07 ފެބުރުއަރީ 2020 - 07:31
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސްވިޑްންގެ ގްރެޓާ ތަމްބާގްގެ ނަން އަނެއްކާ ވެސް މި އަހަރު ނޯބެލް ސުލްގައިގެ އިމާނަށް ހުށަހަޅަން ނިންމައިފި އެވެ.
އުމުރުން 17 އަހަރުގެ ދަރިވަރު އެންމެ ފުރަތަމަ އެ އިނާމަށް ނޮމިނޭޓްވީ މިދިޔަ އަހަރު އެވެ. އެކަމަކު މިދިޔަ އަހަރު އިނާމު ލިބިވަޑައިގަތީ އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދެވެ.
ޖެހިޖެހިގެން ދެވަނަ އަހަރު ގްރެޓާ ނޯބެލް ސުލްހައިގެ އިނާމަށް ހުށަހަޅަން ނިންމީ ސްވިޑްންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ކަމަށްވާ ލެފްޓް ޕާޓީގެ ޖެންސް ހޯމާއި ހެކަން އެސްވެލިންގެވެ. މިދިޔަ އަހަރު ގްރެޓާގެ ނަން ހުށަހެޅީ ގާނޫނު ހަދާ މަޖިލީހުގެ ތިން މެމްބަރެކެވެ.
އެ މެމްބަރުން ވިދާޅުވި ގޮތުގައި ގްރެޓާ އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސިޔާސީ ލީޑަރުންގެ ލޯ ހުޅުވައި ދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ އަދި ޕެރިސް އެގްރިމަންޓަށް އަމަލުކުރަން އޭގައި ސޮއިކޮށްފައިވާ ގައުމުތަކަށް އެންމެ ބޮޑަށް ބާރު އަޅާ ތިމާވެށީގެ އެކްޓިވިސްޓެވެ.
މި އަހަރު ގްރެޓާ އަށް ނޯބެލް ސުހްލައިގެ އިނާމު ލިބިއްޖެ ނަމަ އޭނާވެގެން ދާނީ ނޯބެލް އިނާމުގެ 118 އަހަރުވީ ތާރީހުގައި ޝަރަފު ލިބޭ 18 ވަނަ އަންހެނާއަށެވެ. އެ އިނާމު ހާސިލުކޮށްފައިވާ މަޝްހޫރު އަންހެނުންގެ ތެރޭގައި ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ އާއި މަދާ ތެރީސާ ހިމެނެ އެވެ.
ނޯބެލް ސުހްލައިގެ އިނާމަށް ގްރެޓާގެ ނަން އަލުން ހުށަހަޅަން ނިންމި އިރު، އޭނާ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ނާޖާއީޒު ފައިދާ ބަޔަކު ނަގަމުންދާތީ "ފްރައިޑޭ ފޮ ފިއުޗާ" ގެ ނަމުގައި އޭނާ ރަމްޒުކޮށްދޭ ޓްރޭޑްމާކް ރަސްމީކޮށް ރަޖިސްޓްރީކުރަން ހުކުރު ދުވަހު ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ. މި ވާހަކަ ގްރެޓާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭޚިޔާލު
07 February 2020
ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލާ