ލައިފްސްޓައިލް / މިއުޒިކް

ފޮޓޯތަކެއްގެ މައްސަލާގައި ޖަސްޓިން ބީބާ އާއި ޖެނިފާ ލޮޕޭޒަށް ދައުވާކުރަނީ

ޕަޕާރާޒީން ނަގާފައިވާ ފޮޓޯތަކަކަށް ކްރެޑިޓް ނުދީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި މައްސަލާގައި، މަޝްހޫރު ދެ ލަވަކިތުންތެރިން ކަމަށްވާ ޖަސްބިން ބީބާ އާއި ޖެނިފާ ލޮޕޭޒަށް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބީބާ އަށް ދައުވާކުރަނީ މާޗް، 13، 2019 ގައި އޭނާ ޕޯސްޓްކުރި ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯގައި ފެންނަނީ ބީބާ އާއި އެކުވެރިއެއް ކަމަށްވާ ރިޗް ވިލްކާޒަން ކާރަކުން ފައިބަނިކޮށެވެ. ފޮޓޯގެ ކެޕްޝަނަށް ބީބާ ޖަހާފައި އިނީ "މީ އެންޑް މައި ގާއި" އެވެ.

މި ފޮޓޯގެ މައްސަލާގައި ބީބާ، 25، އަށް ދައުވާކުރަނީ ފޮޓޯގްރާފަރެއް ކަމަށްވާ ރޮބަޓް ބާބެރާ އެވެ. އޭނާ ބުނީ ފޮޓޯއަށް ކްރެޑިޓް ނުދީ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކުރުމަކީ ހައްގަކަށް އަރައިގަތުން ކަމަށާއި އެއީ ކޮޕީރައިޓް ގާނޫނާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

View this post on Instagram

Me and my guy @richwilkersonjr

A post shared by Justin Bieber (@justinbieber) on

ބީބާ އަށް ދައުވާކުރި ނަމަވެސް އޭނާގެ އަތުން ފައިސާގެ ބަދަލެއް ހޯދަން ރޮބަޓްގެ ދައުވާގައި ހިމަނާފައިވާ ކަމަކަށް މީޑިއާތަކުން ނުބުނެ އެވެ.

ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ލޮޕޭޒް، 50، އަށް ދައުވާކުރަނީ ނޮވެމްބަރު، 7، 2017 ގައި އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯއަކީ އެންގޭޖްވެފައިވާ ލޯބިވެރިޔާ އަދި ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒާ އަތުގުޅުވާލައިގެން އުޅެނިކޮށް ނިއު ޔޯކްގެ މަގުމަތިން ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އަށް ކްރެޑިޓް ނުދީ ބޭނުންކުރި މައްސަލާގައި ސްޕްލޭޝް ނިއުސް އެންޑް ޕިކްޗާ އެޖެންސީން ކުރާ ދައުވާގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ލޮޕޭޒްގެ އަތުން 150،000 ޑޮލަރު ނަގައިދޭން އެދިފައިވެ އެވެ.

މީގެ ކުރިން މިފަދަ މައްސަލަތައް ބައެއް އެހެން ސެލެބްރިޓީންނަށް ވެސް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި މޮޑެލް ޖިޖީ ހަޑީޑާއި ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ ހިމެނެ އެވެ. އަދި ބައެއް މައްސަލަތައް ހޫނުވުމުން ފޮޓޯތައް އިންސްޓަގްރާމުން ޑިލީޓް ވެސް ކޮށްލާފައިވެ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާލާ

19 October 2019

ލާރި ފެލަން ވެގެން ހަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454