"ސްޓާ ވޯސް" ކައްކާ ފޮތް ނެރޭނީ އަންނަ ނޮވެމްބަރު މަހު.
08 އޯގަސްޓް 2019 - 08:18
އެމެރިކާގެ ކެލިފޯނިއާގައި ހިންގާ ޑިޒްނީ ލޭންޑް ރިސޯޓްގައި ހަދާފައިވާ "ސްޓާ ވޯސް" ތީމް ޕާކް "ގެލެކްސީޒް އެޖް" މި މަހުގެ ފަހުކޮޅު ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެތަނުން ލިބެން ހުންނާނެ ކާނާތަކަށް ހާއްސަ ރެސިޕީ ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.
ނޮވެމްބަރު މަހުގެ 5 ގައި ނެރެން ނިންމާފައިވާ 176 ސޮފްހާގެ ފޮތުގެ ނަމަކީ "ސްޓާ ވޯސް ގެލްކްސީޒް އެޖް: ދި އޮފިޝަލް ބްލެކް ސްޕަޔާ އައުޓްޕޯސްޓް ކުކްބުކް" އެވެ.
Soon, you’ll be able to bring home a variety of new recipes and cooking traditions with the all-new Star Wars: #GalaxysEdge cookbook! https://t.co/EfKh9B3mHe pic.twitter.com/uMOpaNqZ0u
— Disney Parks (@DisneyParks) August 5, 2019
ޑިޒްނީ އާއި އިންސައިޓް އެޑިޝަންސް ގުޅިގެން ނެރޭ ފޮތް ލިޔެފައި ވަނީ ކުރިން ވެސް ފެންޓަސީ ތީމުގެ ކައްކާ ފޮތްތަކެއް ނެރުނު މާކް ސުމެރެކާއި ޗެލްސީ މޮންރޯއީ-ކެޒެލް އެވެ.
ސުމެރެކަކީ "ހިޑެން ޔުނިވާސް ޓްރެވެލް ގައިޑްސް: ދަ ކޮމްޕްލީޓް މާވެލް ކޮސްމޯސް" ގެ ވެސް ލިޔުންތެރިޔާ އެވެ.
މި ފޮތާ ބެހޭ ގޮތުން ޑިޒްނީން ބުނީ މިއީ ގެލެކްސީޒް އެޖަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ލިބުން ދަތި މީހުންނަށް އެތަނުގެ ކެއުންތައް ތަޖުރިބާކުރަން ގެނެސްދޭ އެއްޗެއް ކަމަށެވެ. އެހެންވެ ވަރަށް ހާއްސަ ކެއުންތަކެއް ތައްޔާރުކުރާނެ ގޮތް ފޮތުގައި ކިޔައި ދީފައި ހުންނާނެ ކަމަށް ބުންޏެވެ.
ފޮތް ވިއްކާގެ އަގެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy