09 ޑިސެމްބަރ 2019 - 11:56
ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ މަގާމު ފިންލެންޑްގެ އަންހެން ބޮޑުވަޒީރު ސަނާ މަރިން އަށް ލިބިވަޑައިގެންފި އެވެ
މި ވަގުތު ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމުރުން 34 އަހަރުގެ ސަނާ ބޮޑުވަޒީރަކަށް ހަމަޖައްސަން ނިންމާފައި ވަނީ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ބޮޑުވަޒީރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އަންޓި ރިން މަގާމު ދޫކޮށްލައްވާތީ އެވެ. އޭނާގެ މައްޗަށް ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރަން ފާސްކޮށްފަ އެވެ.
ފިންލެންޑްގެ ބޮޑުވަޒީރުގެ މަގާމާ ސަނާ ހަވާލެވަޑައިގަންނަވާ އިރު އޭނާ ވާނީ އަންހެނުން ލީޑަރުންގެ ގޮތުގައި ތިބެގެން ހަދާފައިވާ ފަސް ޕާޓީގެ ކޯލިޝަންގެ އެންމެ މުހިއްމު ލީޑަރަށެވެ.
Finland’s government is now led by these five party leaders. #newgeneration pic.twitter.com/vis0qB9tO8
— Tuomas Niskakangas (@TNiskakangas) December 8, 2019
އޭނާ ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުކުރަން ނެގި ވޯޓް ވަރަށް ހަނިގޮތަކަށް ކާމިޔާބު ކުރެއްވި ނަމަވެސް، މަގާމު ކަށަވަރުވެފައިތާތީ މި ހަފުތާގެ ތެރޭގައި މަގާމުގެ ހުވާކުރައްވާނެ ކަމަށް ބެލެވެ އެވެ.
"މިއީ ގެއްލިފައިވާ އިތުބާރު ހޯދަން ކުރެވޭ މަސައްކަތުގެ ފެށުމަކަށް ވާނެ،" ސަނާ މީޑިއާތަކަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ޖިންސެއްގެ މީހަކަށްވުމާއި ވަކި އުމުރެއްގެ މީހަކަށްވުމަކީ ސިޔާސީ ދާއިރާ އިން ކުރިއަށް ވަޑައިގަތުމަށް އޮތް ހުރަހެއް ނޫނެވެ. އަދި މިހާތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި މަސައްކަތްތަކުން އެކަން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
އެއް އަހަރުގެ ދަރިއަކު ވެސް ހުރި ސަނާ ވެގެން ދާނީ ފިންލެންޑްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ނޯޑިކް ގައުމުތަކުގެ ތިން ވަނަ އަންހެން ބޮޑުވަޒީރަށެވެ.
މި ވަގުތު ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަކީ ޔުކްރެއިންގެ 35 އަހަރުގެ ބޮޑުވަޒީރު އޮލެކްޒީ ހޮންޝަރޫކެވެ. ދެން އެންމެ ޒުވާން ބޮޑުވަޒީރަކީ ނިއު ޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ބަލީ ބަނޑަށްބަލީ
10 December 2019
އަހަރުމެންގެ ބޮޑުވަޒީރު ވަކި ހަޑިތަ؟ ކުޑަކޮށް އަނގަ ހަޑިވެދާނެ އެކަމަކު ހަމަ ސަޅިއެއްނު.
ވަންނަ
10 December 2019
ރާއްޖޭގައި އުޅެނީ އެންމެ ލާނެތް ބޮޑު ވަޒީރު!
އިޙްސާސް
09 December 2019
ހާދަހާ ޗާލޭ
ބަރު
09 December 2019
އަހާނ ބަރުލަމާނީ ނިޒާމުގެ ވާހަކަދޯ. މަޖިލީސް ކުދިންކޮޅު މިނިސްޓަރުކަންކޮށް، ދައުލަތް ހިންގާ ވާހަކަދޯ. އޮހޮހޯ. ގައިކޮޅު ގައިގާ ދުރު
އުޚްތީ
09 December 2019
ހިގާބަލަ މިރާއްޖޭގަ ތިބި ކަމުވޮށިގެންވާ އަންހެން ކަނބަލުންވެސް ޕާޓީއެއް ރަޖިސްޓްރީ ކުރަން އަހަރުމެން ޕާޓީ ކުރިއަރުވަން މަސައްކަތް ވަރަށް މުރާލި ކަމާއެކު ކުރާނަން އިންޝާﷲ