ނަފުސާނީ މައްސަލަތަކާ ބެހޭ ގޮތުން ޕްރިންސް ހެރީ އާއި އޯޕްރާ ވިންފްރީގެ ޑޮކިއުމަންޓަރީއެއް

ޕްރިންސް ހެރީ އާއި މަޝްހޫރު ޓީވީ ޝަހުސިއްޔަތު އޯޕްރާ ވިންފްރީ ގުޅިގެން ނަފުސާނީ މައްސަލަތަކާ ބެހޭ ޑޮކިއުމަންޓަރީ ސީރީޒެއް ހަދަން ނިންމައިފި އެވެ.


މީޑިއާތަކުން ބުނި ގޮތުގައި ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މިހާރު ވެސް އެކި ހަރަކާތްތައް ހިންގާ ހެރީ އާއި އޯޕްރާގެ ޑޮކިއުމަންޓްރީއަކީ ދާދި ފަހުން ލޯންޗް ކުރި އެޕަލް ކުންފުނިގެ ސްޓްރީމިން ސާވިސް އެޕަލް ޓީވީން ގެނެސް ދޭނެ އެއްޗެކެވެ.

އަންނަ އަހަރު މި ޑޮކިއުމަންޓަރީ އެޕަލް އިން ގެނެސް ދޭން ނިންމާފައިވާ އިރު ކެންސިންޓަން ޕެލެސް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ހެރީ އާއި އޯޕްރާ ގުޅިގެން ގެނެސްދޭ ޑޮކިއުމަންޓަރީއަކީ މިހާރު ދުނިޔޭގައި އެންމެ އާންމު އެއް މައްސަލަ ކަމަށްވާ ނަފުސާނީ މައްސަލަތަކާ ބެހޭ ގޮތުން އެކި ފެންވަރުގައި ވާހަކަ ދެކެވޭ އަދި އެކަމަށް ހޭލުންތެރިކަން އުފައްދައި ދޭނެ އެއްޗެއް ކަމަށެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްގެ ފިރިކަލުން ހެރީ އިންސްޓަގްރާމްގައި ވިދާޅުވީ އޯޕްރާއާ ގުޅިގެން ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މިއީ މިހާރަށް ވަރަށް މުހިއްމުވެފައިވާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

View this post on Instagram

We are excited to announce that The Duke of Sussex and Oprah Winfrey are partners, co-creators and executive producers on their forthcoming mental health series launching on Apple in 2020. The pair have been developing the series for several months and are looking forward to sharing such an important project on this global platform. The dynamic multi-part documentary series will focus on both mental illness and mental wellness, inspiring viewers to have an honest conversation about the challenges each of us faces, and how to equip ourselves with the tools to not simply survive, but to thrive. This commitment builds on The Duke of Sussex’s long-standing work on issues and initiatives regarding mental health, where he has candidly shared personal experience and advocated for those who silently suffer, empowering them to get the help and support they deserve. His Royal Highness has spent many years working with communities throughout the UK and young people across the Commonwealth to break the stigma surrounding mental illness and broaden the conversation of mental wellness to accelerate change for a more compassionate, connected and positive society. Quote from HRH: “I truly believe that good mental health - mental fitness - is the key to powerful leadership, productive communities and a purpose-driven self. It is a huge responsibility to get this right as we bring you the facts, the science and the awareness of a subject that is so relevant during these times. Our hope is that this series will be positive, enlightening and inclusive - sharing global stories of unparalleled human spirit fighting back from the darkest places, and the opportunity for us to understand ourselves and those around us better. I am incredibly proud to be working alongside Oprah on this vital series.”

A post shared by The Duke and Duchess of Sussex (@sussexroyal) on

ހެރީ ގެންދަވަނީ ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް 2017 ވަނަ އަހަރު ބޭބޭފުޅު ޕްރިންސް ވިލިއަމާ ގުޅިވަޑައިގެން "ހެޑްސް ޓްގެދާ" ގެ ނަމުގައި ކެމްޕޭނެއް ލޯންޗްކޮށް، އޭގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އޯޕްރާ ބުނީ ނަފުސާނީ މައްސަލަތަކާ ބެހޭ ގޮތުން ގެނެސްދޭ ޑޮކިއުމަންޓަރީން ނަތީޖާތަކެއް ނުކުންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ ނަފުސާނީ މައްސަލަތަކުގެ ވާހަކަ ސިއްރު ނުކޮށް، އެ ވާހަކަ ދައްކައި އެދެވޭ ބަދަލެއް ގެނައުން ކަމަށް ބުންޏެވެ.

"މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ މެންޓަލް ހެލްތުގެ ވާހަކަ ދެއްކުމަކީ ލަދުވެތި އަދި ފަސްޖެހޭ ކަމެއްގެ ގޮތުގައި ވެފައި އޮތުން. އަހަރެމެންގެ އެއް އަމާޒަކީ އެކަން ނައްތާލުމަށް ހިތްވަރު ދިނުން،" ދުނިޔޭގެ އެންމެ ނުޒޫރު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ އަދި ހޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ އޯޕްރާ ބުންޏެވެ.