26 ޖެނުއަރީ 2020 - 13:51
އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމްގެ ކީޕަރު ޖޯޑަން ޕިކްފޯޑާއި ލޯބިވެރިޔާ މެގަން ޑޭވިޒްގެ ކައިވެނި އަންނަ މެއި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނީ ޖޯޑަން، 25 އާއި މޭގަން، 25 ރާއްޖޭގައި ބާއްވާނީ ބީޗް ވެޑިންއެއް ކަމަށާއި އެ ހަފުލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް މީހުން އެކަނި ކަމަށެވެ. ނަމަވެސް ކައިވެނިކުރާނެ ސީދާ ތާރީހެއް ހާމައެއްނުކުރެ އެވެ. ރާއްޖޭގައި ކައިވެނިކުރުމަށް ފަހު ސަންޑަލޭންގައި ކައިވެނީގެ ހާއްސަ ހަފުލާއެއް ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ.
ނަމަވެސް މެއި މަހުގެ 17 ގައި ޕްރިމިއާ ލީގް ނިމުމަކަށް އަންނާތީ އާއި މި އަހަރުގެ ޔޫރޯ ޗެމްޕިއަންޝިޕްގެ ތައްޔާރީތައް އިނގިރޭސި ގައުމީ ޓީމުން ޖޫން މަހުގެ 14 ގައި ފަށާތީ އެ ދޭތެރޭގެ ތާރީހެއް ކައިވެނީގެ ކަންކަން ނިންމާލައި، ޖޯޑަން ފުޓްބޯޅަ އަށް އެއްކޮށް ވަގުތު ހުސްކުރާނެ އެވެ.
ޖޯޑަން އާއު މޭގަން އަކީ ވަރަށް ކުޑައިރުއްސުރެ ވެސް ވަރަށް ގާތް ދެ މީހުންނެވެ. އެ ދެ މީހުން އެންގޭޖްވީ 2018 ގަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީގައި ދަރިއަކު ވެސް ލިބިފައިވެ އެވެ.
ކުރިން ސަންޑަލެންޑަށް ވެސް ކުޅުނުޖ ޖޯޑަން އަކީ 2017 އިން ފެށިގެން މަޝްހޫރު ކުލަބް އެވަޓަނަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ އެ ޓީމަށް ސޮއިކުރީ 25 މިލިއަން ޕައުންޑް (33 މިލިއަން ޑޮލަރު) ގެ ފީއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2020
26 January 2020
ރާއްޖޭގެ ރިސޯޓުގައި ކޮށްދޭނީ ރަމްޒީކައިވެނި?
ލޭޑީ ބޯއީ
26 January 2020
ރަސްމާދޫގަ ތިޔަ ކައިވެނި ކުރޭ!
ވަލުގޭ ހަކީމް
26 January 2020
އާދޭ އާދޭ އެއްމެން އާދޭ އުދުހިފަ އާދޭ ދިވެހިންގެ ބިމަށް އާދޭ
ސޯދުބެރެ
26 January 2020
ރާއްޖޭގައި އިސްލާމީ ކައިވެނިނޫން އެހެން ކައިވެނި ކުރެވޭކަމެއް އެގިފަކާނެތް! ރިސޯޓްތަކުގައި ކުރަނީ "ކައިވެންޏެއް" ނޫން!
ރަދީފް
27 January 2020
އެގިފަކާނެތް! - (އެނގިފައެއްނެތް)
ލައްޒަތު
26 January 2020
ކައިވެނި ނުކޮށް ދަރިން ހޯދީތަ؟ ދެންވެނި ކުރުން އަވަސް ކުރާނެ ކަމެއް ނެތެވެ. ކައިވެނި ކޮށްގެން ވެސް ކުރަން އޮތީ ހަމަ އެއް ކަމެއް ވިއްޔާއެވެ.
ކަރީމުއްދީން ބާޝާ
26 January 2020
އަވަހަށް އާދޭ.