ލައިފްސްޓައިލް / މައިންގެ ސިއްހަތު

ޓޮންސިލް ނުވަތަ އެޕެންޑިކްސް ނަގައިފި ނަމަ އަންހެނުން ފަސޭހައިން ދަރިމައިވޭ

އެޕެންޑިކްސް އާއި ޓޮންސިލް ނެގުމުން ދަރިމައިވުމަށް އަސަރުކުރާ ގޮތެއް ސައިންސްވެރިންނަށް އަދި ކަށަވަރެއް ނޫން

ސިއްހީ ކޮންމެވެސް މައްސަލަޔަކާ ހެދި ޓޮންސިލް ނުވަތަ އެޕެންޑިކްސް ނަގަން ޖެހުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ. މިފަދަ ކަމެއް ކުރަން ޖެހިއްޖެ އަންހެނަކަށް ޑޮކްޓަރު ދޭ މައުލޫމާތުގެ ތެރޭގައި، މިއީ ދަރިމައިވުމަށް އުނދަގޫ ވެދާނެ ކަމެއްގެ ގޮތުގައި ބުނެދީފައި އޮވެދާނެ އެވެ. އެކަމަކު ފަހުގެ ދިރާސާއަކުން ދައްކަނީ އޭގެ އިދިކޮޅަށް ކަންތައް ދިމާވެދާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން 15 އަހަރުގެ މުއްދަތަކަށް ކުރި ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ޅަ އުމުރުގައި ޓޮންސިލް ނުވަތަ އެޕެންޑިކްސް ނަގާފައިވާ އަންހެނުން ބަލިވެ އިނުމަށް އޮންނަ ފުރުސަތު ބޮޑު ކަމަށާއި އަދި މި މީހުން އެހެން އަންހެނުންނަށް ވުރެ ޅަ އުމުރުގައި ވެސް ބަލިވެ އިނުން އިތުރު ކަމަށެވެ.

އެކަމަކު މިއީ ކިހިނެއް ދިމާވާ ކަމެއްކަން ސައިންސްވެރިންނަށް އަދި ކަށަވަރެއް ނޫނެވެ.

ޔުނިވަސިޓީ އޮފް ޑަންޑީގެ ރިސާޗަރުން މިކަން ބެލުމަށް އިނގިރޭސި ވިލާތުގެ 530،000 އަންހެނެއްގެ ސިއްހީ ރެކޯޑްތައް ދިރާސާކުރި އެވެ. އެ މައުލޫމާތުން އެނގުނު ގޮތުގައި އެޕެންޑިކްސް ނުވަތަ ޓޮންސިލް ނަގާފައިވާ އަންހެނުންގެ މެދުގައި ބަލިވެ އިނުމުގެ ރޭޓް މައްޗެވެ. އަދި އެޕެންޑިކްސް އާއި ޓޮންސިލް ވެސް ނަގާފައިވާ ނަމަ ބަލިވެ އިނުމުގެ ރޭޓް ވަކިން ބޮޑަށް މަތިކަން ފާހަގަވެފައިވެ އެވެ.

އެޕެންޑިކްސް ނެތް އަންހެނުން ބަލިވެ އިނުމުގެ ނިސްބަތް 54 ޕަސެންޓުގައި ހުރި އިރު ޓޮންސިލް ނެތް އަންހެނުން ބަލިވެ އިނުމުގެ ރޭޓް ހުރީ 53 ޕަސެންޓުގަ އެވެ. އަދި ޓޮންސިލާއި އެޕެންޑިކްސް ވެސް ނެތް ނަމަ މި ރޭޓް ހުރީ 59 ޕަސެންޓުގަ އެވެ. މިއީ އެޕެންޑިކްސް އާއި ޓޮންސިލް ހުރި އަންހެނުން ބަލިވެ އިނުމުގެ ނިސްބަތަށް ވުރެ މަތީ މިންވަރެކެވެ. އެއީ 44 ޕަސެންޓެވެ.

ކުރީގެ ތިއަރީތަކުގައި ބުނަނީ މި ދެ ސާޖަރީގެ ސަބަބުން ބަލިވެ އިނުމަށް ދަތިވެދާނެ ކަމަށެވެ. އަދި ހާއްސަކޮށް އެޕެންޑިކްސް ނެގުމުން، ފެލޯޕިއަން ޓިއުބްގެ ވަށައިގެން ސްކާ ޓިޝޫ އުފެދި ދަރިމައިވުމަށް މާބޮޑަށް ހުރަސް އެޅޭނެ ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ.

"މި ދިރާސާއިން އެބަ އެނގޭ އެޕެންޑިކްސް ނުވަތަ ޓޮންސިލް ނެގުމަށް އަންހެނުން އެއްވެސް ގޮތަކަށް ޖެހިލުން ވާން ނުޖެހޭކަން،" ޔުނިވަސިޓީ އޮފް ޑަންޑީގެ ކޮންސަލްޓަންޓް ސާޖަން އަދި ކްލިނިކަލް ލެކްޗަރާ އިން ސާޖަރީ ޑރ. ސަމީ ޝިމީ ވިދާޅުވެފައިވެ އެވެ.

ދިރާސާގައި ބުނެފައި ވަނީ އެޕެންޑިކްސް އާއި ޓޮންސިލް ނެގުމުން ބަލިވެ އިނުން އަވަސްވެ އަދި އިތުރުވަނީ ކީއްވެގެންތޯ ބަލަން ދިރާސާތައް ކުރަންޖެހޭނެ ކަމަށެވެ. މިގޮތަށް ދިމާވަނީ ބަޔޮލޮޖިކަލް ބަދަލެއްގެ ސަބަބުން ނުވަތަ އުޅުން ބަހައްޓާ ގޮތަކުން ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަކުން ކަމަށް ވެސް ވެދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454