21 ޖޫން 2019 - 07:48
ދޭތެރެދުރުކުރަން ފިރިހެނުންނަށް ބޭނުންކުރެވިދާނެ ރަނގަޅު ބޭހެއް އީޖާދު ކުރުމަކީ މިހާތަނަށް އެހާ ކާމިޔާބު ކަމެއް ނޫނެވެ. އެކަމަކު ދެން މިކަން އެހާ ލަސް ނުވާނެ ކަމަށް މިހާރު ބެލެވެ އެވެ.
މި ފަހަރު ފިރިހެނުން ދޭތެރެ ދުރުކުރަން ބޭނުން ކުރާނެ ބޭހެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ ފައުންޑޭޝަންގެ މާލީ އެހީގަ އެވެ. އެ ފައުންޑޭޝަނުން މިކަމަށް ވަނީ އިނގިރޭސިވިލާތުގެ ޑަންޑީ ޔުނިވަސިޓީ އަށް 900،000 ޑޮލަރުގެ ގްރާންޓެއް ހަމަޖައްސައި ދީފަ އެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެ ޔުނިވަސިޓީގެ ޕްރޮފެސަރު ކްރިސްޓޯފާ ބެރެޓް ވިދާޅުވި ގޮތުގައި ލެބޯރެޓަރީ މަރުލާގައި ފިރިހެނުންގެ ބޭސް މިހާރު އޮތް އިރު، މި މަސައްކަތް މި ފަހަރު ކޮޅެއްގައި ޖެއްސޭނެކަމުގެ އުންމީދު ބޮޑެވެ.
Dundee University researchers start work on male pill: https://t.co/FspI6Bge12 pic.twitter.com/1ROujfm2JV
— BBC Scotland (@BBCScotland) June 19, 2019
އޭނާ ވިދާޅުވި ގޮތުގައި ދޭތެރެ ދުރުކުރަން ފިރިހެނުންނަށް ހާއްސަ ބޭހެއް ލިބުމަކީ އެތައް މައްސަލައެއްގެ ހައްލަކަށް ވާނެ އެވެ. ކޮންޑަމް ނުވަތަ ހުރަހަކީ މިހާރު މިކަމަށް އޮތް ފިރިހެނުންގެ އެންމެ އާންމު ވަސީލަތެވެ.
Researchers @dundeeuni are using robots to help develop a male contraceptive pill https://t.co/AZpkp24ilP (via @BBCScotNine) pic.twitter.com/oqE1foC58a
— BBC Scotland News (@BBCScotlandNews) June 19, 2019
"މިކަމަށް ހައްލެއް ހޯދަން މިކުރާ މަސައްކަތަށް ވަގުތު ނަގާނެ،" ކްރިސްޓޯފާ ވިދާޅުވި އެވެ. "އެހެން ވިޔަސް ކެތްތެރިކަމާ އެކު މަސައްކަތް ކާމިޔާބު ވަންދެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް. ބޭނުންތެރި ކަމެއް."
ޕްރޮފެސަރު ވިދާޅުވި ގޮތުގައި ޑަންޑީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިން އެންޑް ސައިންސެސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ އަމާޒަކީ ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނަތީޖާއެއް ނެރުމެވެ.
މިކަމާ ބެހޭ ގޮތުން ނެޝަނަލް ފެނޯޓައިޕިކް ސްކްރީނިން ސެންޓަރުގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް ޑރ. ޕޯލް އެންޑްރޫޒް ވިދާޅުވީ ދޭތެރެ ދުކުރަން ފިރިހެނުން ބޭނުން ކުރާނެ ކާމިޔާބު ބޭހަކަށް މުޅި ދުނިޔެ ވެސް ބޭނުންވާ ކަމަށެވެ. އެހެންވެ މިއީ ބޭސް އުފެއްދުމުގައި ދާއިރާގައި މާކެޓް އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.
"މީގެ ކުރިން މިކަމަށް ކުރި މަސައްކަތުގެ ތެރޭގައި ސައިޑް އިފެކްޓްސް ގިނަ ބޭސް ތަޖުރިބާ ކުރަން ޖެހުނީ މޭލް ޕިލް އަށް އޮތް އިތުބާރަށް ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފައި އޮތީ،" ޕޯލް ވިދާޅުވި އެވެ. "އެކަމަކު މި ފަހަރު މިކުރާ މަސައްކަތް ކާމިޔާބުވުމަކީ ވަރަށް ގިނަ ދުވަހުގެ އުންމީދެއް ފުރިހަމަވުމަކަށް ވާނީ."
ދޭތެރެ ކުރަން އަންހެނުންނަށް ހާއްސަ ބޭހެއް އުފައްދައި އެންމެ ފުރަތަމަ ބޭނުން ކުރަން ފަށާފައި ވަނީ 1961 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
21 June 2019
ދަރިންނުލިބޭ މީހުންނަށްވެސް ތިކަހަލަބޭހެއް ތައްޔާރު ކުރަން ފެނޭ
1234
21 June 2019
ތިޔަ ބޭސް ކައިގެން ކަންނޭނގެ ފިރިހެނުން ހުސް ވާނީ
ނަހޫ
21 June 2019
އެބަރަނގަޅުވޭ، މީހެއްގަޔަށް ބަޑި ޖަހަން ޕްރެކްޓިސްކުރާ އިރުވެސް ވަޒަން އަރާ މީހާ ގަޔަށް ވަރުގަދަ އައްޑަނަ އެއް ހެދުމުގެ ބަދަލުގައި ވަޒަން ބަލިކޮށް ހަދާގެން ޕްރެކްޓިކްސްކުރުން ރަނގަޅުވާނީ
1828
21 June 2019
ވަރަށް ވާހަކަ