24 އޮކްޓޯބަރ 2020 - 11:12
ސޮނީ ޓީވީން އާ ސިލްސިލާއެއް ގެނެސްނުދޭތާ ދުވަސްތަކެއް ފަހުން އާ ސިލްސިލާއެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.
އަންނަ މަހުގެ 23 ގައި ފަށާ މި ސިލްސިލާގެ ނަމަކީ "ސްޓޯރީ 9 މަންތުސް ކީ" އެވެ. މިޒާޖުގެ ގޮތުން ވަރަށް ތަފާތު ދެ މީހެއްގެ ވާހަކަ ކިޔައިދޭ މި ސިލްސިލާގައި އުޅޭނީ އާލިއާ ޝްރޮފް ކިޔާ ޒުވާން އަންހެނަކާއި ސަރަންގްދަރު ޕާންޑޭ ކިޔާ ޒުވާނެއްގެ މެދުގައި ހިނގާ ކަންތައްތަކެވެ. ޕްރޮމޯ އިން ފެންނަ ގޮތުގައި "ސްޓޯރީ 9 މަންތުސް ކީ" ގެ މައިގަނޑު ޕްލޮޓަކީ ބަލިވެއިނުމާއި ވިހެއުމާ ދެމެދު ހޭދަވާ ނުވަ މަހުގެ ވާހަކަ އެވެ.
Ek taraf hai Alia- jisne apna har ek sapna plan karke achieve kiya, wahin doosri taraf hai Sarangdhar- jo sapna dekh raha hai, ek lekhak banne ka! Kya hoga jab inn dono sapnon ka hoga milan, kaise shuru hogi inki #Story9MonthsKi ? Janiye 23rd Nov se Mon-Thu raat 10:30 baje. pic.twitter.com/mzWHR6lXO8
— sonytv (@SonyTV) October 20, 2020
މީގެ ލީޑް ރޯލުން ފެންނާނީ ސުކްރިތީ ކަންޑްޕާލާއި އާޝޭ މިޝްރާ އެވެ. މި ސިލްސިލާ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދައްކަން ފަށައި ކޮންމެ ހަފުތާއެއްގެ ހޯމައިން ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 10:00 ގައި ގެނެސްދޭނެ އެވެ.
ސޮނީ ޓީވީން މި ފަހުން ގެނެސްދިން އެންމެ މަގުބޫލުވި ސިލްސިލާ އަކީ ލޮކްޑައުންގެ ކުރިން ދައްކަމުން ދިޔަ "ބޭހަދު 2" އެވެ. ނަމަވެސް ޖެނިފާ ވިންގެޓާއި އަޝިޝް ޗައުދަރީގެ އިތުރުން ޝިވިން ނަރަންގް ލީޑް ރޯލް ކުޅެމުން ދިޔަ ސިލްސިލާ ވަނީ ލޮކްޑައުންއާ އެކު ހުއްޓާލި ގޮތަށް ގެނެސްނުދޭން ނިންމައިފަ އެވެ.
ސޮނީން މިހާރު ދައްކާ ސިލްސިލާތަކުގެ ތެރޭގައި "އިންޑިއާވާލީ މާ" އާއި "މޭރޭ ޑޭޑް ކީ ދުލްހަން" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy