އުމުރުން ދުވަސްވީ މީހުންނަށް ހެޒެލް ނަޓްސް

ހެޒެލް ނަޓަކީ އުމުރުން ދުވަސްވުމުން ދިމާވާ ސިއްހީ އެކި ކަހަލަ ބޮޑެތި ބަލިތަކުން ދުރުކޮށް އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ އޮރެގަން ސްޓޭޓް ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި ހެޒެލް ނަޓްސްއަކީ އުމުރުން ދުވަސްވެފައި ތިބޭ މީހުންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު ދެ މާއްދާއެއް ކަމަށްވާ ވިޓަމިން އީީ އާއި މެގްނީޒިއަމުން މުއްސަނދިވެފައިވާ އެއްޗެކެވެ.

އެގޮތުން، އާދަވެ ހެޒެލް ނަޓް ބޭނުންކުރާ ނަމަ ލޭގައި އެކުލެވޭ މެގްނީޒައަމްގެ މިންވަރު ދަށްވުން ހުއްޓުވުމާ އެކު، ޔުރިނަރީ ލެވެލް ބަރާބަރުކޮށް ދޭނެ ކަމަށް ދިރާސާގައި ބުންޏެވެ. އޭގައި ފާހަކޮށްފައިވާ ގޮތުގައި ހެޒެލް ނަޓްސް ގަވައިދުން ބޭނުންކުރާ ނަމަ، ހަށިގަނޑަށް ވިޓަމިން އީ މަދުވުމުންނާއި މެގްނީޒިއަމް މަދުވުމުން ދިމާވާ މައްސަލަތަކަށް 16 ހަފުތާގެ ތެރޭގައި ބޮޑު ހައްލެއް ލިބޭނެ އެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނެރެލްތައް ބޭނުުންވާ ވަރަށް ނުލިބޭ ނަމަ އުމުރުން ދުވަސްވީ މީހުންނަކީ ހިތުގެ ބަލިތަކާއި ކެންސަރާއި ހަނދާން ބަލިވުން ފަދަ ބޮޑެތި ސިއްހީ މައްސަލަތަ ކުރިމަތިވުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

އެހެންވެ ވިޓަމިން އީ އާއި މެގްނީއަޒިއަމުން މުއްސަނދިވެފައިވާ ހެޒެލް ނަޓްސް ކޮންމެ ދުވަހެއްގެ ސުފުރާގައި ހިމެނުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ.