15 އޮކްޓޯބަރ 2020 - 09:16
މިދިޔަ އޮގަސްޓް މަހުން ފެށިގެން ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ޝާދީ މުބާރަކް" އިން އޭގެ ލީޑް ބަތަލާ ރާޖްޝްރީ ތާކްރޫވް ވަކިވެއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން އެ ސިލްސިލާގެ ޕްރޮޑިއުސަރު ޝަޝީ މިއްތަލް ބުނީ ރާޖްޝްރީ ސިލްސިލާ ދޫކޮށްލީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ. އޭނާ ބުނިގޮތުގައި އެއަށް ވަގުތު ދޭން ޖެހޭ ވަރަށް ވަގުތު ދިނުމުގައި ރާޖްޝްރީ އަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމީ ދެ ފަރާތުން ވާހަކަ ދައްކައި އެއްބަސްވުމަކަށް އައުމަށް ފަހު ކަމަށެވެ.
"އަހަރެމެން އޭނަ އަށް ކާމިޔާބީ އަށް ވެސް އެދެން." ޝަޝީ ބުންޏެވެ.
"ޝާދީ މުބާރަކް" ގައި ރާޖްޝްރީ ކުޅެމުން ދިޔަ ޕްރީތީ ޖިންދާލްގެ ރޯލް މިހާރު ވަނީ ރާޓީ ޕާންޑޭ އަށް ދީފަ އެވެ. އެހެންވެ ވަރަށް އަވަހަށް އޭނާ ސިލްސިލާ އިން ފެންނަން ފަށާނެ އެވެ. ރާޓީ، 38، ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ޒީޓީވީގެ "ހިޓްލަރު ދީދީ" އާއި ސްޓާ ވަންގެ "މިލޭ ޖަބް ހަމް ތުމް" ގެ އިތުރުން ސްޓާ ޕްލަސްގެ "ދިވްޔާ ދުރިޝްތީ" ހިމެނެ އެވެ.
ރާޖްޝްރީ، 39، ބުނީ "ޝާދީ މުބާރަކް" ދޫކޮށްލަން ޖެހުނަސް އެ ދަތުރަކީ އޭނާ އަށް އުފާވެރި ތަޖުރިބާއެއް ކަމަށެވެ. އޭނާ ބުނިގޮތުގައި ސިލްސިލާ އިން ވަކިވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ސިއްހަތަށް ވަރަށް ބޮޑަށް ބަލައިގެން މި ދަނޑިވަޅުގައި އުޅެން ޖެހިފައިވާތީ އެހާ ބިޒީކޮށް މަސައްކަތް ކުރެވެން ނެތީމަ އެވެ.
"އެކަމަކު އަހަންނަށް ޕްރީތީގެ ކެރެކްޓާ އިން ލޯބި ދިން އެންމެންނަށް ޝުކުރިއްޔާ." ރާޖްޝްރީ ބުންޏެވެ.
އޮގަސްޓް މަހުގެ 24 ގައި ދައްކަން ފެށި "ޝާދީ މުބާރަކް" ގެ ކާސްޓުންގެ ތެރޭގައި މާނަވް ކޯލް، ގޯރަވް ޝަރުމާ، އަކަންޝާ ސަރީން އަދި ރާޖޭޝްޗަރީ ސަޗްދޭވް ފަދަ ތަރިން ހިމެނެ އެވެ. މި ސިލްސިލާގެ 40 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
15 October 2020
ވަރަށް ރަނގަޅު އެންމެ ބޮޑަށް އިސްކަން ދޭންޖެހެނީ ސިއްޙަތަށް.