މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ސައިނާ" ގެ ޕޯސްޓަރެއް.

މިދިޔަ މަހުގެ 26 ގައި ރިލީޒްކުރި ޕަރިނީތީ ޗޯޕްރާގެ ފިލްމު "ސައިނާ" މި މަހުގެ 23 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްލާވާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ސައިނާގެ ގޮތުގައި ޕަރިނީތީ ދެއްކި އެކްޓިން އަށް ކުރިޓިކުން ވެސް ވަރަށް ބޮޑަށް ތައުރީފު ކުރި "ސައިނާ" ގެ ކާސްޓްގައި މާނަވް ކޯލް، އިޝާން ނަގްވީ، މެގްނާ މާލިކް އަދި އަންކޫރް ވިކަލް އެވެ.

ޕަރިނީތީގެ ތިން ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ ސައިނާގެ އިތުރުން ނެޓްފްލިކްސް އިން ޕްރިމިއާކުރި "ދަ ގާލް އޮން ދަ ޓްރެއިން" އާއި ސިނަމާތަކުގައި އެޅުވި "ސަންދީޕް އޯރް ޕިންކީ ފަރާރު" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރްގެ "އެނިމަލް" އާއި ވަރުން ދަވަންގެ "ސާންކީ" ހިމެނެ އެވެ.

އަޖޭ އާއި ސިދާތަށް "ގޯބަރް"

ބަތަލާ ވިދިޔާ ބާލަންގެ ފިރިމީގާ ސިދާތު ރޯއި ކަޕޫރާއި އަޖޭ ދޭވްގަން ގުޅިގެން ފިލްމެއް ޕްރޮޑިއުސްކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

"ގޯބަރް" ގެ ނަމުގައި ގެނެސްދޭ މި ކޮމެޑީ އަށް މިހާރު ކާސްޓުން ހަމަޖައްސަމުން އަންނަ އިރު ފިލްމުގެ ޑައިރެކްޓަރަކީ ސަބަލް ސެކާވަތު އެވެ.

"ގޯބަރް" އާ ބެހޭ ގޮތުން އަޖޭ އާއި ސިދާތު ބުނީ މިއީ ޖަނަވާރުންގެ ޑޮކްޓަރަކާ ބެހޭ ކައްތައްގަނޑެއް ފެނިގެން ދާނެ ބެލުންތެރިން ހީނހީނ ހަލާކުކޮށްލާނެ ވަރުގެ މަޖާ ފިލްމަކަށް ވާނެ ކަމަށެވެ. އެކަމަކު ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރު "ޗަލާންގް" ގެ ޕްރޮޑިއުސްކުރި އަޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި މަހުގެ 8 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" އެވެ.

ޓައިގާގެ "ގަންޕަތު" ގެ ޝޫޓިން ޖުލައިގައި

ޓައިގާ ޝްރޮފާއި ކްރިތީ ސެނަން ލީޑް ރޯލު ކުޅޭ ފިލްމު "ގަންޕަތު" ގެ ޝޫޓިން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާ ގޮތަށް ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އޭގެ ފުރަތަމަ ޝެޑިއުލްގެ ބޮޑު ބައި ކުރިއަށް ގެންދާނީ އިނގިރޭސިވިލާތުގައި ކަމަށެވެ. ވަރަށް ސްޓައިލިޝް އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ "ގަންޕަތު" އަކީ ވިކާސް ބާލް ޑައިރެކްޓްކުރާ ފިލްމެކެވެ.

"ސުޕަ 30" އާއި "ކްއީން" ގެނެސްދިން ޑައިރެކްޓަރު މި ވަގުތު އަންނަނީ އަމީތާބް ބައްޗަނާއި ރަޝްމިކާ މަންދަނާއާ އެކު "ގުޑްބާއީ" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.

ޓައިގާ އާއި ކްރިތީ ބޮލީވުޑަށް ތައާރަފުވި 2014 ގެ "ހީރޯޕަންތީ" އަށް ފަހު ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ގަންޕަތު" އަކީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. ފުރަތަމަ ބައި އަންނަ އަހަރު ގެނެސްދޭނެ އެވެ.

އަރުޖުން އާއި ރަކުލްގެ ވީޑިއޯ ލަވައެއް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް އާންމުކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒްގެ ތައްގަނޑުގައި ނެރެފައިވާ ލަވައިގެ ނަމަކީ "ދިލް ހޭ ދިވާނާ" އެވެ. ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ ޑައިރެކްޓްކޮށްފައިވާ ލަވައިގެ އަޑުގެ ވެރިންނަކީ ދަރްޝަން ރަވާލް އާއި ޒާރާ ޚާނެވެ. ލަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު ޅެން ލިޔުނީ ޝައްބީރް އަހުމަދެވެ.

އަރުޖުން އާއި ރަކުލް ވީޑިއޯ ލަވައެއް ނެރެފައި މި ވަނީ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ސަރުދާރު ކާ ގްރޭންޑްސަން" ނެޓްފްލިކްސް އިން ޕްރިމިއާކުރަން ހަމަޖެހިފައި ވަނިކޮށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454