެޑީ ޑްރާމާއެކެވެ. މަހޭޝް ބަޓް ޑައިރެކްޓްކުރި އެ ފިލްމުގައި ތިން ކުޑަކުދިން ވެސް މުހިއްމު ރޯލްތަކެއް ކުޅުނެވެ.
ޖޫހީގެ އެންމެ ރަންޒަމާނުގައި ކުޅުނު ކާމިޔާބު ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ގަޔާމަތު ސޭ ގަޔާމަތު ތަކް" އާއި "ޑަރް" އާއި "ޔެސް ބޮސް" އާއި "ދީވާނާ މަސްތާނާ" އާއި "އިޝްގް" އާއި "ދަރާރް" އަދި "ޑުޕްލިކޭޓް" ފަދަ ފިލްމުތައް ހިމެނެ އެވެ. ޖޫހީ ބުނިގޮތުގައި އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން ދަރިން މިހާތަނަށް ގަޔާވެގެން ބެލީ އެންމެ ދެ ފިލްމެކެވެ. އެއީ 2016 ގެ ޑްރާމާ ފިލްމު "ޗޯކް އެންޑް ޑަސްޓާ" އާއި 2012 ގެ "މޭ ކްރިޝްނާ ހޫ" އެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ޖޫހީ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މަރުވެފައިވާ އެކްޓަރު ރިޝީ ކަޕޫރާ އެކު ފެނިގެންދާނެ "ޝަރުމާޖީ ނަމްކީން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
03 October 2020
އިންޑިއާގައި މައިންބަފައިންނާ ދަރިން އެކީ ލޯބީގެ ލަވައަޑުއެހުމާއި ފިލްމުބެލުމަކީ ވަރަށް އާންމުކަމެއް. އާންމުކޮށް ނުކުރާކަންތައްކުރަން ކޮންމެ މީހަކު ޖެހިލުންވާނެ. ޖުހީ ބުނެފައިވާ ގޮތަށް ތިކުދިން ފިލްމަށް ޝައުގުވެރިކަންކުޑައީ އަދި ޣީރަތްތެރި ކުދިންނަށް ތިކުދިން ވަނީ. މިހާރު ޣީރަތްތެރިކަން ހުންނަ މީހުން ވަރަށްމަދު.
ޒިމްޒިމް
04 October 2020
ދަރިންނަށް ވިސްނުނުވަރަށްވެސް މަންމައަކަށް ނުވިސްނުނު.. ދެން ތިބި ބަޔަކަށް އިބްރަތަކަށްވާނެނަމަ ރަގަޅު..
ގުބޯލު މަނި ކު
05 October 2020
ޣީރަތްތެރި ކަމަ ކީ ކޮބާތަ؟ ކޮންބަހުރުވަޔަ ކުން އައިލަފްޒެއްބާ؟ ބަރި ކުޒުމާ އާއި ގުޅުން އޮންނަ ކަމެއްބާ؟