މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

"ބޫލް ބުލައްޔާ 2" އިން ތައްބޫ ވަކިވި ވާހަކަ ޑައިރެކްޓަރު ދޮގުކޮށްފި

"ބޫލް ބުލައްޔާ 2" މި އަހަރުގެ ނޮވެމްބަރު 19 ގައި ސިނަމާތަކަށް ގެންނާނެ

ތައްބޫ.

23 ފެބުރުއަރީ 2021 - 07:28

ދެހާސް ނަވާރައިގެ ފަހުކޮޅު ޝޫޓިން ފަށާފައި ވަނިކޮށް މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ހުއްޓުމަކަށް އައި ފިލްމު "ބޫލް ބުލައްޔާ 2" އިން ތައްބޫ ވަކިވެފައިވާ ކަމަށާއި އަދި ފިލްމުގެ މަސައްކަތް ވެސް ދެން ކުރިއަށް ނުގެންދާ ގޮތަށް ނިންމާފައިވާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް ޑައިރެކްޓަރު އަނީސް ބަޒްމީ ދޮގުކޮށް ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ކުރިން މިދިޔަ އަހަރުގެ ޖުލައި 31 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި ފިލްމު މިހާރު ވަނީ މި އަހަރުގެ ނޮވެމްބަރު 19 ގައި ސިނަމާތަކަށް ގެންނަން ނިންމައިފަ އެވެ،

ރިޕޯޓްތައް ބުނާގޮތުން "ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަލުން ނުފެށިގެން އުޅެނީ ކޮވިޑަށް ބިރުންނާއި އަދިވެސް އެ ބަލީގެ ހާލަތު އޮތް ގޮތުން ޝޫޓިން އަށް ވަގުތު ދޭން ތައްބޫ ޖެހިލުންވާތީ އެވެ. އަދި އޭނާ މިހާރު ފިލްމުން ވަކިވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އެކަން ދޮގުކޮށް އަނީސް ބުނީ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަލުން ނުފެށުމާއި ތައްބޫއާ ގުޅުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެެ. އަދި އޭނާއާ ބެހޭ ގޮތުން ދެކެވެނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.

އަނީސް ބުނީ އޭނާ ވެސް ގަބޫލުކުރާ ގޮތުގައި އަދިވެސް ބޭރުތެރެއަށް ނުކުމު ޝޫޓިންތައް ކުރިއަށް ގެންދެވޭ ވަރަކަށް ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވެ އެވެ.

"އަނެއްކާ އަހަރެން ވެސް މުމްބާއީގައި ނެތްތާ މިހާރު ދިހަ ވަރަކަށް މަސް ފަހުން މިހާރު މިހުރީ މުމްބާއީގައި." 2019 ގެ "ޕާގަލްޕަންތީ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

އަނީސް ބުނިގޮތުގައި އަންނަ އެޕްރީލް ނުވަތަ މެއި ހިސާބުގައި އަލުން "ބޫލް ބުލައްޔާ 2" ގެ ޝޫޓިން ފެށޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

"ހާލަތަށް ބަލާފައި އެ ހިސާބުގައި އަހަރެމެން ބަލާނަން ޝޫޓިން އަލުން ފެށޭތޯ." ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.

"ބޫލް ބުލައްޔާ 2" ގެ ލީޑް ތަރިންނަކީ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީ އެވެ. އެ ދެ ތަރިން ދާދި ފަހުން ވަނީ އެހެން ފިލްމުތަކެއްގެ ޝޫޓިން ވެސް ނިންމައިފަ އެވެ. ކާތިކް ޝޫޓިން ނިންމައިލި ފިލްމަކީ ރާމް މަދްވާނީގެ "ދަމާކާ" އެވެ.

"ބޫލް ބުލައްޔާ 2" ގެ އިތުރުން ކާތިކްގެ އެހެން ފިލްމެއްގެ ޝޫޓިން ވެސް ނުފެށި ދިގުލައިގެން ގޮސްފައިވެ އެވެ. އެއީ ކަރަންގެ "ދޯސްތާނާ 2" އެވެ.

ކިއާރާ ޝޫޓިން ނިންމައިލި ފިލްމަކީ ކަރަން ޖޯހަރްގެ "ޖުގް ޖުގް ޖިއޯ" އެވެ.

"ބޫލް ބުލައްޔާ" އަކީ 2007 ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލާ އެކު ޑައިރެކްޓަރު ޕްރިޔަދަރުޝަން ގެނެސްދިން ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކްއެލްވެ އެވެ. އެކަމަކު އާ ފިލްމުގައި ކުރީގެ އެއްވެސް ކާސްޓެއް ނެތެވެ.

އަނީސް ބުނީ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަލުން ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުން ލިބުނު ވަގުތުގައި އޭނާ އެހެން ފިލްމެއްގެ ސްކްރިޕްޓެއް ވެސް ނިންމާފައިވާ ކަމަށެވެ.

"އެއީ ރޮމޭންޓިކް ކޮމެޑީއެއް. ބޫލް ބުލައްޔާ ދޭކަށް ފަހު އޭގެ މަސައްކަތް ފަށާނަން." ނޯ އެންޓްރީ އާއި ވެލްކަމް ގެނެސްދިން އަނީސް ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454