24 މާޗް 2021 - 06:40
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަލާޒްގެ ސުޕަނެޗްރަލް ސިލްސިލާ "ސަސުރާލް ސިމްރަން ކާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.
އާ ސީޒަނުގައި ވެސް ކުރީގެ ބައެއް ކާސްޓުން ހިއްސާވާ އިރު އޭގެ ތެރެއިން އެކަކީ ސިލްސިލާގެ ލީޑް ކެރެކްޓާ ކުޅުނު ދިޕިކާ ކައްކަރް އެެވެ. އޭނާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2019-2020 އަށް ގެނެސްދިން "ކަހާ ހަމް ކަހާ ތުމް" އެވެ.
"ސަސުރާލް ސިމްރަން ކާ" އަކީ ކަލާޒް އިން އެޕްރީލް 25، 2011 އިން މާޗް 2، 2018 އަށް ގެނެސްދިން ސިލްސިލާއެކެވެ. ވަރަށް ބޮޑު ކާސްޓެއް ފެނިގެން ދިޔަ ސިލްސިލާގެ 2،063 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
"ސަސުރާލް ސިމްރަން ކާ 2" ގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް އާ ސީޒަން ދައްކަން ފަށާނެ އިރެއް އަދި ނޭނގެ އެވެ.
ކަލާޒް އިން މި ފަހުން އަލަށް ފެށި ސިލްސިލާތަކުގެ ތެރޭގައި "ކުޗް ތޯ ހޭ" އާއި "މޮލްކީ" އާއި "އުޅާރިޔާ" އާއި "ނަމަކް އިސް ކާ" އަދި "ބާވްރާ ދިލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިމަރު
24 March 2021
ސިމްރަން އެއް ނޫން ސިމަރު