22 އޯގަސްޓް 2019 - 08:11
ފޭސްބުކްގެ މޮބައިލް އެޕަށް ގެންނަން ތައްޔާރުވަމުން އަންނަ "ނިއުސް ޓެބް" އަށް މަސައްކަތްކުރާނެ ނޫސްވެރިންތަކެއް ހޯދަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން މާކް ޒުކަބާގްގެ ފޭސްބުކްގެ ނިއުސް ޕާޓްނާޝިޕްސްގެ ހެޑް ކޭމްޕްބެލް ބްރައުން ނިއު ޔޯކް ޓައިމް އަށް ވިދާޅުވީ މީގެ ބޭނުމަކީ ފެސްބުކް ބޭނުންކުރާ މީހުންގެ ފީޑަށް ދޫކޮށްލާ ޚަބަރުތަކުގެ ސައްހަކަން ކަށަވަރުވުމާ އެކު، އޭގެ ކޮލިޓީ ވެސް ހިފަހެއްޓުން ކަމަށެވެ. އެގޮތުން ފޭސްބުކުން އެ މަސައްކަތަށް 10 ވަރަކަށް ނޫސްވެރިންގެ ޓީމެއް ނަގަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންގެ މަސައްކަތަކަށް ވާނީ ފޭސްބުކް ބޭނުންކުރާ މީހުންނަށް މުހިއްމު އަދި ދުވަހުން ދުވަހަށް ބޭނުންވާ ޚަބަރުތައް ދޫކޮށްލާ އިރު، އޭގެ ސައްހަކަން ކަށަވަރުކޮށް އެޑިޓަރުންގެ ޒިންމާ އަދާކުރުން،" ބްރައުން ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ފޭސްބުކުން ވަނީ އުޖޫރަ ދޭ ގޮތަށް ނޫސްވެރިންގެ ބޭނުން ހިފައިފަ އެވެ. އެއީ ތެދު ނޫން މައުލޫމާތުތައް ފެތުރިޔަ ނުދިނުމުގެ ބޭނުމުގަ އެވެ. މާޒީގައި މިފަދަ މައްސަލަތަކާ ގުޅިގެން ފޭސްބުކަށް އެކި ކަހަލަ ފިއްތުންތަކާއި އުނދަގޫތައް ތަޖުރިބާ ކުރަން ޖެހިފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ފޭސްބުކްގެ ޓްރެންޑިން ޓޮޕިކްސް ސެކްޝަން ވެސް ހުއްޓުމަކަށް ގެންނަން ޖެހުނެވެ.
ފޭސްބުކަށް ތައާރަފުކުރާ ނިއުސް ޓެބް ފީޗާ ޓެސްޓް ކުރަން ފަށަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
22 August 2019
ފޭސްބުކުން ލަލީގާ ލައިވް ކުރާތީ ވަރަށް ނައްޓާ.