ވެމްޕެއާ ބެޓެއް
19 ޖެނުއަރީ 2017 - 06:15
ވެމްޕެއާ ބެޓް ނުވަތަ ލޭ ބޯ ވައު އިންސާނުންގެ ލޭ ބޮއެ އުޅޭކަން ޔަގީންކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި ސަބަބަކީ މިފަދަ ވާލުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާތީ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ދިރާސާގައި ސައިންސްވެރިން ޓެސްޓްކޮށްފައި ވަނީ ބްރެޒީލްގެ އިރުމަތީ ހިސާބެއްގައި ހުންނަ ކަޓިމްބޫ ނެޝަނަލް ޕާކްގައި ދިރިއުޅޭ ޑީ އިކައުޑާޓާ ކިޔާ، ފައިގައި ކެހެރި ފަޅާފައި ހުންނަ ވެމްޕެއާ ވާތަކެއް ބޮޑުކަމުގޮސްފައިވާ ނަޖިހެވެ.
ސައިންސްވެރިން އެއްކުރި 15 ޑީއެންއޭ ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލަކުން އިންސާނުންގެ ލޭގެ އަސަރު ފެނިފައިވެ އެވެ.
"އަހަރެމެން ވެސް ވަރަށް ހައިރާންވި. ވައު އާއިލާގެ މިވައްތަރުތައް އާންމުކޮށް އިންސާނުންނާއި ޖަނަވާރުންގެ ލެއެއް ނުބޯނެ،" ބްރެޒިލްގެ ފެޑެރަލް ޔުނިވަސިޓީ އޮފް ޕާނަމްބުކޯގެ ސައިންސްވެރިއެއް ކަމަށްވާ އެންރިކޯ ބާނާޑް ވިދާޅުވި އެވެ.
އާންމުކޮށް މި ވައްތަރުގެ ވާލުގެ އަމާޒަކަށް ވަނީ ރޭގަނޑު އުދުހޭ ބޮޑެތި ދޫންޏެވެ. މިފަދަ ދޫންޏެއްގެ ގައިން ސަމުސަލެއްހާ ލޭ ބޯލުމުން ވާލުގެ އެއް އިރުގެ ކޮއްތަށް ފުދެ އެވެ. މި ވައްތަރުގެ ވާ ތިބެނީ "ޕްރޮސެސްޑް ފެޓް" އަށް ހޭނިފަ އެވެ. ދޫނީގެ ލޭގައި މައިގަނޑު އެއްޗަކަށް ހުންނަނީ މި ވައްތަރުގެ ލެ އެވެ. އެއާ ޚިލާފަށް މެމަލްސްގެ ހުންނަނީ ހައި-ޕްރޮޓީން ލޭ ކަމަށް "ނިއު ސައިންޓިސްޓް" ގައި ބުނެފައިިވެ އެވެ. ނަމަވެސް ފަހަކަށް އައިސް އެ ތަކެތި އުޅޭ ތަންތަނަށް އިންސާނުން ވަދެ އެ ތަކެއްޗަށް އުނދަގޫ ކުރަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މި ފަދަ ވާ އެހެން ކަހަލަ ލޭގެ ރަހަ ވެސް ބަލަން ފެށީކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ.
އެސޮރުމެން މިހާރު ދިރިއުޅޭ ޕާކަކީ އިންސާނުން ވެސް ދިރިއުޅޭ ތަނަކަށް މިހާރު ވެފައިވާ ކަމަށާއި ގަސްތައް ކެނޑުން ފަދަ ކަންތައްތައް ދިމާވެގެން، ވައު އާންމުކޮށް ލޭ ބޮއެ އުޅޭ ވައްތަރުގެ ދޫނިތައް މަދުވުމަކީ ވެސް އެހެން އެއްޗެތީގެ ލޭ ބޯން މަޖުބޫރުވާ ސަބަބެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ސައިންސްވެރިން ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން ބައެއް ސާމްޕަލްގައި ކުކުޅުގެ ލޭ ވެސް ހުއްޓެވެ. މިއީ ކުކުޅުގެ ލޭ ވެސް ބޮއެފައިވާ ކަމުގެ ހެއްކެކެވެ. އަދި އެފަދަ މާހައުލުތަކަށް މަޑުމަޑުން ވައު ފަރިތަވަމުން ދިއުމެވެ.
މީގެ ކުރިން ކޮށްފައިވާ މި ފަދަ ދިރާސާއަކުން މި ވައްތަރުގެ ވައު އޫރުގެ ލޭ ބޮއިފައިވާކަމަށް ދެއްކި އެވެ. ވާލުގެ އާދަތައް މިގޮތަށް ބަދަލުކުރަމުން ދިއުމަކީ ސައިންސްވެރިން ވަރަށް ކަންބޮޑުވާ މައްސަލަ އެކެވެ. ސަބަބަކީ ރޭބީސް ފަދަ ނުރައްކާތެރި ބަލިތަކަކީ މި ވައްތަރުގެ ވާލުން ވަރަށް ފަސޭހައިން ފެތުރިގެން ހިނގައިދާނެ ބަލިތަކަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީމް
19 January 2017
މެންޓަލިސްޓް ތި ބުނުއްވީ ހަމަ ހެޔޮކޮށް !
މެންޓަލިސްޓް
19 January 2017
ބަލަ އިންސާނުން އިންސާނުންގެ ލޭބޯތީވެ ސައިންޓިސްޓުން ކަންބޮޑެނުވޭބާ ؟ ތިޔައުޅެނީ ކޮންމެވެސް ގޭސްގަނޑެއް އަނބުރާންވެގެން ،، ދެން ދޫކޮއްލާނީ ގަސްދުގައި ކޮންމެވެސް ވައިރަސްއެއް ،،، ދެންބުނާނީ މީ ވާލުގެ ސަބަބުން ޖެހޭބައްޔެއްކަމަށް ،،، ދެން ވެކްސިން ނުުކުންނާނީ ތަންކޮޅެށްފަހުން ،، އެހިސާބުން ވެކްސިން ހެދި ކުންފުންޏަށް ބިލިއަނުން ޑޮލަރުލުބުނީނުން ،،،
އަހުމަދު ކަރީމް
19 January 2017
ކޮންމެވެސް އާ ވާހަކައެއް ހަދާލީދޯ؟