"ފޭކް ނިއުސް" އާ އެކު އޮކްސްފޯޑް ޑިކްޝަނަރީ އަށް 650 އަށް ވުރެ ގިނަ އާ ލަފުޒު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްޕުޅާނުވާ ނިއުސް އައުޓްލެޓްތަކާ ދެކޮޅަށް ބޭނުންކުރައްވައި، ވަރަށް ބޮޑަށް ވައިގައި ހިފި ލަފުޒު "ފޭކް ނިއުސް" ވެސް ހިމަނައިގެން އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީ އަށް 650 އަށް ވުރެ ގިނަ އާ ލަފުޒު އިތުރުކޮށްފި އެވެ.


ތައާރަފުވެ ގިނަ ބަޔަކު ބޭނުންކޮށް، އާންމުންގެ ތެރޭގައި މަގުބޫލުވެ ވައިގައި ހިފާ ލަފުޒުތައް އަހަރަކު ހަތަރު ވަރަކަށް ފަހަރު ޑިކްޝަނަރީ އަޕްޓޭޓްކުރެ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ޑިކްޝަނަރީގައި މުޅިން އަލަށް 650 އަށް ވުރެ ގިނަ ލަފުޒު ހިމަނާފައިވާ އިރު އޭގެ ތެރޭގައި "ސްޓާ ވޯސް" ގެ ފިލްމުތަކުން އުފަންވި "ދަ ފޯސް" އާއި "ޖެޑާއީ" ވެސް ހިމެނެ އެވެ.

އަލަށް އިތުރު ކުރި ލަފުޒުތަކުގެ ތެރޭގައި ޗާޕްސީ، އެރަންޝީނީ ފަދަ ލަފުޒުތައް ހިމެނޭ އިރު، ހަވާއީގެ މަޝްހޫރު ކެއުމެއް ކަމަށްވާ "ޕޯކް" ވެސް ވަނީ އާ ލަފުޒުތަކުގެ ތެރެއަށް ވައްދައިފަ އެވެ. މީގެ އިތުރުން ޗިލޭކްސް، ސިމްޕަލްސް އަދި ޕްރޮމްޕޯސަލް ވެސް އަކީ އާ ލަފުޒުތަކުގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

ކުރިން ވެސް ބޭނުންކުރާ ބައެއް ލަފުޒަތަކަށް މާނަތަކެއް އިތުރުކޮށްގެން ވެސް ލަފުޒުތައް އާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހޭންގިން އާއި ސްޓީމިން ފާހަގަކޮށްލެވެ އެވެ.

މި ފަހަރު އާންމުކުރި ލަފުޒުތަކުގެ ކުރިން އޯއީޑީ އަށް އަލަށް އިތުރު ލަފުޒުތަކުގެ ތެރޭގައި ބައޭ އާއި ބާސްޓަޑްލީ އަކީ ވެސް ވަރަށް ފާހަކޮށްލެވޭ ދެ ލަފުޒެވެ.

އާ ލަފުޒުތުގެ ލިސްޓް އޭގެ ތަފުސީލުތަކާ އެކު ޓްވިޓާގައި ވެސް އޯއީޑީން ވަނީ ހިއްސާކޮށްފަ އެވެ.