ޒަހަމްތައް ތިން ދުވަހުން ފަސޭހަކޮށް ދޭ ޕެޗެއް

ހަށިގަނޑަށް ލިބޭ ޒަހަމްތައް ވަރަށް އަވަހަށް ފަސޭހަކޮށްދޭ އީ-ބެންޑޭޖެއް (ޕެޗެއް) އެމެރިކާގެ ވިސްކޮންސިން މެޑިސަން ޔުނިވަސޓީގެ ސައިންސްވެރިން އިޖާދުކޮށްފި އެވެ.


މި ޕެޗެކީ ޒަހަމްތަކުގައި މިހާރު އާންމުކޮށް އަޅާ ބެންޑޭޖާ ހިލާފަށް ގިނަވެގެން އެންމެ ތިން ދުވަހުގެ ތެރޭގައި ޒަހަމްތައް ފަސޭހަކޮށް ދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މި އުފެއްދި ޓީމުން ބުނި ގޮތުގައި މި ޕެޗްގެ ހާއްސަ ކަމަކީ އެއިން ފޮނުވައިލާ އިލެކްޓްރިކް ސްޓިމިއުލޭޝަނާ އެކު ޒަހަމްތައް އަވަހަށް ފަސޭހަކޮށް ދިނުމެވެ. އެގޮތުން އާންމުކޮށް އަޅާ ބެންޑޭޖްތަކުން ޒަހަމްތައް ފަސޭހަވާން މަދުވެގެން 12 ވަރަކަށް ދުވަސް ނަގާ އިރު، މި ސްމާޓް ބެންޑޭޖުން ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ޒަހަމްތައް ފަސޭހަކޮށްލަދޭ ކަމަށް ބުންޏެވެ.

އެހެންވެ މިއީ ޑައިބެޓިކް ފުޓް އަލްސާ، ވެނަސް އަލްސާ އަދި ނަން ނަން-ހީލިން ސާޖިކަލް ވޫންޑްސް ފަދަ ޒަހަމްތަކަށް އޮތް ވަރަށް ވެސް ރަނގަޅު ފަރުވާއެއް ސައިންޓިސްޓުންގެ ޓީމުން ބުންޏެވެ.