21 އޮކްޓޯބަރ 2020 - 08:34
ސޮނީ ޓީީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކަލިޕް ސިޓްކޮމްއަކަށް ސޮއިކޮށްފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެއީ ސޮނީ އެންޓަޓައިންމަންޓްގެ ޑިޖިޓަލް ޕްލެޓްފޯމް ސޮނީ ލިވް އެޕުން ގެނެސްދޭނެ އެއްޗެއް ކަމަށްވެ އެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި އިއުލާނެއްނުކުރެ އެވެ.
އެކަމަކު ކަޕިލް ކުޅޭނެ ކަމަށް ބުނާ އަލަތު ވެބް ސީރީޒާ ބެހޭ އާ ވާހަކައެއް އެބައޮތެވެ. އެއީ އޭނާ އެ ކުޅެން އެއްބަސްވީ 20 ކްރޯޑް ރުޕީސް (2.73 މިލިއަން ޑޮލަރު) އަށް ކަމަށް ބުނާ ވާހަކައެކެވެ. މި ވާހަކައެއް ތިލަކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން "ކަޕިލް ޝަރުމާ ޝޯ" ގެ އެޕިސޯޑްގަ އެވެ. މެހުމާނުންގެ ގޮތުގައި ކުރީގެ އެކްޓަރު ޝަތުރަގަން އާއި ސިންހާ އާއި އޭނާގެ ފިރިހެން ދަރިންގެ ތެރެއިން ލަވް ސިންހާ ބައިވެރިވި އެޕިސޯޑްގައި، ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އަބީޝެކް ކްރުޝްނާ ވަނީ 20 ކްރޯޑް ރުޕީސް އަށް ކަޕިލް ވެބް ސީރީޒަކަށް އެއްބަސްވެގެން އުޅޭ ކަމަށް ބުނެ ޖޯކް ޖަހައިފަ އެވެ. މީގެ ކުރިން ވެސް ޝޯގެ އެކި ބައިވެރިން ކަޕިލް އަކީ ސޮނީ ނެޓްވޯކުން މާ ގިނައިން ފައިސާ ނަގާ މީހެއް ކަމަށް ބުނެ ޖޯކް ޖަހާފައިވެ އެވެ.
އެހެންވެ ކަޕިލްގެ ވެބް ސީރީޒާ ބެހޭ ގޮތުން ކްރުޝްނާ ދެއްކި ވާހަކަ އަކީ ސަމާސާއަކަށް ވެސް ދާނެ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ކަޕިލް އަކީ އިންޑިއާގެ ޓީވީ ޝަހުސިއްޔަތުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކަކު ކަމެވެ. އަދި އޭނާ އަކީ އިންކަމް ޓެކްހަށް އެންމެ ބޮޑު އަދަދެއް ދައްކާ ޓީވީ އެއް ފަންނާނު ވެސް މެ އެވެ.
ވެބް ސީރީޒަކުން ކަޕިލް ފެންނާނެ ކަމަށް ބުނާ އިރު، އޭނާ މީގެ ކުރިން ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އެއީ އަމިއްލަ އަށް ޕްރޮޑިއުސްކޮށް، ލީޑް ރޯލް ކުޅުނު 2017 ގެ "ފިރަންގީ" އާއި "ބާޒީގަރް" އާއި "ރޭސް" ފަދަ ފިލްމުތައް ގެނެސްދިން ވަރުގަދަ ދެ ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މަސްތާން 2015 ގައި ގެނެސްދިން "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރާބަރު
21 October 2020
އަހަރެމެންނަށް ކޮންކަމެއް
ރަބަރު
21 October 2020
ކަޕީލް ޝަރްމާ ގެ ދަ ކަޕީލް ޝަރްމާ ކޮމެޑީ ޝޯ އަކީ މީހާގެ އުދާސްތައް ހަނދާން ނައްތާލާ ވަރުގެ މަޖާ ޝޯއެއް. ކޮމެޑީ އަކީވެސް ފަންނެއް. ގެނަސް ދޭމީހާގެ ހުނަރުވެރި ކަން އެއިން ފެންނަނީ. ބަހާ ބަސް ބޭނުންކުރާ ވަގުތާ ގޮތާ ކަންކަން ސިފަކުރާ ގޮތުން ހިނިއަންނަނީ. މިކަމަށް ކަޕީލް މޮޅު.