91 ވަނަ އޮސްކާގެ ޑޮކިއުމަންޓްރީ ފީޗާ އަށް 166 ފިލްމު ހުށަހަޅާފައިވޭ.
12 ނޮވެމްބަރ 2018 - 07:28
އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްގެ ޑޮކިއުމަންޓްރީ ފީޗާ ކެޓަގަރީ އަށް 166 ފިލްމު ހުށަހަޅައިފި އެވެ.
އެންމެ މޮޅު ޑޮކިއުމަންޓްރީ ފިލްމު ކެޓަގަރީ އަށް ހުށަހަޅާފައިވާ ފިލްމުތަކުގެ ތެރޭގައި ތިއޭޓަރުގައި ދައްކައިގެން ބޮޑު އާމްދަނީއެއް ހޯދި ބައެއް ފިލްމުތައް ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި އެމެރިކާގެ ސުޕްރީކޯޓްގެ ކުރީގެ ފަނޑިޔާރު ރުތު ބޭޑާ ޖިންސްބާގްގެ ވާހަކަ ކިޔައިދޭ "އާރްޖީބީ" އާއި "ތުރީ އައިޑެންޓިކަލް ސްޓްރޭންޖާޒް"، "ފްރީ ސޯލޯ" ގެ އިތުރުން ކުރީގެ ޓީވީ ޝަހުސިއްޔަތު ފްރެޑް ރޮޖާޒްގެ ވާހަކަ ކިޔައިދޭ "ވޯންޓް ޔޫ ބީ މައި ނޭބާ؟" ހިމެނެ އެވެ.
ޑޮކިއުމަންޓްރީ ކެޓަގަރީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީތަކަށް ފުރުސަތު ލިބޭ ކެޓަގަރީއެކެވެ.
ޑޮކިއުމަންޓްރީ ކެޓަގަރީ އަށް ހުށަހެޅި ފިލްމުތަކުގެ ތެރޭގައި އިންޓަނެޝަނަލް ޑޮކިއުމަންޓްރީ އެސޯސިއޭޝަން (އައިޑީއޭ) އިން ފައިނަލްކޮށްފައިވާ ނުވަ ޑޮކިއުމަންޓްރީއެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ފްރީ ސޯލޯ،" "ކްރައިމް+ޕަނިޝްމަންޓް"، "ޑާކް މަނީ"، "ހޭލް ކައުންޓީ ދިސް މޯނިން، ދިސް އިވްނިން"، "މައިންޑިން ދަ ގެޕް"، "އޮފް ފަދާޒް އެންޑް ސަންސް"، "ދަ ސައިލެންސް އޮފް އަދާޒް"، "ޔުނައިޓެޑް ސްކޭޓްސް" އަދި "ވޯންޓް ޔޫ ބީ މައި ނޭބާ؟" ހިމެނެ އެވެ.
އޮސްކާ އިންތިޒާމު ކުރާ ދި އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) އިން ބުނި ގޮތުގައި އެވޯޑަށް ޝޯޓްލިސްޓްވާ 15 ފިލްމު އަންނަ މަހުގެ 17 ގައި އިއުލާން ކުރާނެ އެވެ. އަދި އެވޯޑަށް ނޮމިނޭޓްވާ ޑޮކިއުމަންޓްރީތައް ފަސް ޑޮކިއުމަންޓްރީ ޖެނުއަރީ މަހުގެ 22 ގައި އިއުލާން ކުރާނެ އެވެ.
Oscar ge foriegn film category ah 87 film husahahalhaifi
The most trusted news source in the Maldives
Mihaaru
އޮސްކާގެ ފޮރިން ފިލްމު ކެޓަގަރީ އަށް 87 ފިލްމު ހުށަހަޅާފައިވޭ.
އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގަ އެވެ.
މި އަހަރުގެ މާޗް 5 ގައި ބޭއްވި 90 ވަނަ އޮސްކާގެ އެންމެ މޮޅު ޑޮކިއުމަންޓްރީއަކަށް ހޮވުނީ "އިކަރަސް" އެވެ. އެ އެވޯޑަށް ޖުމްލަ 170 ޑޮކިއުމަންޓްރީ ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy