ސްރީރާމް، ބަލްކީ އަދި ދަލްގޫރް.
29 މެއި 2021 - 09:22
ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އާރް ބަލްކީގެ އާ ފިލްމު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެކްޓަރު ދަލްގޫރް ސަލްމާނާ އެކު ހަދަން ނިންމައިފި އެވެ.
މި ސައިކޮލޮޖިކަލް ތުރިލާ އަށް ބަލްކީ ތައްޔާރުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން، ފިލްމުގެ ވާހަކަ ރަސްމީކޮށް ސޯޝަލް މީޑިއާގައި ހާމަކުރީ އޭގެ ސިނަމަޓޯގްރާފަރު ޕީސީ ސްރީރަމް އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނީ ދަލްގޫރާ އެކު ބަލްކީ ހަދަން ނިންމާފައިވާ ފިލްމުގެ މަސައްކަތް ފަށަން ކެތްމަދުވެފައިވާ ކަމަށެވެ.
My next project with Balki will have Dulquer Salman.
— pcsreeramISC (@pcsreeram) May 25, 2021
Its a psychological thriller .
Eagerly waiting to start work.#RBalki@dulQuer pic.twitter.com/g0C7AKHoMf
"ޕާ" އާއި "ޝަމީތާބް" ގެ އިތުރުން "ކީ އެންޑް ކާ" ފަދަ ތަފާތު ކޮންސެޕްޓްތަކުގެ ފިލްމުތައް ގެނެސްދިން ބަލްކީ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2018 ގެ "ޕެޑްމޭން" އެވެ. އަދި 2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "މިޝަން މަންގަލް" އަކީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވި ފިލްމެކެވެ.
ނަން އިއުލާން ނުކުރާ ބަލްކީގެ އާ ފިލްމް ދަލްގޫރް، 34، އާ އެކު ހަދަން ނިންމި އިރު އޭނާ ބޮލީވުޑަށް ތައާރަފުވީ 2018 ގައި އިރުފާން ޚާނާ އެކު ފެނިގެން ދިޔަ "ކާރްވާން" އިންނެވެ. އޭގެ ފަހުން 2019 ގައި ސޯނަމް ކަޕޫރާ އެކު "ދަ ޒޯޔާ ފެކްޓާ" ގެ ބަތަލުގެ ރޯލު ދަލްގޫރް ކުޅުނެވެ.
އާންމުކޮށް މަލަޔާޅަމް ފިލްމުތައް ކުޅޭ ދަލްގޫރު ތެލެގޫ އަދި ތަމަޅަ ފިލްމުތަކުގައި ވެސް މަސައްކަތްކުރެ އެވެ. އޭނާ އަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މަމޫޓީގެ ދަރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy