ކޮރޯނާވައިރަސް ޖެހިގެން ބަލިވި މީހަކަށް، ޗައިނާގައި ފަރުވާދެނީ
31 ޖެނުއަރީ 2020 - 11:58
އިންސާނުންނަށް ނުރައްކާތެރި އާ ވައިރަހެއްގެ ސަބަބުން ރޯގާއެއް ފެތުރި، ކޮންޓްރޯލް ނުވެގެން ދާ ނަމަ، އެކަން އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ މީހުންނާއި ކަމާ ގުޅޭ ސައިންސްވެރިންނަށެވެ. ޗައިނާގައި ހަލުވި ދުވެލީގައި ފެތުރެމުން ދާ އާ ކޮރޯނާވައިރަސްއާ އެކު ދުނިޔެ ގުނޑުވާލައިފައިވާ އިރު، އިންސާނާގެ ހަށިގަނޑަށް އެއިން ގެންނަ ބަދަލާއި ހަދާލާ ގޮތުގެ މައުލޫމާތު ހޯދަން އާންމުން ބޭނުންވެ އެވެ.
ނޮވެލް ކޮރޯނާވައިރަސް ހަށިގަނޑަށް ހަމަލާ ދެނީ ކިހިނެއް ހެއްޔެވެ؟ ފެންނާނެ ހުރިހާ އަލާމާތްތަކަކީ ކޮބައި ހެއްޔެވެ؟ ބަލިވުން އެންމެ ކައިރީ ނުވަތަ މަރުވުން އެންމެ ގާތީ ކޮން ބައެއް ހެއްޔެވެ؟ ފަރުވާ ދޭނީ ކިހިނެއް ހެއްޔެވެ؟
މި ސުވާލުތަކަށް، މިހާރުގެ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޗައިނާގެ ވޫހާން ސިޓީގެ ޖިޔިންތަން ހޮސްޕިޓަލްގެ ސިއްހީ އެހީތެރިންގެ ވާހަކަތަކުން ކޮންމެވެސް ޖަވާބެއް ލިބެ އެވެ. އަދި ސައިންސް ޖާނަލް ލެންސެޓްގައި ވަނީ ރޯގާއަށް އެންމެ ފުރަތަމަ ފުރުވާ ދިން 99 ބަލިމީހުންނާ މެދު ކަން ކުރި ގޮތުގެ މައުލޫމާތު ހާމަކޮށްފަ އެވެ.
ހޮސްޕިޓަލަށް ގެންދިޔަ އެ 99 މީހުންނަށް ނިއުމޯނިޔާ ޖެހިފައިވެ އެވެ. އެއީ ފުއްޕާމޭ ދުޅަވުމެވެ. އަދި ލޭގެ ތެރެއަށް އޮކްސިޖަން ދަތުރުކުރާ ބައިތަކުގައި ފެން އުފެދިފައި ހުއްޓެވެ.
ފުރަތަމަ މަރުވި ދެ މީހުންގެ ސިއްހަތު ނިސްބަތުން ރަނގަޅެވެ. އެކަމަކު އެއީ ވަރަށް ގިނަ ދުވަސް ވަންދެން ދުންފަތުގެ އިސްތިއުމާލްކުރި ބަޔަކަށް ވާތީ އެ މީހުންގެ ފުއްޕާމޭ ބަލިކަށިވެފައި އޮތުން އެކަށީގެންވެ އެވެ.
އޭގެ ތެރެއިން އުމުރުން 61 އަހަރުގެ ފިރިހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިއުމޯނިޔާގެ ނުރައްކާ އޮތީ ވަރަށް ބޮޑުވެފަ އެވެ. ދިރިހުރުމަށްޓަކައި ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަން ފޮނުވައިދެވޭ ވަރަށް ވުރެ ފުއްޕާމޭގެ ހާލަތު އޮތީ ގޯސްވެފަ އެވެ.
ވެންޓިލޭޓަރަށް ލީ ނަމަވެސް، އޭނާގެ ފުއްޕާމޭ މަސައްކަތެއް ނުކުރި އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަތާ 11 ދުވަސް ފަހުން، ހިތް ވެސް ހުއްޓުނީ އެވެ.
މަރުވި ދެ ވަނަ ބަލިމީހާ، އުމުރުން 69 އަހަރުގެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފުއްޕާމޭ މަސައްކަތެއް ނުކުރެ އެވެ. އެހެންކަމުން އޭނާ ސަލާމަތްކުރެވޭތޯ، ފުއްޕާމެއެކޭ އެއްގޮތަށް މަސައްކަތްކުރާ މެޝިނަކަށް ލި އެވެ. އެކަމަކު އެއިން ވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.
އޭނާގެ ލޭގެ ޕްރެޝަރު ނުހިފެހެއްޓި، އެތައް އުނދަގޫތަކަކަށް ފަހު މަރުވީ އެވެ.
ހޮސްޕިޓަލަށް ގެންދިޔަ ފުރަތަމަ 99 މީހުންގެ ތަފާސްހިސާބަށް ބަލާ ނަމަ މަރުވި މީހުންގެ ނިސްބަތް އުޅެނީ 10 ޕަސެންޓްގަ އެވެ.
- 57: ހޮސްޕިޓަލުން އަދި ދޫނުކޮށްލާ މީހުން
- 31: ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި
- 11: އެ މީހުންގެ ތެރެއިން މަރުވި އަދަދު
މި ހިސާބަށް ބަލާއިރު މަރުވާ ނިސްބަތަކީ 11 ޕަސެންޓް ކަމަށް ހީކުރެވުނަސް ހޮސްޕިޓަލްގައި ތިބި އެންމެން މަރުވުމުގެ ފުރުސަތު ކުޑަ އެވެ. އަދި ގިނަ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ނުޖެހޭތީ، ޖުމްލަކޮށް ބަލާ ނަމަ، އާ ވައިރަސް އަރައިގެން މަރުވާ މީހުންގެ ނިސްބަތް އެއަށް ވުރެ ވެސް ދަށްވާނެ އެވެ.
މިފަހަރުގެ ކޮރޯނާވައިރަސް ފުރަތަމަ އެރި ކަމަށް ބެލެވެނީ ވޫހާން ސިޓީގެ ސީފުޑް މާރުކޭޓަކުންނެވެ. އެތަނުގައި ސީފުޑްގެ އިތުރުން ދިރިހުރި އެތައް ވައްތަރެއްގެ ޖަނަވާރު ވެސް ވިއްކަ އެވެ.
ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ 99 މީހުންގެ ތެރެއިން 49 މީހުންނަކީ ސީދާ އެ މާރުކޭޓާ ގުޅުން އޮތް ބައެކެވެ.
- 47: މާރުކޭޓްގައި މެނޭޖަރުންގެ ގޮތުގަ އާއި ސްޓޯލްތައް ހިންގުމުގައި އުޅުނު މީހުން
- 2: ހަމައެކަނި އެތަނުން ބާޒާރުކޮށްލި މީހުން
ލެންސެޓްގެ ލިއުމުން އެނގެނީ މިހާތަނަށް އެންމެ ނުރައްކާ ބޮޑީ މެދު އުމުރުގެ ފިރިހެނުންނަށް ކަމެވެ. އެވްރެޖް އުމުރަކީ 56 އަހަރެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ 67 އަކީ ފިރިހެނުންނެވެ.
އެކަމަކު އޭގެ ފަހުން ލިބުނު ހިސާބުތަކުން އެނގެނީ ބަލީގެ ނުރައްކާ ދެ ޖިންސްގެ މީހުންނަށް ވެސް ދާދި ހަމަހަމަކަމެވެ. ޗައިނާގެ ސެންޓާސް ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން ބުނާ ގޮތުގައި ވައިރަސްގެ ސަބަބުން ބަލި ޖެހުނު ކޮންމެ 1.0 އަންހެނަކަށް 1.2 ފިރިހެނުން ބަލިވެ އެވެ. މި ހިސާބަށް ބަލާ ނަމަ، ލަފާކުރެވޭ ދެ ގޮތެއް އެބަ ފެނެ އެވެ.
- މާ ބޮޑަށް ބަލިވެ، ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހޭ ނިސްބަތް ފިރިހެނުންގެ މެދުގައި މަތިވުން
- ވައިރަސް ފުރަތަމަ ފެތުރުނު އިރު، އިޖުތިމާއީ އަދި ސަގާފަތުގެ ސަބަބުތަކާ ހެދި އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުންނަށް އެ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުން
އެކަމަކު ލެންސެޓްގެ ދިރާސާއަށް މައުލޫމާތު ދިން ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ލީ ޒެންގް ވިދާޅުވި ގޮތުގައި ބަލިން ރައްކާތެރިވުމަށް އަންހެނުންގެ އެކްސް ކްރޮމޮޒޯމް އާއި އަންހެނުންގެ ހޯމޯން ހާއްސަ ދައުރެއް އަދާކުރެ އެވެ.
"އެއީ ދިފާއީ ނިޒާމުގެ ވަރަށް މުހިންމު ބައެއް،" އޭނާ ވިދާޅުވި އެވެ.
ބަލިވެގެން އެޑްމިޓްކުރި ފުރަތަމަ 99 މީހުންގެ ތެރެއިން ގިނަ މީހުން ކުރިންސުރެ ގެންދިޔައީ ސިއްހީ ތަފާތު މައްސަލަތަކަށް ފަރުވާ ހޯދަމުންނެވެ. އޭގެ ސަބަބުން އެ މީހުންގެ ދިފާއީ ނިޒާމު، އާންމު އެހެން މީހުންނަށް ވުރެ ދަށްވެ އެވެ.
- 40: ހިތުގެ މައްސަލަތަކާއި ސްޓްރޯކްގެ ސަބަބުން ހިތް ބަލިކަށިވެފައިވާ މީހުންނާއި ލޭ ހޮޅިތަކަށް ގެއްލުން ލިބިފައިވާ މީހުންގެ އަދަދު
- 12: ހަކުރުބަލީގެ މީހުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޝަންގހައި
31 January 2020
ހެއްދެވި ފަރާތަށް ގޮންޖަހާލާފަ ތިމާމެން ވަރުގެ ބަޔަކު ނެތުނު މީހުން މިއަދު ސައިޒުގަ.
އިބްރީ
31 January 2020
ދިރި ހުރި ޖަނަވާރުން ކެއުން އެއީ އެމީހުންގެ އާންމު ކަމެއް. ދެން ކޮން ބައްޔެއް ނުޖެހޭނީ. ޔައުޖޫދް މައުޖޫދް މީހުންނެކޭ ހުރި ތަފާތެއް ނެތް. ބިރުވެރި ދެރަ ކަމެއް.
ޜަރީން
31 January 2020
ޝާން އަކަށް ނާެންގޭތަ އެމީހުން އިންސާނުން ކާކަމެއް އެއީ އެމީހުންކުރާކަމެއް.
ޢެޑްމުންޑޯ
31 January 2020
ރަގަޅު މުހިއްމު މައުލޫމާތުކޮޅެއް ، ޝުކުރިއްޔާ ނޫސްވެރިޔާ ތިކުރައްވާ މަސައްކަތަށް
ޝާން
31 January 2020
އަދިވެސް ޗައިނާ މީހުން ފެނުނުހާ އެއްޗެއް ކަމުން ގެންދާތި. ދެން ކާން ފަށާނީ އިންސާނުން ނޫންކަމެއްވެސް ނޭނގެ. ހައްދު ފަހަނަޅާފައިވާ ބައެއް ޗައިނީޒް މީހުންނަކީ.
ޕާޕީ
31 January 2020
މިހާރުވެސް މިނިމަސް ކައި