06 ޖުލައި 2019 - 07:55
ފެން ނުވަންނާނެ ކަމަށް ބުނެ ސެމްސަންގުން އިސްތިހާރުކުރި ފޯނުތަކަކަށް ފެންނަ ވަންނަ ކަމަށާއި އެއީ އޮޅުވާލުމެއް ކަމަށް ބުނެ އޮސްޓްރޭލިއާ އިން، ދެކުނު ކޮރެއާގެ ސެމްސަންގަށް ދައުވާކޮށްފި އެވެ.
ދި އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންޒިއުމާ ކޮމިޝަން (އޭސީީސީސީ) އިން ބުނީ ވޯޓަ ރެސިސްޓަންޓް ފޯނު ކަމަށް ބުނެ ސެމްސަންގުން ފޯނުތައް އިޝްތިހާރު ކުރަނީ ކަސްޓަމަރުންނަށް އޮޅުވާލައި، މަކަރު ހަދައިގެން ކަމަށެވެ.
އޭސީސީސީން ބުނި ގޮތުގައި ސެމްސަންގާ ދެކޮޅަށް ދައުވާކުރަން ނިންމީ އެ ކުންފުނީގެ 300 އެއްހާ ފޯނުގެ ރިވިއުއެއް ހެދުމަށް ފަހު އެވެ. އެގޮތުން މޫދާއި ކަނޑާއި ސްވިމިން ޕޫލް ފަދަ ތަންތަނުގައި ފޯނު ބޭނުން ކުރިޔަސް، ފެނުގެ އަސަރު ނުކުރާނެ ކަމަށް ސެމްސަންގުން ކުރާ ދައުވާ އަކީ އޮޅުވައިލުމެއް ކަމަށް ބުންޏެވެ.
އޭސީސީސީން ބުނި ގޮތުގައި ސެމްސަންގުން ވޯޓަ ރެސިސްޓަންޓް ކަމަށް ބުނެ ނެރެފައިވާ މޮޑެލްއަކީ އެކަށީގެންވާ ވަރަށް ޓެސްޓް ވެސް ނުކޮށް ނެރެފައިވާ އެއްޗެކެވެ.
އެހެންވެ މިއީ ވިޔަފާރީގެ ތެރޭގައި ހަދާފައިވާ މަކަރެއްގެ އިތުރުން ކަސްޓަމަރުންގެ ހައްގުތަކެއް ވެސް ނިގުޅައި ގަތުން ކަމަށް ބުންޏެވެ.
"ހަގީގަތާ ހިލާފަށް އުފެއްދުންތައް އިޝްތިހާރު ކުރުމަކީ ކަސްޓަމަރުންގެ ހައްގުތައް ވެސް ނިގުޅައި ގަތުން. އަދި މިފަދަ ކަންކަން ބަަލައެއް ނުގަނެވޭނެ،" އޭސީސީސީގެ ޗެއާމަން ރޮޑް ސިމްސް ވިދާޅުވި އެވެ.
މި މައްސަލާގައި ސެމްސަންގް ކުށްވެރިވެއްޖެ ނަމަ ބޮޑު އަދަދެއްހެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެކަމަކު އެ ކުންފުނިން ރޮއިޓާޒް އަށް ބުނީ ހަގީގަތާ ހިލާފަށް އުފެއްދުންތައް އިޝްތިހާރު ނުކުރާ ކަމަށާއި އޭސީސީސީ އިން ކުރާ ތުހުމަތުތަކުން ދިފާއު ވެވޭނެ ކަމަށެވެ.
ސެމްސަންގްއަކީ އޮސްޓްރޭލިއާގައި ދެވަނަ އަށް އެންމެ ބޮޑު މާކެޓެއް އޮންނަ ސްމާޓްފޯން ބްރޭންޑެވެ. މިދިޔަ އެކަނި ވެސް އެ ބްރޭންޑްގެ 4 މިލިއަން ފޯން އޮސްޓްރޭލިއާގައި ވިއްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުކަލޯ
06 July 2019
ތިވާނީ ޗައިނާ ފޭކު ސިޕްމަންޓެއް ގަނެވުނީކަމަށް މަ ސެމުސަން ވޯޓަރ ރެސިސްޓަންޓް ފޯނެއް ގެންގުޅޭތާ 2 އަހަރު ބޭރަށް ދާފަހަރު ޕޫލައް ވެސް އެރި އަންޑަރ ވޯޓަރ ވީޑިއޯ ވެސް ކުރަން
އަވަ
07 July 2019
ސެމްސަންގ އިން ބުނާ ގޮތުގައި ނޯޓު 8 އަށް ވެސް ފެން ނުވަދޭ. އެކަމަކު މޫދަށް އެރި ފޮޓޯއެއް ނަގައިފިއްޔާ 3 ދުވަސްވާއިރުވެސް ފޯނު އޭގެ ޒާތުގައި ޗާޖިން ޕޯޓުގައި މޮއިސްޗަރ ހުންނަ ކަމަށް ބުނެ ޗާޖުކުރުން ހުއްޓާލާ. މީ ހަގީގަތް.