26 އޯގަސްޓް 2021 - 07:09
ދާދި ފަހުން، ދެވަނަ ކައިވެނި ރޫޅައިލި ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންވާ ނުވާ ކަމަށާއި އެއީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށް ކޮއްކޮ ފައިސަލް ޚާން ބުނެފި އެވެ.
އޭނާ ކުޅެ، އަލަށް ޑައިރެކްޓްކުރި ފިލްމު "ފާކްޓްރީ" އަންނަ މަހުގެ 3 ގައި ރިލީޒްކުރާތީ އޭގެ ޕްރޮމޯޝަންގެ ތެރެއިން އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ފައިސަލް ބުނީ ބޭބެ އާމިރާއި ކިރަން ރާއޯގެ ކައިވެނި ރޫޅައިލުމަކީ އެ މީހުންގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އެހެންވެ އެ ވާހަކަ އެހެން މީހުން ދައްކަން ނުޖެހޭ ކަމަށް އާމިރާ މާ ބޮޑު ގުޅުމެއް ވެސް ނޯންނާނ ފައިސަލް ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. އެ މީހުން ވަރިވީ އެއީ އެ މީހުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އަހަރެން ގަބޫލުކުރަނީ. ޚުދު އަހަންނަކީ ވެސް ކައިވެނި ރޫޅިފައި ހުރި މީހެއް. އެހެންވެ ކައިވެނީގެ ގުޅުމަކާ ބެހޭ ގޮތުން މީހަކަށް ލަފައެއް ނުވަތަ ނަސޭހަތެއް ވެސް ދެވޭ ފެންވަރުގެ މީހެއް ނޫން އަހަންނަކީ،" ފައިސަލް ބުންޏެވެ.
ފައިސަލް ބުނި ގޮތުގައި އޭނާ އިތުރު ކައިވެންޏެއް ކުރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އަދި އަންބަކު ގެންގުޅޭ ވަރުގެ ތަނަވަސްކަމެއް ވެސް ނެތް ކަމަށް 54 އަހަރުގެ އެކްޓަރު ބުންޏެވެ.
"އަހަރެންގެ ނެތް ލޯބިވެރިޔަކު ވެސް. ލޯބިވެރިޔަކު ހޯދުގެ ވިސްނުމެއް ވެސް ނެތް. މި ޒަމާނުގައި ލޯބިވެރިޔަކު، އަންބަކު ނުގެންގުޅެވޭނެ ފައިސާއ ނެތިއެއް. އަހަރެންގެ އަތަކު ނެތް މީހަކު ގެންގުޅެވޭ ވަރުގެ ތަނަވަސް ކަމެއް،" ފައިސަލް ބުންޏެވެ.
އޭނާ ބުނީ މި ވަގުތު ހުރިހާ ފޯކަސްއެއް އޮތީ ފުރަތަމަ ޑައިރެކްޝަން "ފާކްޓްރީ" އަށް ކަމަށެވެ. ފައިސަލް ބުނީ ފިލްމަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަލީލީ
26 August 2021
ސައްލޫ ބާއީވެސް ތިހެންވެ މީހަކާ ނުއިނދެ އެ ހުންނަނީ