މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

ކުރީގެ ޗާލު ބަތަލާ ރީނާ ރޯއިގެ ފެނިލުމަކުން ހަނދާންތަކެއް

ރީނާ.

ބޮލީވުޑްގެ ކުރީގެ ބަތަލާ ރީނާ ރޯއި ވަރަށް ގިނަ ދުވަސްތަކެއް ފަހުން ފެނުނީ މި ހަފުގައި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" ގެ މެހުމާނެއްގެ ގޮތުގަ އެވެ. ޝޯގައި ބައިވެރިވެ 64 އަހަރުގެ ބަތަލާ އޭނާގެ ފިލްމީ ކެރިއަރުގެ ވަރަށް ގިނަ ހަނދާންތައް އާކޮށްދިނެވެ.

ބައިވެރިން ރީނާގެ ފިލްމުތަކުގެ ރީތި އެތައް ލަވައެއް ހުށަހަޅައި ދިނެވެ. އޭނާ އަކީ ފިލްމީ ކެރިއަރުގެ ރަންޒަމާނުގައި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. އޭގެ ހެއްކަކީ އެއް އަހަރެއްގެ ތެރޭގައި ރީނާގެ 14 ފިލްމު ރިލީޒް ވެފައިވުމެވެ. އެއީ 1982 ގަ އެވެ. އަދި ފިލްމު ކުޅުނު ދުވަސްވަރު އޭނާ އަކީ އެންމެ ބޮޑު އަގެއް ވެސް ލިބުނު ބަތަލާ އެވެ. ރީނާ ކެރިއަރުގެ ކުލަގަދަވެފައި، ވަރަށް ކާމިޔާބެވެ. އޭނާ އަކީ 1972-1985 އަށް ފިލްމުތަކުގައި ލީޑް ރޯލު ކުޅުނު ހުނަރުވެރި ރީތި ބަތަލާއެކެވެ.

ބޮލީވުޑްގެ މިހާރުގެ ބަތަލާ ސޮނާކްޝީ ސިންހާ އަކީ ރީނާއާ ވައްތަރު ބަތަލާއެކެވެ. ސޮނާކްޝީ ފިލްމު ދާއިރާ އަށް ނުކުތް ފަހުން އެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) އާ ރީނާގެ އެންމެ ޒުވާން ދުވަސްވަރު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ގިނަ ދުވަސްތަކެއް ވަންދެން ބޭއްވިކަމެވެ.

އަސްލު ނަމުން ނަމަ ސާއިރާ އަލީ ނުވަތަ ރީނާ އަކީ މުމްބާއީގެ މުސްލިމު އާއިލާއަކަށް އުފަން ބަތަލާއެކެވެ. އޭނާއާ އެއްބަނޑު އެއްބަފާ ތިބެނީ ދެ އަންހެނުންނާއި ފިރިހެން ކޮއްކޮއެކެވެ.

ރީނާ އަށް ލީޑް ރޯލު ކުޅެން ލިބުނު ފުރަތަމަ ފިލްމަކީ ޑެނީ ޑެންޒޯންގްޕާ ލީޑް އެކްޓަރަކަށް ނެގި "ނައީ ދުނިޔޭ ނައީ ލޯގް" އެވެ. އެކަމަކު އެ ފިލްމު މަސައްކަތް ވަކި ހިސާބަކުން ހުއްޓުމުން އޭގެ ޑައިރެކްޓަރު ބީއާރް އިޝާރާ އެ މީހުންނަށް ފުރުސަތު ދިނީ 1972 ގެ "ޒަރޫރަތު" އިންނެވެ.

އޭގެ ފަހުން ވެސް އުނދަގޫ އަހަރުތަކެއް ތަޖުރިބާކުރަން ޖެހުނަސް، ކެރިއަރުގެ ފަސް ވަނަ އަހަރުން ފެށިގެން ރީނާގެ ވިދުން ވަރަށް ވަރަށް ގަދަވެ، ހުށަހެޅުންތައް އޮހެން ފެށި އެވެ. ރީނާ ފާހަގަކުރެވުނީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ހެޔޮވަރު ބަތަލާއެއްގެ ގޮތުގަ އެވެ. އެއީ ރަށްފުށުގެ ޑިގްލެމަރަސް އަންހެނެއްގެ ރޯލު ކަމަށް ވިޔަސް އަދި އެހާމެ ގްލެމަރަސް، ސްޓައިލިޝް ރޯލަކަށް ވިޔަސް ރީނާ އެ ރޯލެއް ކުޅެފައި ވަނީ ވަރަށް ފުރިހަމައަށެވެ. ބެލުންތެރިން އޭނާ ދެކެ އެހާ ލޯބިވީ ވެސް އެ ސަބަބާ ހެދި އެވެ.

ފިލްމު ކުޅުނު ޒަމާނުގައި އޭރުގެ އެންމެ މަޝްހޫރު ހުރިހާ އެކްޓަރުންނާ އެކުހެން ރީނާ މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ރާޖޭޝް ކަންނާ، ދަރުމެންދުރާ، ޖީތެންދުރާ، ސަތަރޭ، ސުނިލް ދަތު، ވިނޯދު ކަންނާ، އަމީތާބް ބައްޗަން އަދި ރިޝީ ކަޕޫރް ފަދަ އެކްޓަރުން ހިމެނެ އެވެ.

ރީނާ ބުނި ގޮތުގައި އޭނާގެ ކެރިއަރު ބައްޓަންކޮށްދިނުމުގައި ސުނިލް ދަތާއި އޭނާގެ އަންހެނުން މަޝްހޫރު ބަތަލާ ނަރުގިސް އަކީ ވަރަށް އެހީވި ބަޔެކެވެ. އެހެންވެ އަބަދު ވެސް އެކަން ހަނދާނުގައި ބަހައްޓައި، އެ މީހުންނަށް ޝުކުރުވެރިވާނެ ކަމަށް އައިޑޮލް ޝޯގެ ތެރޭގައި ބުންޏެވެ. މިހާރު ދުނިޔޭގައި ނެތް ސުނިލް އާއި ނަރުގިސް އަކީ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ މައިންބަފައިންނެވެ.

ރީނާގެ ކެރިއަރުގައި މަޝްހޫރު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި ޒަޚްމީ (1976)، ނާގިން (1976)، ކާލި ޗަރަން (1976)، ބަދަލްތޭ ރިޝްތޭ (1978)، ވިޝްވަނާތު (1978)، އާޝާ (1980)، ނަސީބު (1981)، ޕިޔާސާ ސާވަން (1981)، ސަނަމް ތެރީ ގަސަމް (1982)، އަންދާ ގާނޫނު (1983) އަދި ރާޖު ތިލަކް (1984) ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ރީނާ އެންމެ ފަހުން ކުޅުނު ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު 2000 ވަނަ އަހަރުގެ "ރެފިއުޖީ" އެވެ. އެއީ ކަރީނާ ކަޕޫރާއި އަބީޝެކް ބައްޗަން ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.

ސަނަމް ރޯއި ކިޔާ އެންމެ އަންހެން ދަރިޔަކު ހުރި ރީނާގެ ކައިވެނިކުރީ 1983 ގަ އެވެ. އެއީ އެ ދުވަސްވަރު މަޝްހޫރު ޕާކިސްތާނުގެ ކްރިކެޓް ތަރި މުހްސިން ޚާނާ އެވެ. ނަމަވެސް އެ ކައިވެނި ވަނީ 1990 ގައި ރޫޅިފަ އެވެ. ސަބަބަކަށްވީ މުހުސިންގެ "ކެސަނޯވާ" ލައިފްސްޓައިލެވެ. މުހުސިން، 66، އަކީ ކުރިން ހިންދީ ފިލްމުތަކެއް ވެސް ކުޅުނު މީހެކެވެ. އޭގެ ތެރޭގައި ބަޓްވާރާ (1989) ސާތީ (1991)، ހާތީ މޭރޭ ސާތީ (1993) އަދި ތިއާގީ (1992) ހިމެނެ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތިނ

28 July 2021

ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) އާ ރީނާގެ އެންމެ ޒުވާން ދުވަސްވަރު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ގިނަ ދުވަސްތަކެއް ވަންދެން ބޭއްވިކަމެވެ. މި ބުނާ އއެއއއްޗެއް ނޭގުނު؟؟

The name is already taken The name is available. Register?

ޒީނާ

27 July 2021

ރީނާ ރޯއީ އަދިވެސް ޒުވާން އަދި އަޖާއިބު ވާހާ ރީތި! ކުޑަކޮށް ފަލަ ޔަސް މަދޫރީ ވައްތަރަކަށް ހުރެފަ މަދޫރީ އަށް ވުރެން ދެގުނަ ޗާލު! ވ ކިޔުޓް ފަލަވީމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454