ބެންގަލޫރުގެ ޑެނިއަލް (ވ) ފޮނުވާލާ ޝޮޓް ބްލޮކްކުރަން މާޒިޔާގެ އެންޑީ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ފެބުރުއަރީ 2018 - 09:40
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އޭއެފްސީ ކަޕުގައި އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީ މިއަދު ރާއްޖެ އަންނަން އޮތް އޮތުން މަޑުޖައްސާލަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކްލަބަށް އަންގައިފި އެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓްރީން ވަނީ، ކުއްލި ހާލަތާ ގުޅިގެން އިންޑިއާ އިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އަށް އަމަލުކުރަން ކްލަބަށް ސިޓީއަކުން އަންގައިފަ އެވެ. އެ އެޑްވައިޒަރީގައި ވަނީ ވަކި ގޮތެއް އަންގަންދެއް، އިންޑިއާގެ ރައްތިޔުން ރާއްޖެ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަޑުޖައްސާލަން އަންގައިފަ އެވެ.
މިނިސްޓްރީން މިގޮތަށް އެންގިއިރު އޭއެފްސީން ވަނީ ރާއްޖޭގެ އަސްކަރިއްޔާ އިން ދިން ޔަގީންކަމާ އެކު މެޗު ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އިއްޔެ ނިންމައިފަ އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އޭއެފްސީ އަށް ފޮނުވި ސިޓީގައި ވަނީ މެޗު ކުރިއަށްގެންދެވޭ ވަރުގެ މާހައުލެއް އެބައޮތް ކަމުގެ ޔަގީންކަންދީ އަދި ބެންގަލޫރު ޓީމުގެ ސަލާމަތީ ކަންތައްތައް އެންމެ ފުރިހަމަ އަށް އިންތިޒާމް ކުރާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު އެކްސްޓާނަލް އެފެއާޒުން މިގޮތަށް އެންގުމާ އެކު، މިހާރު ދެން ވާނެ ގޮތަކާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ބެންގަލޫރުގެ އޮފިޝަލަކު "މިހާރަ"ށް ބުނީ އޭއެފްސީގެ އެންގުމަކަށް މަޑުކޮށްގެން ތިބި ކަމަށެވެ.
އެކަމަކު އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ހުއްދަ ނުދޭ ނަމަ ކްލަބަށް ދެވޭނެ ގޮތެއް ނޯންނާނެ އެވެ.
މެޗު ކުޅެން ހަމަޖައްސާފައި އޮއްވާ ބެންގަލޫރުން މެޗަށް ހާޒިރުވެއްނެ ނަމަ ޓީސީ މެޗުން މޮޅުވީ ކަމަށް ނިންމާނެ އެވެ. އަދި ބެންގަލޫރަށް އިތުރު އަދަބެއް އައުމުގެ ފުރުސަތު ވެސް އެބައޮތެވެ. މި މެޗުގެ ދެ ވަނަ ލެގު އަންނަ ހަފުތާގައި ބެންގަލޫރުގައި އޮންނާނެ އެވެ.
މި މައްސަލަގަނޑު ހިލުނުއިރު ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ވަނީ މެޗު ކުރިއަށް ގެންދިއުމާ މެދު އޭއެފްސީން ވިސްނުމަށް އެދި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގައިފަ އެވެ.
ސަރުކާރުން މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން، އަންގާރަ ދުވަހުގެރޭ ކުޅެން އޮތް ސީޒަން ހުޅުވާ މެޗު ފަސްކުރި އެވެ. އެކަމަކު އޭއެފްސީ ކަޕް މެޗު ކުޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ސީޒަން ހުޅުވާ މެޗު އަލުން ކުޅޭނެ ތާރީހެއް ނިންމުމަށް މިއަދު އެފްއޭއެމުން ބައްދަލުވާނެ އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް އަޅުގަނޑުމެންނަށް ވަނީ އޭއެފްސީ ކަޕް މެޗު ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް އަންގާފައި. އަޅުގަނޑުމެން ވާނީ އެކަން އޭއެފްސީ އަށް ވެސް ހިއްސާ ކޮށްފައި،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ހޮންކޮންގެ މެޗު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަނެއްކޮޅުން އަންނަ މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ތައިލެންޑަށް ބަދަލުކުރުމަށް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަަލަމާ
12 February 2018
އިންޑިޔާއިންމިހަަތުގ ނަޔަސް ރާއްޖެ އަށް 3 ޕޮއިންޓް ލިބިގެން ނުވާނެ... އިންޑިޔާ އިން ނާންނަން އެއުޅެނީ ކުއްލި ނުރައްކަލޭ ކިޔާތީވެ... ކުއްލި ނުރައްކާ އުވާލާބަލަ... އޭރުން އަންނާނެ... އަހަރެން ނުދެކެން މިސަރުކާރުހާ ފިނޑި ސަރުކާރެއް....
ބަސީރު
12 February 2018
ޙުރިހާ މައްސަލައަކީ ނަޝީދު. ޢޭނާގެ އަމިއްލަ އެދުމާއި މަކަރުވެރިކަން. ދުވަހަކުވެސް ނަޝީދަށް ދެން ވޯޓެއް ނުދޭނަން
އިޙްސަ
12 February 2018
ޒުވާނުންގެ ރައީސޭ ބުނާތީ އަހަމު. ވީމާ އަވަހަށް ކުއްލިހާލަތު އުވާލާ...
ލޮލް.
11 February 2018
ރާއްޖެއިން ބަތްކައްކާ ކުޅުނަސް އެހެން ގައުމުތަކުން ނޫޅޭ އޭގަ ބައިވެރިވާކަށް. ގައުމުތަކުގަ ކުއްލި ނުރައްކަލޭ ކިޔަނީ ބޮޑެތި ސަބަބުތަކެއް އޮވެގެން. އެކަހަލަ ހާލަތެއްގަ ފުޓުބޯޅަކުޅެ މަޖާކުރަން އެމީހުން ނުޖެހޭ ދޯ އަންނާކަށް ކޮންމެހެން.
ސާށގީ
11 February 2018
ބޮނަން ރަގަޅެ ވާހެކެއިކެ ފެރުތުހުމާން މޯދީ އާނެ ފާހާނާ ހަދައިގަނެހެންގޯ މާ ތާހިރެވެންނެ...ފާހާނާ ކޮށްގެން ޓުރަވަލް އެދްވައިޒަރީ ނިކުންވެހެންގޯ
ޝޮކް
11 February 2018
ބުނަން ރަގަޅު ވާހަކައެއް ކަންތައްތައް މާމައްޗަތިދަނީ ނާންނަންޔާ ތިބެބެލަ ބޮލި ހިލަން އޭރަށް ޓީސީ އަށް މެޗް ލިބޭނެ
ރާބީ
11 February 2018
ޓޯޓީ މޯދީ ފޮނީ
ސަލީމް
11 February 2018
އިންޑިއާ ސަރުކާރަކީ ދިވެހި ސަރުކާރާ ޗެލެންޖުކުރެވޭ ވަރުގެ ގާބިލްކަން ހުރިބައެއް ނޫން
ސީޕީ
11 February 2018
ރާއްޖޭގަ މެޗް ކުޅޭނެ މާހައުލު އެބައޮތް ނެތީ އިންޑިޔާގެ ކެއްތެރިކަން
ޓޮޓީ
11 February 2018
އަމިންލައަށް ބޯ ބޮނޑި ހަންތާވެސް. އިންޑިޔާއިންވެސް ރާއްޖެއަށް މިހާރު އެ ދަންކައި ދޭނީ އެމީހުން ހިތްހަމަ ނުޖެހިފަތިބިވަރު.
މަނޓޭ
11 February 2018
އެމިހުނަސްވެސް އަހަރެމެނާ ނުލާ ނޫޅެވޭނެކަން އެނގޭ ޗައިނަ މީހަކު ފިހަރައަކަށް ވަދެ ދަތްކޮއްޓާ އިލޮއްޓެއް ގަތަސް ތިޔަ އިންޑިޔާ އޮންނަނި ކުއްލިހާލަތުގަ މިކޮޅަށް މަނަވަރުތަށް ފޮނުވަން ތައްޔަރުގަ އެވަރުގަ ބައެއް ތިޔަ އިންޑިޔާތީ ލޮލް