މީހެއްގެ ކަރުގައި "ޑިޕްރެޝަން" ޖަހާފައި އޮތް ފަށެއް އަޅާފައި.
31 މެއި 2018 - 08:38
"ޑިޕްރެޝަން"، "އެންޒައިޓީ" އަދި "ބައިޕޯލާ" ފަދަ ލަޒުފުތައް ފަށުފުލުގައި ލިޔެ، އެމެރިކާގެ ގަހަނާ ބްރޭންޑަކުން އުފެއްދި ފަށްތަކަކަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.
ބޭން.ޑޫ އިން މި ފަށްތައް އުފެއްދީ ޑިޕްރެޝަން ފަދަ ނަފުސާނީ ބަލިތަކަށް ހޭލުންތެރިކަން އުފެއްދުމަށާއި އެފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ "ބްރިންގް ޗޭންޓް ޓް މައިންޑް" އަށް އެހީވުމުގެ ގޮތުންނެވެ.
ނަމަވެސް މި އުފެއްދުންތަކަށް ފާޑު ކިޔާ މީހުން ބުނަނީ މިއީ ނަފުސާނީ ބަލިތައް "ޕްރޮމޯޓްކޮށްދޭ" އުފެއްދުންތަކެއް ކަމަށެވެ. އެގޮތުން "ޑިޕްރެޝަން" ނުވަތަ "އެންޒައިޓީ" ޖަހާފައި އޮތް ފަށެއް އަޅާނީ ކާކުތޯ ސުވާލު އުފައްދާފައިވެ އެވެ.
u can totally tell this is not for awareness tho?? it’s for “fashion” and using mental illness for a fashion statement is offensive if u ask me :/
— bad ghrl bri bri Ⓥ (@chinchlady701) May 28, 2018
މައްސަލަޔާ ބެހޭ ގޮތުް މީހަކު ކޮށްފައިވާ ޓްވީޓެއް.
ފާޑު ކިޔާފައިވާ ބައެއް މީހުން ބުނި ގޮތުގައި ސީދާ މުޅި ލަފުޒު ގެނަައުމުގެ ބަދަލުގައި ބަލިތައް ރަމްޒުކޮށްދޭ ނިޝާނެއް ގޮތަށް ފަށްތައް ފަރުމާ ކުރި ނަމަވެސް ބަލައިގަންނަން މިއަށް ވުރެ ފަސޭހަވީހެވެ.
އަދި "އަހަރެންގެ ބައްޔަކީ ކަލޭގެ ފެޝަން ސްޓޭޓްމަންޓެއް ނޫނޭ" ބުނެ ބައެއް މީހުން ކޮމެންޓްކޮށްފައިވެ އެވެ.
"މިއީ ނަފުސާނީ ބަލިތައް ހުންނަ މީހުންނަށް ކުރި ފުރައްސާރައެއްގެ ގޮތުގައި އަހަރެން ދެކެނީ،" ޓްވިޓާގައި މީހަކު ބުންޏެވެ. "މިސާލަކަށް ޑިޕްރެޝަން ޖަހާފައި އޮތް ފަށެއް އަޅައިގެން އުޅޭ ނަމަ ގިނަ ބަޔަކު އެންމެ ފުރަތަމަ ވެސް ނަގައި ގަންނާނީ އެ މީހަކީ އެ ބަލީގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށް. އެހެންވެ އަހަރެމެން ގަބޫލެއް ނުކުރަން މީގެ ސަބަބުން ރަނގަޅެއް ނުކުންނާނެ ކަމަކަށް."
these necklaces were designed by our founder jen who has bipolar disorder and all net proceeds from these necklaces go directly to @BC2M, a non-profit organization dedicated to encouraging dialogue about mental health and to raising awareness, understanding, and empathy.
— ban.do (@shopbando) May 28, 2018
ބޭން.ޑޫ ގެ ޓްވީޓެއް.
މި އުފެއްދުންތަކުގެ ފަހަތުގައި ހުރި ބޭން.ޑޫގެ ބާނީ އަދި ޗީފް ކްރިއޭޓިވް އޮފިސަރު (ސީސީއޯ) ޖެން ގޮޗް ބުނީ އޭނާއަކީ ވަރަށް ޒަމާންތަކެއް ވަންދެން ބައިޕޯލާ ޑިސްއޯޑާގެ ޝިކާއަކަށްވި މީހެއް ކަމަށެވެ.
"އެހެންވެ އަސްލު މިކަހަލަ ބަލިތަކަށް ހޭލުންތެރިކަން އުފައްދައި، އެ ބަލިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން މަގުފަހިވާނެ ފުރުސަތުތަކެއް ފަހި ކުރުން އަހަރެމެންގެ މި އުފެއްދުންތަކު މަގުސަދަކީ،" އޭނާ ބުންޏެވެ.
Yikes pic.twitter.com/8vhwZVRBr1
— Ja'mie King (@CrueIla) May 27, 2018
މީހެއްގެ ކޮމެންޓެއް.
ޖެން ބުނި ގޮތުގައި ނަފުސާނީ ބަލިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި އެފަދަ ވާހަކަތައް ދައްކަން ލަދުވެތިވެ، ފަސްޖެހޭ ކަމަށް ވެސް ބުންޏެވެ.
"އެހެންވެ ކަރުގައި އަޅާފައި އޮންނަ ފަށެއް ފެނިގެން މިސާލަށް ޑިޕްރެޝަންގެ ވާހަކަ ދައްކަން މަގުފަހި ވިޔަސް އެއީ ވަރަށް ބޮޑު ވަރަކަށް ވާނެ،" އޭނާ ބުންޏެވެ. "މި އުފެއްދުންތަކުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑަކީ އެއީ. އަހަރެމެން އެއްގޮތަކަށް ވެސް ބަޔަކަށް ފުރައްސާރަ ކުރަނީކީ ނޫން. އަދި ނަފުސާނީ ބަލިތައް ޕްރޮމޯޓް ކުރަނީކީ ވެސް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭއޭ
31 May 2018
ފަށުފުލުގައި ނަފްސާނީ ބަލިތަކުގެ ނަން ލިޔުމުން ބޮޑު މައްސަލައަކަށް ވުމުން މިއިން އެގިގެން މިދަނީ އެއީ ފެޝަން ވޯލްޑް ގައި ވެސް ކޮންމެހެން ނަފްސާނީ ބަލި ތަކަށް ފަރުވާ އެއް ހޯދާ އަދި މީހުން ހޭލުން ތެރި ކުރަން މަސައްކަތް ކުރަން ބޭނުން ނޫން ކަަމަށް އެއީ އެމެން ވެސް އެބަލީގެ މީހުންނަށް ފުރައްސާރަ ކުރުން ކަމަށް އެމެން ދެކެނީ. އެމެރިކާ އަދި އިންޑިއާ އަކީ އެއީ ޑިޕްރެޝަން ބަލި އެންމެ ބޮޑު ގައުމެވެ. މީ ތަފާސް ހިސާބު ތައް ދައްކާ ގޮތަކީ.