ލައިފްސްޓައިލް / ވަޒީފާ

ވަޒީފާ އަދާކުރާނެ ހިތްވަރު ނެތި ވަޒީފާ އަށް!

އޮފީސް މުވައްޒަފަކު ހާސްކަމުގެ ތެރޭގައި.

ސިއްހަތަށް ވުރެ މަސައްކަތް މުހިއްމުވޭ ހެއްޔެވެ؟ ގިނަ މީހުންގެ ޖަވާބަކީ "އާއެކޭ" ކަމަށް ވެދާނެ އެވެ. އެކަމަކު ރަނގަޅު ސިއްހަތެއްގައި ހުރެގެން ނޫނީ ތިމާ އަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟

އެކަމަކު ކަންބޮޑުވާން ޖެހޭ ކަމަކީ މިހާރަކަށް އައިސް ބައެއް މީހުން ސިއްހަތަށް ބެލުމެއް ނެތި އެތައް ގަޑިއިރެއް ވަންދެން މަސައްކަތް ކުރާތީ އެވެ. އެއީ ބައެއް ފަހަރު މަޖުބޫރީ ހާލަތަކާ ހެދި އެވެ. މިސާލަކަށް، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތުމެވެ. އެއީ އެ ވަގުތަކަށް ތިމާ ހާޒިރުވެ ހުރުން މުހިއްމު ނޫން ވެސް ހާލަތްތަކުގެ އެވެ. މިއަށް ކިޔަނީ "ޕްރެޒެންޓީޒަމް" އެވެ.

މިކަމުގެ ސަބަބުން ކުރިމަތިވާ ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް ވެސް ދަނީ ގިނަވަމުންނެވެ. ބުރަ ބޮޑު، ހާސްކަމާއި އުދާސްތަކާއި ފިކުރާއި ނުތަވަސްކަމުގެ ތެރޭގައި އުޅެން ޖެހިފައިވާ މީހަކަށް، އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ކިހާ ވަރަކަށް ޝައުގުވެރިކަމާއި ފަރުވާތެރިކަން ދެވޭތޯ އެއީ މިހާރު ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހިފައި އޮތް މައްސަލައެކެވެ.

މަސައްކަތް ކުރަން ވަކި ގަޑިތަކެއް ކަނޑައަޅާފައި ހުންނަނީ ވެސް މި ކަހަލަ ސަބަބުތަކާ ހެދި އެވެ. މީހަކު ލައްވައި 24 ގަޑިއިރު މަސައްކަތެއް ނުކުރެވޭނެ އެވެ. ދުވާލެއްގެ މައްޗަށް މީހަކު ލައްވައި އެންމެ ގިނައިން މަސައްކަތެއް ކުރުވޭނީ ގިނަވެގެން 8 ގަޑިއިރަށެވެ. އެހެންވީމާ އެއީ ވަޒީފާ އަދާކުރާ މީހާ ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެކެވެ. އަދި އެ މީހަކު ރަސްމީކޮށް ފުރަންޖެހޭ ގަޑިއަށް ވުރެ އިތުރަށް މަސައްކަތް ކުރަން މަޖުބޫރެއް ވެސް ނުކުރެވޭނެ އެވެ.

އެކިއެކި ސަބަބުތަކާ ހެދި މިހާރު ނަފުސާނީ މައްސަލަތައް ކުރިމަތިވާލެއް ގިނަ.

މާނައަކީ ތިމާ މަސައްކަތް ކުރަންޖެހޭ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭނެއޭ އެވެ.

ވިޓޭލިޓީ ކިޔާ އިނގިރޭސިވިލާތުގެ އިންޝުއަރަންސް ކުންފުންޏަކުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ވަޒީފާ އަދާ ކުރާ މީހުންގެ ތެރެއިން 40 ޕަސަންޓަށް ވުރެ ގިނަ މީހުންނަކީ އެކި ކަހަލަ ސިއްހީ މައްސަލަތަކުގެ ސަބަބުން ވަޒީފާ އަށް ބުރޫ އަރާފައިވާ މީހުންނެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ މީހާ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހާލަތެއްގައި ހުރެގެން ނޫނީ ރަނގަޅަށް މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމެވެ. އެހެންވެ ސިއްހަތަށް އިހުމާލުކޮށްލާކަށް ނުވާނެ އެވެ. ބައްޔެއް ހުރި ނަމަ އެ ފަރުވާ ހޯދަން ޖެހޭނެ އެވެ. އަރާމުކުރަން ވަގުތު ބޭނުން ވާނެ އެވެ. ޗުއްޓީއަކީ ވެސް ވަޒީފާ އަދާ ކުރާ މީހުންގެ ހައްގެކެވެ. އެހެންވެ ޗުއްޓީ ވެސް ނަގަން ވާނެ އެވެ

މި ޒަމާނުގެ ހަލޮބޮލި ލައިފްސްޓައިލްގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ބޮޑަށް މިހާރު ކުރިމަތި ވަނީ ނަފުސާނީ އެކި ކަހަލަ މައްސަލަތަކެވެ. އޭގެ ތެރޭގައި ޑިޕްރެޝަން، އެންޒައިޓީ، މޫޑް ޑިސްއޯޑާ އަދި ޑިމެންޝިއާ ފަދަ އެތައް މައްސަލައެއް ހިމެނެ އެވެ.

މިފަދަ މައްސަލަތައް ކުރިމަތިވާ އެއް ސަބަބަކަށް، މަސައްކަތް ކުރާ މާހައުލާއި އެތަނުގެ ކަންކަން ތަރުތީބިވެފައި ހުންނަ ގޮތް ވެސް ވެދާނެ އެވެ. އެހެންވެ މިއީ ވިސްނައިލަން ޖެހޭ ކަންކަމެވެ.

މީހަކު އޮފީހުގެ މަސައްކަތުގައި.

ޗާޓާޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް އެންޑް ޑިވެލޮޕްމަންޓް (ސީއައިޕީޑީ) ގެ އަހަރީ ހެލްތު އެންޑް ވެލް-ބީން އެޓް ވޯކް ސާވޭ އިން ދައްކާ ގޮތުގައި ގިނަ މީހުން ވަޒީފާ އަދާ ކުރަނީ އެކަމަށް އެކަށީގެންވާ މާހައުލެއް ނެތް ތަންތަނުގަ އެވެ. އެ ދިރާސާގައި ބުނާ ގޮތުން ވަޒީފާ އަދާކުރާ 83 ޕަސަންޓް މީހުންނަކީ އިތުރު ގަޑީގައި މަސައްކަތް ކުރަން މަޖުބޫރުވާ މީހުންނެވެ. އަދި 25 ޕަސަންޓް މީހުން ގަބޫލުކުރާ ގޮތުގައި މި މައްސަލަ ހައްތަހާ ދަނީ ބޮޑުވަމުންނެވެ.

މިކަމުގެ ސަބަބުން މުވައްޒަފުންގެ ސިއްހީ ހާލަތު ދަނީ ދަށެވެ. އުފެއްދުންތެރިކަން ދަނީ ދަށަށެވެ.

ވިޓޭލިޓީން ފާހަގަކުރާ ގޮތުގައި މަސައްކަތްކުރަން ތިމާގެ ސިއްހަތު ތަން ނުދޭ ނަމަ ސަލާން ބުނަން ޖެހެ އެވެ. ނޫނެކޭ ބުނަން ވެސް ދަސްކުރަން ޖެހެ އެވެ. -- ބީބީސީ

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454