05 ޖެނުއަރީ 2020 - 06:10
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރާ އެކްޓިވިސްޓަކީ ކޮބައިތޯ ޓީވީ ގޭމް ޝޯ އެއްގެ ބައިވެރިއަކާ ކުރި ސުވާލެއްގެ ޖަވާބުގައި ޝެރޯންއޭ ބުނުމުން، މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަންބާގް އޭނާގެ ޓްވިޓާ އެކައުންޓްގެ ނަން ޝެރޯން އަށް ބަދަލުކޮށްފި އެވެ.
ގްރެޓާއާ ބެހޭ ގޮތުން ސުވާލު ކުރެވުނީ ބީބީސީގެ "ސެލެބްރިޓީ މާސްޓަމައިންޑް" ޝޯގައި ބަތަލާ އެމެންޑާ ހެންޑަސަންއާ އެވެ. ސުވާލުގެ ޖަވާބާ މެދު ޝައްކެއްގެ މަތީގައި ހުރެ ކްލައިމެޓް ޗޭންޖްގެ އެކްޓިވިސްޓަކީ ޝެރޯން ކަމަށް އެމެންޑާ ބުނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ޓްވިޓާގައި ވަރަށް ބޮޑަށް ވަނީ ދައުރުވެފަ އެވެ. އެ ވީޑިއޯ ބެލި މީހުންގެ އަދަދު ފަސް މިލިއަނަށް ވުރެ ގިނަ އެވެ.
2020 is cancelled pic.twitter.com/aGDZCTTQmb
— Mark Smith (@marksmithstuff) January 2, 2020
ވީޑިއޯ އަށް ދިން ރައްދެއްގެ ގޮތުގައި ގްރެޓާ ޓްވިޓާގެ ނަން ހުކުރު ބަދަލުކޮށްފައިވާ އިރު، މީގެ ކުރިން ވެސް އޭނާ އަށް އިޝާރާތްކޮށް ބައެއް މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ޓްވިޓާގައި ސަމާސާ ގޮތްގޮތަށް ރައްދު ދީފައި ވެ އެވެ.
Thank you so much for all the birthday wishes today!!❤️ pic.twitter.com/ydnoUZ6E8H
— Sharon (@GretaThunberg) January 3, 2020
އެގޮތުން، މިދިޔަހުކުރު ދުވަހު 17 އަހަރު ފުރުނު ގްރެޓާ އަކީ "ރުޅި ކޮންޓްރޯލް ނުވާ ކުއްޖެއް ކަމަށާއި އެ ކަމަށް އޭނާ މަސައްކަތް ކުރަން ޖެހޭ" ކަމަށް ވިދާޅުވެ، ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓަކަށް ވެސް ގްރެޓާ ރައްދު ދީފައިވެ އެވެ. ޓްވިޓާގެ ބައޯގައި "ފުރާވަރުގެ ކުއްޖަކު ރުޅި ކޮންޓްރޯލް ކުރަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް" ލިޔެފައިވެ އެވެ.
އަދި މިދިޔަ ހަފުތާގައި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ، ގްރެޓާ އަށް އިޝާރާތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ޓްވިޓާގެ ބަޔޯގައި ގްރެޓާ ވަނީ "ޕިރާލްހާ" އެ ލަފުޒު ހިމަނައިފަ އެވެ. ޕޯޗްގީޒްގެ އެ ބަހުގެ މާނަ އަކީ ބްރެޓް ނުވަތަ ގޯސްކޮށް އުޅޭ ކުއްޖެކެވެ.
ހަމަ މިގޮތަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން، ދެއްކެވި ވާހަކަތަކަކަށް ވެސް ސްވިޑްން އަށް އުފަން ގްރެޓާ ޓްވިޓާ ބައޯގައި ރައްދު ދީފައިވެ އެވެ.
މިދިޔަ އަހަރުގެ ނޯބެލް ޕީސް ޕްރައިޒަށް ނޮމިނޭޓްވި، ގްރެޓާ އަކީ ޓައިމްސް މަޖައްލާގެ މިދިޔަ އަހަރުގެ ޝަހުސިއްޔަތު ވެސް އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އޭނާ ކުރާ މަސައްކަތްތަކާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން އޭނާ އަށް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީ
05 January 2020
ތިމާވެށީގެ އިލްމުލިބި ހުރި ބައިވަރު މީހުން ތިއްބަ މީޑިޔާތަކުން މިޅަކުއްޖާ ޕުރޮމޯޓް މިކުރަނީ ކުޅޭ ކުޅިވަރެއްބާ. ހަގީގަތުގަ މިހާރު ތަންދޮރު ދަންނަމީހުންގެ އެއްވެސް ބޭނުމެއްނެތް. ޢަޑުވެސްއަހާނެކަމެއްނެތް. ތަނަކުން ޑޮކިއުމެންޓްރީއަކަށް ފައްކާކުރި މަރުމޯލެއް މާ މައްށޫރުވެއްޖެ. ހުސް ރޯނުއެދުރުން.
ނިއު ޖެނެރޭޝަން
05 January 2020
ތިއީ އޭނަގެ މައްސަލައެއްނޫން، ތިއީ ކިޔަވާގެންތިބި މީހުން އާ ޓެކްނޮލޮޖީ އާއި ސޯޝަލްމީޑިއާ އަށް އަހުލުވެރިނުވުމުގެ ނަތީޖާ
ވ ސަލާން
05 January 2020
އޯވާރޭޓެޑް ސަމާލުކަން ހޯދަން އުޅޭ ޅަކުއްޖެއް. މައިންބަފައިންނަކީ މުއްސަނދި ފޯރާފަށުގެ ދެމީހުންކަމުން ދަރި މައްށޫރު ކުރަން ޖައްސާ ސްޓަންޓު. ޅަކުއްޖާއައްވުރެ ބަލައިގަންނަން މާރަނގަޅު ހަގީގީ އެންވަރަމެންޓަލް ނޮލެޖްހުރި މީހުންގެ އަޑުނާހާ މީނަ ޕުރޮމޯޓްކުރަން މީހުން އުޅޭ ސަބަބެއް ނުފެނޭ. އޭގެން ލިބޭނެ ފައިދާއެއްވެސްނެތް.
އޮބާމާ
05 January 2020
މީ ކާކުތަ ފަހެ... ހޮޅިވާހަކަ ދައްކާ ކުއްޖެއް.
ހަކީމް
05 January 2020
އަހަރުމެން ދިވެހި ހުރިހާ ފުރާވަރުގެ ޒުވާނުން " ގްރެޓާ " ގެ ހިތްވަރު ނެރިގެން ނޫނީ މިކަމެއް ނުވާނެ. ސަރުކާރުން ދެން އިތިރު ފަޅު ތަށް ހިއްކައިގެން ރިސޯޓު ހަދަން ހުއްދަ ދެވިގެން ނުވާނެ. ޤާނޫނަކުން މިކަން ހުއްޓުވަން ޖެހޭ. ރުއްގަސް ބާޖް ތަކުގައި ބޭރުކުރަނީވެސް ފަޅުކޮނެގެން ރަށްހަދަން ޖެހޭތީ.