އެންއީއޯސީގެ ތަރުޖަމާން އަދި ރައީސް އޮފިހުގެ އަންޑަ ސެކްރެޓަރީ މުހައްްމަދު މަބްރޫކް އަޒީޒް މިރޭގެ ީޑިއާ ބްރީފިން ގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ އާ މެޝިންތައް ލިބުމުން ޓެސްޓް ކުރެވޭ އަދަދު 1000 އަށް ވުރެ މަތިކުރެވޭނެ ކަމަށް.
13 މެއި 2020 - 01:24
މެޝިންތައް ލިބުމާ އެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރާ ސާމްޕަލްތަކުގެ އަދަދު ދުވާލަކު 1000 އަށް ވުރެ އިތުރުކުރެވޭނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީިފިން ގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަލަށް ގެންނަން މަސައްކަތް ކުރަނީ އޮޓޮމޭޓެޑް މެޝިންތަކެއް ކަަމަށާއި އެ މެޝިންތައް އޮޕަރޭޓް ކުރަން ޓެކްނީޝަނުން ބޭނުންވާ މިންވަރު މަދުވެފައި ގިނަ ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ.
ދުވާލަކު ޓެސްޓްކުރެވޭ ސާމްޕަލްގެ އަދަދު އިތުރުކުރަން ބޭނުންވާ އިކުއިޕްމެންޓް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުވާލަކު ހާހަކަށް ވުރެ ގިނަ ސާމްޕަލް ނެގެން ވާނެ އަޅުގަނޑެމެން މިހާރު މިކުރާ މަސަައްކަތުން ގެންނަން ޖެހޭ މެޝިނަރީ ގެނައުމާ އެކު،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރުމުގެ ގާބިލުކަން އިތުރުކުރަން ރާއްޖެއިން ކުރިއްސުރެ ކުރަމުން އަންނަ އަނެއް މަސައްކަތަކީ އަތޮޅުތަކުގައި މިހާރުވެސް ހުރި ޖީން އެކްސްޕާޓް މެޝިންތަަކަށް ލައްވާ ކާޓްރިޖް ތަކެއް ހޯދުމެވެ. އެ މެޝިންތަކަކީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓްކުރަން ބޭނުންކުރާ މެޝިންތަކެކެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަސައްކަތް ކުރަމުން އަންްނަނީ އެ މެޝިންތަައް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓް ކުރެވެ ކާޓްރިޖްތަކެއް އީޖާދު ކުރުމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ފަރުވާކޮށް ޓެސްޓް ކުރަން ސަރުކާރުން އެންމެ ކުރިން ވެސް އޮތީ ޕްލޭން ކޮށްފައި ކަމަށާއި ޖީން އެކްސްޕާޓް މެޝިންތަކަށް ބޭނުންކުރާ ކާޓްރިޖްތައް އުފެއްދުމުން އެ މެޝިންތައް ބޭނުން ކުރަން ކަމަށެވެ.
"ދެން އެ ކާޓްރިކްތައް ބޭނުންކޮށްްގެން ރާއްޖޭގެ ފަސް ސަރަހައްދުގައި ޓެސްޓްކުރުން، ނުވަތަ ރާއްޖޭގައި ހަމަ މި މެޝިނަރީ ހުރި ހުރިހާ ސަރަހައްދެއްގައި ޓެސްޓްކުރުމަކީ އަބަދުވެސް ހަމަ ޕްލޭން. އެއީ އަބަދުވެސް އެކަން ކުރަން ބޭނުންވި ގޮތް،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ 25،000 ކާޓްރިޖް ލިބޭނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ކާޓްރިޖްތައް ބޭނުންކޮށްގެން ޓެސްޓްކުރާނީ އޭނާ ވިދާޅުވި ގޮތުގައި ހދ.ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ލ. ގަމާއި ގދ. ތިނަދޫގެ އިތުރުން އައްޑޫގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
13 May 2020
ބާރުތައް އައިޖީއެމްއެޗަށް ޖަމާކޮށްގެން ތިކަމެއްނުވާނެ
ފުރެންޑު
13 May 2020
ތިހެން ކިޔާތާ 1.5 މަސްް ވެއްޖެ.
ކަމަނަ
13 May 2020
ތިބުނާ މެސިނެއް އަންނާނެ ތަ ?
ދުންޔާ
13 May 2020
އަލްހަމްދުލިއްﷲ. ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.
ބަބުރަންޖީ
13 May 2020
މަބުރޫކުވަރެއް ނެތް.
ކަތުން ވިސްނާ
13 May 2020
ރައީސް ސޯލިހްއާއި ރައީސްގެ ހެލްތު މިނިސްޓަރަށް ކޮވިޑް އޮޕަރޭޝަން ކާމިޔާބު ވިޔަ ނުދޭން އަޑިން ވަރަށް ބޮޑު ގޭސް ގަނޑެއް ނަޝީދު އެބަ އަނބުރާ. ބަލާބަލަ ކީއްވެގެންކަން އެސްޓީއޯ އެމްޑީއަށް 5 މަސް ވެގެން ދިޔަ އިރުވެސް ކޮވިޑް ސާމާނެއް ނުގެނެވިގެން އުޅެނީ. އޯޑަރު ކުރީ ޖަނަވަރީ މަހުގައި. ކޮވިޑް ރާއްޖެއާ އަރާ ހަމަ ނުވަނީސް އެތައް ދުވަހެއް ކުރިން. އަދިވެސް ނުލިބޭ. އެސްޓީއޯ އެމްޑީއަކީ ނަޝީދު ހަރުގޭގަ ގެންގުޅުނު ސޮރެއް. މިއީ އިއްތިފާގެއްތޯ؟
ައަހުމަދު
13 May 2020
ހިޔެއް ނުވޭ ދިވެހި ރައްޔިތުންނެއް ޓެސްޓުކުރެވޭނެހެން ކުރިޔަށްއޮތް ދުވަސްތަކުގައި ، މިޤައުމުގައި އުޅޭދޯ ޤަވާއިދާ ކިލާފަށް ސަރުކާރުން ގެންގުޅޭ ރެފިއުޖީން ތަކެއް ، އެމީހުން ނިމިގެން ޢެއްޗެއް އޮތިއްޔާ ތާ ވާނީ ވެސް ، މި ލޫކްޑައުން ގަވެސް ހިޔެއްނުވޭ އެމީހުންނަކަށް ޅޮކްދައުން އެއް ކޮށްފަ އޮތް ހެނެއް . މީ އާދަޔާކިލާފް ޤާނޫނަކާއި ޤަވާއިދެއް އޮންނަ ޤައުމެއްދޯ. ކީއްތޯކުރާނީ....
ައަހުމަދު
13 May 2020
ހިޔެއް ނުވޭ ދިވެހި ރައްޔިތުންނެއް ޓެސްޓުކުރެވޭނެހެން ކުރިޔަށްއޮތް ދުވަސްތަކުގައި ، މިޤައުމުގައި އުޅޭދޯ ޤަވާއިދާ ކިލާފަށް ސަރުކާރުން ގެންގުޅޭ ރެފިއުޖީން ތަކެއް ، އެމީހުން ނިމިގެން ޢެއްޗެއް އޮތިއްޔާ ތާ ވާނީ ވެސް ، މި ލޫކްޑައުން ގަވެސް ހިޔެއްނުވޭ އެމީހުންނަކަށް ޅޮކްދައުން އެއް ކޮށްފަ އޮތް ހެނެއް . މީ އާދަޔާކިލާފް ޤާނޫނަކާއި ޤަވާއިދެއް އޮންނަ ޤައުމެއްދޯ. ކީއްތޯކުރާނީ....
ރަސްގެފާނު
13 May 2020
ހުރިހާކަމެއްހުއްޓާލާފަ ކޮންމެބޮލަކަށް ވެންޓިލޭޓަރެއް ގެނެވޭތޯ ބަލާ.
ޖުހާޖުހާ
13 May 2020
އެ ނުލިބިގެންވެސް މުޒާހަރާ ކުރީ ކަލޭމެން. މިހާރު އަނެކައްޗަކޭ މިހާރު ބޭނުމެއް ނުވެޔޭ ގޮވަނީވެސް ކަލޭމެން. އެ އިރެއްގައި ފިތުނަ ކުރިއަށް ދާ ގޮތަކަށް.
ރަދުން
13 May 2020
ޓެސްޓް 5000 މީހުންހެދީމަ ހައްލުވޭތަ.ކޮންތާކަށް ވައްދަނީ. މާދަމާ ރިސޯޓްދާނެ ބަދަލްހޯދަން.އެކަމަށް ތައްޔާރުވެގެން ތިބޭތި.