ލައިފްސްޓައިލް / ކައިވެނި ހަފްލާ

ޕާޓީ ނުބޭއްވިޔަސް މި ކައިވެނި ކިހާ ހިތްގައިމު!

އަހުމަދު ޝަމާއިލް އާއި އާމިނަތު ޝާލިޔާ އަލީ: އާއިލާގެ ޒުވާނުން ކައިވެނީގެ ތަހުނިޔާ ކީ ކުލައިންނާއި މަލުގެ ހާރުން އަދި އަލަތު ދަތުރަށް ސައިކަލު ތައްޔާރުކޮށްދީގެން --ފޮޓޯ: އާފިޔާ އަހުމަދު

ކައިވެނިކުރާ އިރު ބައެއް މީހުންނަށް ބޮޑު ޕާޓީއެއް ވަރަށް މުހިއްމެވެ. އަނެއް ބަޔަކު ކުޑަ ސަޔަކުން ފުއްދާލަ އެވެ. ދެން އުޅެނީ ހަމައެކަނި ރަސްމީ ބައިން ނިންމާލާ މީހުންނެވެ. އަހުމަދު ޝަމާއިލް އާއި އާމިނަތު ޝާލިޔާ އަލީ ފެތެނީ މި ބަޔަށެވެ. ޕާޓީ ނުބާއްވަން ނިންމައި ކޯޓުގައި ކައިވެނިކޮށްލީ އެވެ. އެކަމަކު އެ ދެ ޒުވާނުންގެ ކައިވެނީގެ ފޮޓޯތައް، ޕާޓީއަކުން ފެންނާނެ މަންޒަރުތަކަކަށް ވުރެ މާ ތަފާތުވެފައި ހިތްގައިމެވެ. ސަބަބަކަށް ވީ އެ މީހުންގެ ރަށް އއ. އުކުޅަހުގައި ގެންގުޅޭ އާދަކާދައެކެވެ.

ހަތަރު އަހަރު ވަންދެން ގުޅިގެން އުޅެފައި ޝަމާއިލް، 23، އާއި ޝާލިޔާ، 18، އަންގާރަދުވަހު ކައިވެނިކޮށްގެން ނުކުތް އިރު ދެ އާއިލާގެ ޒުވާނުން ކޯޓުގެ ދޮރުމަތީގައި ތިއްބެވެ. އަލަތު ދެމަފިރިންނަށް އެ މީހުން މަރުހަބާކީ ކުލަ ޖަހައިގެންނެވެ.

ޝަމާއިލް އާއި ޝާލިޔާ ކައިވެނިކޮށްގެން ކޯޓުން ނުކުތް ތަނުން ކުލަ ޖަހަނީ --ފޮޓޯ: އާފިޔާ އަހުމަދު

މިއީ އެއްގޮތަކަށް ވެސް "ލަނޑެއް" ނުވަތަ ސަޕްރައިޒެއް ނޫނެވެ. ކައިވެނިކުރަން ކޯޓަށް ދާ މީހުންނަށް އުކުޅަހުގައި ތަހުނިޔާ ކިޔާ ގޮތަކީ އެއީ އެވެ. އާދަކާދައިގެ ގޮތުގައި އެ ރަށު އެންމެން ވަނީ އެކަން ބަލައިގެންފަ އެވެ. އެއް ކުލައަކުން ހެދުން އަޅައި "ވަރަށް ރީތިވެލައިގެން" ކޯޓަށް ދިޔަ ޝަމާއިލް އާއި ޝާލިޔާ އަށް ވެސް، ކަން ހިނގާނެ ގޮތް އޮތީ އެނގިފަ އެވެ.

"ކުލަ ޖަހާނެކަން އެނގޭ. މި ރަށުގައި ކުރާ ކަމެއް އެއީ. އަޅުގަނޑުމެން ކުޑައިރު ވެސް ދަން މީހުން ގަޔަށް ކުލަ ޖަހަން،" އުކުޅަހު އިންޖީނުގޭގައި ވަޒީފާ އަދާކުރާ ޝަމާއިލް ކިޔައިދިނެވެ.

މަގުމަތީގައި ކުލަ ޖެހީމާ ދެމަފިރިން ދާނީ އަންހެންކުއްޖާގެ ގެ އަށެވެ. މިއީ މި އާދަކާދައިގެ ދެވަނަ ބަ އެވެ. އެއަށް ފަހު މޫދަށެވެ.

"ޝާލިޔާ މަންމަމެންގެ ގެ އަށް ގޮސް އޭނަގެ މަންމަ އާއި ބައްޕަގެ ގައިގައި ކުލަ އުނގުޅާފައި ދެން ދިޔައީ މޫދަށް ކުލަ ފިލުވަން. އެއީ އެކަން ކުރާ ގޮތަކީ،" ޝަމާއިލް ބުންޏެވެ.

ކައިވެނީގެ ހާއްސަ ސައިކަލުގައި ދެމަފިރިިން ކޯޓުން ނައްޓާލަނީ.--ފޮޓޯ: އާފިޔާ އަހުމަދު

ދެ ޒުވާނުންނަށް ސަޕްރައިޒަކަށް ވީ އެންމެ ކަމެކެވެ. ކޯޓުން ނުކުތް އިރު ޝަމާއިލްގެ ސައިކަލު ހުރީ ދެމަފިރިންގެ ގޮތުގައި ދެ ޒުވާނުން ކުރާ ފުރަތަމަ ދަތުރަށް ހާއްސަކޮށް ތައްޔާރުކޮށްފަ އެވެ. ފުއްޕާހަމުން ޒީނަތްތެރިކޮށް "ހަމަ ދެންމެ މި އައީ އިނދެގެން" ކަމަށް ލިޔެފައިވާ ބޯޑެއް ސައިކަލުގައި ހަރުކޮށްފައި ހުއްޓެވެ. ޝާލިޔާގެ ދެބެއިންގެދެދަރި އާފިޔާ އަހުމަދު ނެގި ފޮޓޯތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެ ސައިކަލެވެ.

ކައިވެނީގެ ހަދިޔާއަކަށް ޝަމާއިލްގެ ސައިކަލު ޒީނަތްތެރިކޮށްފައި --ފޮޓޯ: އާފިޔާ އަހުމަދު

ޝަމާއިލް އާއި ޝާލިޔާ އެކުގައި ހަޔާތުގެ ދަތުރު ފެށީ ދެބެއިންގެދެދަރި ޒުވާނުންގެ ގްރޫޕާ އެކު އުކުޅަހުގެ ހިތްގައިމު ގޮނޑުދޮށުގައި މަޖާ ވަގުތުތަކެއް ހޭދަކޮށްފަ އެވެ.

ކައިވެނީގެ އުފަލުގައި އާއިލާގެ ޒުވާނުން ދެމަފިރިންނާ އެކު އުކުޅަހުގެ ގޮނޑުދޮށުގައި ސެލްފީއެއް ނަގަނީ.--ފޮޓޯ: އާފިޔާ އަހުމަދު

"ތަފާތުކޮށްލަން" މި ދެމަފިރިން ޕާޓީއެއް ނުބޭއްވީ އެވެ. އެކަމަކު ފަހުން ކެއުމެއް ދޭނެ އެވެ.

"ހަމަޖެހިލައިގެން ރަނގަޅަށް ތައްޔާރުވެގެން އާއިލާ އަށާއި ރައްޓެހިންނަށް ކެއުމެއް ބާއްވާނަން. އަދި މަހެއްހާ ދުވަސް ނަގާނެ،" ޝަމާއިލް ބުންޏެވެ.

29 ކޮމެންޓް, 546 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 3%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

16 December 2016

ކައިވެންޏެއް ކޮއްގެން އެކަން ފާހަގަކުރަން ކުރާ ކަމެއްގައި ފަރަންޖީން ކުރާ ކަމަކާ ވައްތަރު ނުވާނެގޮތެއް ނިކަން ބުނެދީބަަލަ؟ ލާހިކެއްނޫން ދައްކާކަށެއް. ދެން އެކަމެއް މިވަނީ އިސްލާމްދީނާ ފުށުއަރާކަމަކަށް. އަހަންނަށް އިންގޭ ގޮތުން އިސްލާމްދީނުގައި ކައިވެންޏާއި އެކީ އޮންނަ އެންމެ މުހިންމު ކަމަކީ ކައިވެނީގެ ވަލީމާ. އެކަންވެސް އެއީ ފަރަންޖީންވެސް ކުރާ ކަމެއް. ދެނޯ؟

The name is already taken The name is available. Register?

އަލީ

16 December 2016

މާނަމާޔަކީ 14 އަހަރުއްސުރެ އެކީގައޭ

The name is already taken The name is available. Register?

ސިޒް123

16 December 2016

ސަޅި ތިކަންވެސް...އެކަމަކު ކިތަންމެ ކުލައެއްޖެހާފައި ނުވަތަ ބޮޑުހަރަދުކޮށް ޕާޓީ ހަދާފައި ކުރާ ކައިވެނިވެސް ރޫޅޭތީ މައްސަލައަކީ.... ރާއްޖެއަކީ ނިސްބަތުން މުޅި ދުނިޔޭގެވެސް އެންމެ ވަރިގިނަ ގައުމު..ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވަނީ އެކަމުން.....ދިވެހިން ވިސްނާލަންޖެހޭ ކަމެއްމީ....ދައުލަތުގެ ކަމާގުޅޭ އިދާރާތަކުންވެސް ދިރާސާކޮށް ސަބަބު ހޯދަންޖެހޭ ކަމެއް އެއީ....

The name is already taken The name is available. Register?

ސުނިލް

16 December 2016

ކައިވެނި ކުރާ ތަންތާގަ ދޯ ވަރިވެސް ގިނަވާނީ....

The name is already taken The name is available. Register?

ައިއްބެ

15 December 2016

ޥަރައް ހަބޭސް

The name is already taken The name is available. Register?

ކިޔުންތެރިޔާ767

15 December 2016

ރާއްޖެތެރޭގައި ކުރާ މަޖާކަމެއް ތީ. ބައެއްފަހަރު ރަށުތެރޭ ސައިކަލުބުރުވެސް ޖަހާ ގުރޫޕު ހަދައިގެން. އަހަރެން މި ކުޅުދުއްފުށި މީހެއް. މިރަށުގައިވެސް ތިހެން ކުލަ ޖަހާތި ދެކެން. ގަޑިޔާއަށް ލައިގެން ދުއްވަންވެސް ދުއްވާނެ. ވަކި ރަށަކަށް ހާއްސަކަމެއް ނޫން. ފަހަރެއްގައި ވެދާނެ ތިރަށުގައި ގިނައިން ކުރަނީ ކަމަށް.

The name is already taken The name is available. Register?

ޅޮސް

15 December 2016

މަމޮޅު ވެފަތިބޭ ކޮމެންޓޭޓަރުން...

The name is already taken The name is available. Register?

ސީރިއަސް

16 December 2016

ރަނގަޅު ވާހަކައެއް ތި ބުނީ

The name is already taken The name is available. Register?

ކޮލަމާފުށި

15 December 2016

"ހަތަރު އަހަރު ވަންދެން ގުޅިގެން އުޅެފައި ޝަމާއިލް، 23، އާއި ޝާލިޔާ، 18، އަންގާރަދުވަހު ކައިވެނިކޮށްގެން ނުކުތް އިރު"...؟؟؟ރައްޓެހިވި އިރު އުމުރުން 14 އަހަރު ދޯ؟ ގްރޭޑް 6 ގަ އުޅެމުން ރައޓެހިވީ...؟؟؟!!!

The name is already taken The name is available. Register?

ބުރޯ

15 December 2016

14 އަހަރުގަ އެއީ ބަލަ ގުރޭޑު 9

The name is already taken The name is available. Register?

ފަލަޑޭ

15 December 2016

ކަލޯގަޔާ. މެތުސް ނުކިޔަވަންތަ؟ މި ކޮމެންޓަށް ލައިކް ދިން މީހުންނަށްވެސް ވަރަށް ސަލާން.

The name is already taken The name is available. Register?

ކުޅުދުއްފުށި

15 December 2016

ބަލަ މި ރަށުގަވެސް ތިކަން އޮވެ... ތިރަށަކު ނޫން...

The name is already taken The name is available. Register?

ނޯނޭމް

15 December 2016

މާފަތި ނޭޅުވިނަމަ ވަރަށް ރީތިވީސް، މާފަތި އެޅުވީމަ ހިންދީ ދީނުގެ ކައިވެންޏަކާ ވައްތަރުވާން އުޅެނީ، މަރްޙަބާ! ދެކުދިންނަށް.

The name is already taken The name is available. Register?

އޮރެންޖްބެރީ

15 December 2016

ބައެއް މީހުން އީދު ދުވަސްދުވަހު ނުވެސް ދަންނަ މީހުންގަޔަށް ކުލަޖަހާ. މިއީ ރީތި މޮޅުކަމެއް ނޫން. އެފަދަ ކަންކަމަކީ މޮޅުކަމަކަށް ހަދައިގެން މިހާރު އާއިލާގެ މެމްބަރުން ނުވަތަ ރައްޓެހިންވެސް ތިކުރަނީ އެކަންތައް. އިސްލާމްދީނުގައި އޮންނަނީ އިސްރާފްނުކުރުން. ރީތި ހެދުމެއް ހަމަ ބޭކާރުގޮތުގައި ކުލަޖަހާ ހަޑިކޮށްލަނީ. މަގުމައްޗަކީވެސް އިހްތިރާމްކުރަންޖެހޭ ތަނެއް. މަގުމަތީގައި ތިފަދަ ކުލަޖެހުންފަދަ ސަކަރާތްޖެހުމަކީ ރީތިކަމެއްނޫން. ނޫހުގެފަރާތުން މިއީ މޮޅުކަމަކަށްވިއަސް މިފެންނަނީ ދިވެހި ރީތި އާދަތައްދޫކޮށްލާ އެހެން ގޮތްގޮތަށް އުޅޭތަން. އަހަރެން ކައިވެނިކުރާ ދުވަހަކު އަނބިމީހާގެ އާއިލާއިން މަގޭ ގަޔަށް ކުލަޖަހައިފި ނަމަ ވަގުތުން ވަރިކޮށްލާނަން.

The name is already taken The name is available. Register?

ލއ

15 December 2016

ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454