30 ޖޫން 2020 - 14:46
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިގަންނަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރަން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލް ބަލައިގަތީ ވޯޓްގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބިލް ބަލައިގަންނަން ފާސްވުމުން އިތުރަށް ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ބިލުގައި އޮތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އުވައި ވެސް ލެވޭ ގޮތަށެވެ. ބިލްގައިވާ ގޮތުން އެ ބިލް ފާސްްވެ ގާނޫނަކަށް ވެއްޖެ ނަމަ މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދުގައި ވެސް އަމަލުކުރަން ޖެހޭނީ ބިލްގައިވާ ގޮތަށެވެ.
Doctorrunge zinmaa akee haalath bune dhinun, siyaasath kandaelhumeh nun: Nasheed
The most trusted news source in the Maldives
Mihaaru
ޑޮކްޓަރުންގެ ޒިންމާ އަކީ ހާލަތު ބުނެ ދިނުން ކަމަށާއި ސިޔާސަތު ކަނޑައެޅުން ނޫން ކަމަށް ނަޝީދު ވިދާޅުވުން
ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތީ ކޮވިޑް-19 ފެތުރޭތީ އެވެ.
އެ ބިލް ހުށަހެޅުމުން މަޖިލީހުން ސިއްހީ ކަންކަމުގެ ތެރެއަށް ވަންނަނީ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެ ބިލަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިއްހީ މާހިރުންގެ ދައުރަކީ ހާލަތު ބުނެދިނުން ކަމަށާއި ސިޔާސަތު ކަނޑައަޅާނީ އެ ބޭފުޅުން ނޫން ކަމަށެވެ.
"ސިއްހީ މާހިރުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެއީ ފާހަގަކޮށް ދިނުން ނުރައްކަލުގެ މިންވަރު. އެ ނުރައްކަލުގެ މިންވަރު އެނގުމުން ދެން އެ ނުރައްކަލުން ސަލާމަތް ވުމަށް އަޅުގަނޑުމެން އެދޭ މިންވަރު، ނިންމާ މިންވަރުގެ ސިޔާސަތު ކަނޑައެޅުން އެއީ ސިއްހީ ކަމެއް ނޫން. އެއީ ގައުމެއް ހިންގުމާ ގުޅޭގޮތުން އޮންނަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފެންނަނީ." ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވި އެވެ.
އެ ބިލް ހުށަހެޅުއްވި މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހާލަތުގެ ދަށުން އެހާ ބޮޑަށް ރައްޔިތުންގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެން ދާއިރު އެކަމަށް ރައްޔިތުންގެ މަންދޫބުންގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ.
"ރިޔާސީ ނިޒާމުގެ އަސާސީ އެއް ސިފައަކީ ޗެކްއެންޑް ބެލެންސް ކަމަށްވާއިރު މިހާރު މި ގާނޫނު އޮތްގޮތުން އެ ޗެކް އެންޑް ބެލެންސް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ބަޖެޓަށާއި ވަޒީރުންނަށާއި ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުން ރުހުން ދޭން ޖެހޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރުހުން ހޯދަން ނުޖެހެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލުގައިވާ ގޮތަށް ގާނޫނު ބަދަލުކޮށްފި ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެ ހާލަތުގެ މުއްދަތު އިތުރުކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމެވިޔަސް އެކަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެ ހާލަތުގައި ދައުލަތުން ހަރަދުކުރި ގޮތުގެ ތަފްސީލް ހިމެނޭ އޮޑިޓް ރިޕޯޓެއް ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް އަދި އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ ގޮތަށް ހަދަން ވެސް އެ ބިލުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނބޫދޫ ކެޔޮޅު
01 July 2020
ދައުލަތް ހިންގަނީ ރައްޔިތުން ، ރައްޔިތުން ގެ މަޖިލީހަކީ ރައްޔިތުން ގެ ވޯޓުން ސަރުކާރު ޖަވާބުދާރީ ކުރަން ހޮވާފައިވާ މަޖިލީހެއް ! ސަރުކާރު ކޯލިސަން ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގައި ކަރަޕްސަން ހިނގަމުންދާ ފަރާތްތަކަށް ހަޖަމް ކުރަންދަތިވާނެ
ެެއެޑަމްސޮރު
30 June 2020
ބަލަގަ ނަޝީދު ތިޔއުޅުއްވަނީ ކިހިނެއްމަޖްލީސް ހިންގަވަންތޯ. ޢެޑަމް ސަލާމްބުނި
ހާއިރު
30 June 2020
ޢެޑަމް. 0 ވާހަކަ އެއް. އަންނި ބޭނުންވަނީ. ސާލިހުގެ އަގައިން އަންނި އަމުރު ނެރެން. ބޯހަލާކު. ރެޑޭ ހެޔޮނުވާނެ .
އެޑަމް
30 June 2020
ދައުލަތް ހިންގުމުގެ ހުރިހާބާރެއް މަޖިލިހައްދީގެން ޅައިރުގެ ރަހުމަތްތެރިއާސަރުކާރު ހިންގާމަންޒަރުބަލަން ރައީސްހުންނަވަންވީނޫންތޯ އެކަމަކު ރައްޔިތުންރައީސަކުހޮވީ ތިވިސްނުމެއްގަނޫނެވެ,އަދިރާއްޖޭގެވެރިކަމުގެ ނިޒާމު ގާނޫނުއަސާސީގައޮތީވެސް ތިގޮތަކައްނޫނެވެ,!!
ގަޓް ބްރޯ
30 June 2020
2012 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ގާނޫނެއް މިއަދު އިސްލާހު ކުރަންވީ ކޮން ސަބަބަކާ ހުރެތޯ؟ ރައްޔިތުން ހޭލާ ތިބޭ. މިގައުމުގައި ލެއްވިއްޔާ ލެއްވި ހުރިހާ މުއައްސަސާއެއްގެ ބޮޑު ތަޅުދަނޑި ނަޝީދުގެ މުށުތެރެއަށް ލާ ނިމެނީ. ސުޕަ މެޖޯރިޓީ ދީގެން ގައުމުގެ ދުވަސް ގޮސް އަވަދިވަނީ.