"ސްޓާ ޓްރެކް" އާއި "ސްޕޭސް ފޯސް" ގެ ލޯގޯ.
26 ޖެނުއަރީ 2020 - 07:07
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި ސްޕޭސް ފޯސް އަށް ހެދި ލޯގޯ އަކީ ސައިންސް ފިކްޝަން ފިލްމު "ސްޓާ ޓްރެކް" އިން ފެންނަ ލޯގޯއެއްގެ ކޮޕީއެއް ކަމަށް ބުނެ ޓްވިޓާގައި އެއަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އާ ލޯގޯއާ ބެހޭ ގޮތުން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޕޭސް ފޯސްގެ އާ ލޯގޯ އަކީ ވަރަށް ބޮޑަށް އަސްކަރީ ލީޑަރުންނާއި ޑިޒައިނަރުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ފައިނަލްކުރި ލޯގޯއެއް ކަމަށެވެ. ސްޕޭސް ފޯސް އަކީ އެމެރިކާގެ އަސްކަރިއްޔާގެ ހިމެނޭ ހަ ގޮފީގެ ތެރެއިން އެއް ބައެވެ.
After consultation with our Great Military Leaders, designers, and others, I am pleased to present the new logo for the United States Space Force, the Sixth Branch of our Magnificent Military! pic.twitter.com/TC8pT4yHFT
— Donald J. Trump (@realDonaldTrump) January 24, 2020
އާ ލޯގޯ އާއި "ސްޓާ ޓްރެކް" ގެ ފިލްމުން ފެންނަ ލޯގޯއާ އަށް ބަލާ އިރު ދޭތީގައި ހުރި އެންމެ ބޮޑު އެއްގޮތް ކަމަކީ ލޯގޯގެ މެދުގައި އިންނަ ޝީލްޑް އިން ބައްޓަމެވެ. ދެ ލޯގޯގައި ވެސް އެ ހުރީ ރޮކެޓެއްގެ ބައްޓަމަށެވެ. އަދި އޭގެ ވަށައިގެން ކަހަލަ ގޮތަކަށް އަލި ރޮއްޖެއް ހިމަނާފައިވެ އެވެ.
Ahem. We are expecting some royalties from this... https://t.co/msYcJMlqjh
— George Takei (@GeorgeTakei) January 24, 2020
"ސްޓާ ޓްރެކް" ގެ ފިލްމުތަކުގައި މުހިއްމު ކެރެކްޓާއެއް ކުޅެފައިވާ އެކްޓަރު ޖޯޖް ޓެކީ، 82، މި ލޯގޯ އަށް ޖޯކް ޖަހަމުން ކުރި ޓްވީޓެއްގައި ބުނީ އެމެރިކާގެ ސްޕޭސް ފޯސް އިން ފިލްމުން ފެންނަ "ސްޓާފްލީޓް ކޮމާންޑް" ގެ ލޯގޯ ނަކަލުކޮށްފައިވާތީ އެއަށް ރޯޔަލްޓީއެއް ލިބެން ޖެހޭ ކަމަށެވެ.
For those excitedly tweeting that Trump stole the Star Trek logo!!!!, the patch on the left was the existing Air Force Command logo.
— John Noonan (@noonanjo) January 24, 2020
The same one I wore as a Lieutenant in 2005. pic.twitter.com/mYb60YioBP
ބައެއް މީހުން ބުނިގޮތުގައި ސްޕޭސް ފޯސްގެ ލޯގޯ އެމެރިކާގެ މިހާރުގެ އަސްކަރީ އެއާ ފޯސް ކޮމާންޑްގެ ލޯގޯއާ ވެސް ވައްތަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy