ލަންކާގެ ބިއުޓިޝަނެއް، ދިވެހިންގެ ހިދުމަތުގައި 25 އަހަރު

ސްރީ ލަންކާ އަށް އުފަން ސުސިލަ ދައްމިއަންތި ވިޖެތިލެކަ ނުވަތަ ދައްމި އަކީ ރާއްޖޭގެ ބިއުޓީ ދާއިރާގައި ފަރިތަ މޫނެކެވެ.


ދައްމި 1991 ވަނަ އަހަރު ރާއްޖެ އައިސް ބިއުޓިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމަށް ފަހު އެ ދާއިރާއިން އިތުރަށް ކިޔަވައި ތަޖުރިބާ ހޯދީ ރާއްޖޭގެ ނަން މަޝްހޫރު ސެލޫންތަކަށް ހިދުމަތް ކޮށްދެމުންނެވެ.

މިފަހަރުގެ ސްޓައިލް އެޕިސޯޑުގައި ދައްމިގެ ތަޖުރިބާ ހިއްސާ ކޮށްލާނެ އެވެ. އޭނާ 25 އަހަރަށް ފަހު އަދިވެސް ހިދުމަތުގައި ދެމިހުރި ގޮތާއި ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ކިޔައިދޭނެ އެވެ.