10 އޮކްޓޯބަރ 2020 - 06:33
އަންނައުނާއި ބޫޓު ފަދަ ތަކެތި ހަޑިވެފައި ހުންނަ ގޮތަށް ޑިޒައިންކުރުން މިހާރު ވަނީ ޓްރެންޑްވާން ފަށައިފަ އެވެ. އަނެއްކާ ވެސް މިއޮތީ މިކަހަލަ "ހަޑި" އެކަމަކު "ޒަމާނީ ފެޝަން" ބޮއިލަރު ސޫޓެކެވެ.
މި ވައްތަރީ ގަރާޖެއް ކަހަލަ ތަނެއްގައި މަސައްކަތްކުރުމުން ހަޑިވެފައި ނުވަތަ ކުލަ ލާން އުޅުމުގެ ތެރޭގައި ކުލަ ބުރައި ހަޑިވެފައިވާ އެއްޗަކާ އެވެ. ރާފް ލޯރެންގެ ވެބްސައިޓްގައިވާ ގޮތުން މީގެ އަގަކީ 260 ޕައުންޑް (337 ޑޮލަރު) އެވެ.
Seeing that Ralph Lauren are selling a boiler suit splatted in paint for £620 , might start selling my work trousers , anyone interested pm me
— BIGmac 🍔 (@macaulayhill21) October 8, 2020
މި "ހަޑިވެފައިވާ" ބޮއިލަރު ސޫޓަކީ އެމެރިކާގެ މަޝްހޫރު ފެޝަން ކުންފުނި ރާފް ލޯރެންގެ އުފެއްދުމެކެވެ. "ޕެއިންޓް-ސްޕްލެޓާ ކަވަރޯލް" ގެ ނަން ދީފައިވާ މި ބޮއިލަރު ސޫޓްގެ ހަތަރު ސައިޒެއް ގަދަ ނޫކުލައިގައި ލިބޭނެ އެވެ. އެއީ ލާޖް އެކްސް ލާޖް، މީޑިއަމް އަދި ސްމޯލް އެވެ.
🤬 “They’re taking the p... Mickey! This is a joke!”
— talkSPORT Breakfast (@TSBreakfast) October 8, 2020
😤 “What a waste of space! Ralph is having a laugh, get lost!”
Brazil isn’t happy with @RalphLauren charging an incredible £620 for some paint-stained overalls! 😂 pic.twitter.com/3hLLM1ik6z
މި ޒާތުގެ އެހެން އުފެއްދުންތަކަށް ފާޑުކީ ގޮތަށް މިއަށް ވެސް އެތައް ބަޔަކު މިހާރު ދަނީ ޖޯކް ޖަހައި، ފާޑުކިޔަމުންނެވެ.
ބައެއް މީހުން ޓްވިޓާގައި ބުނެފައި ވަނީ މިގޮތަށް ކުލަ ބުރައި އަދި ކިލާވެ، ބާވެފައި ހުރި އަންނައުނު އެ މީހުންގެ އަތުގައި ވެސް އެބަހުރި ކަމަށާއި ފެޝަނަކަށް ބަލާފައި އެ އެއްޗެހި ގަންނަން ބޭނުން މީހަކު ހުރި ނަމަ އަންގާލަން އެދޭ ކަމަށެވެ.
"ހަޑިވެފައި" ހުންނަ އެއްޗެހި ފެޝަނަކަށް ހަދައިގެން ކުންފުނިތަކުން ވިއްކާތީ ކަންބޮޑުވާ މީހުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ މިއީ ނިކަމެތިންނާއި މުއްސަނދިންގެ މެދުގައި އޮތް ފަރަގު ދައްކުވައިދޭން ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި މިއީ ނިކަމެތި، ފަގީރުންނަށް ކުރާ ފުރައްސާރައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy