ލަންޑަނުގެ ބިމުއަޑީގެ ޕްލެޓްފޯމެއްފައި ދެ މީދާ "މާރާމާރީއެއްގައި"
17 ފެބުރުއަރީ 2020 - 07:24
މީދަލާއި ބުޅާ ފަދަ އެއްޗެހީގެ މަޖާ ކޯޅުންތަކާއި ވާދަވެރިކަން އާންމުކޮށް ފެންނަނީ ހިޔާލީ ކަންކަމުގެ ގޮތުގައި ކާޓޫން ފިލްމުތަކުންނެވެ. އެކަމަކު މި ފޮޓޯ އަށް ރަނގަޅަށް ބަލައިލާށެވެ. މިއީ ކުރެހުމެއް ނޫނެވެ. އަސްލު ފޮޓޯއެކެވެ. ވައިލްޑްލައިފްގެ 25 ފޮޓޯއަކާ ވާދަކޮށް މި ފޮޓޯ އަށް އަހަރުގެ ފޮޓޯގެ މަގާމު ވެސް ލިބުނީ ފޮޓޯ އިން ފެންނަ އާދަޔާހިލާފު ހަގީގީ މަންޒަރުންނެވެ.
މީގައި މި ފެންނަނީ އިނގިރޭސިވިލާތުގެ ލަންޑަނުގެ ބިމުގެ އަޑީގެ މަގެއްގައި ދެ މީދާ "މާރާމާރީ" ހިންގާ ތަނެވެ. މި ފޮޓޯ ނެގި ސޭމް ރޯލީ ބުނީ މިއީ ވަރަށް ގިނަ އިރުގެ މަސައްކަތް ކަމަށެވެ. އޭނާ ބުނީ މި ފޮޓޯ ކެމެރާ އަށް ދަމަގައިގަތުމުގެ ފުރުސަތު ލިބުނީ ބިންމައްޗަށް ވެއްޓިފައި އޮތް ކާއެތިކޮޅަކާ ހެދި ދެ މީދާ ކޯޅުންވާން ފެށުމުން އެ މަންޒަރު ވަރަށް ސަޅި ކަމަކަށްވެގެން، އެކި ގޮތްގޮތަށް ކެމެރާގެ އެންގަލް އަނބުރައިގެން ކުރި މަސައްކަތުން ކަމަށެވެ.
"މި ޝޮޓް ހަގީގަތުގައި މިގޮތަކަށް ނުނެގޭނެ އެ ވަގުތު އެތަނުގައި ތިބި މީހުންގެ އެހީތެރިކަން ނުލިބުނު ނަމަ. އަހަރެން ފޮޓޯ ނަގާތަން ފެނުނީމަ ވަރަށް ގިނަ ބަޔަކު އެކަމަށް ފުރުސަތުދީގެން މަންޒަރު ބަލަން ތިބީ،" ވައިލްޑްލައިފް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ ސޭމް ބުންޏެވެ. "މި ފޮޓޯ އަށް ލިބުނު އެވޯޑް އަހަންނާ އެއްވަރަށް އެ މީހުންނަށް ވެސް ހައްގުވާނެ."
Earlier today we shared the news that @SamRowleyPhoto was the winner of the @lumixuk #WPYpeopleschoice award for his image 'Station squabble'. Here is Sam's first reaction to the news: pic.twitter.com/lCcw2SGoDf
— Wildlife Photographer of the Year (@NHM_WPY) February 12, 2020
އޭނާ ކިޔައިދިން ގޮތުގައި ދެ މީދަލުގެ "މާރާމާރީ" ޝޫޓްކޮށް ނިންމައި، ލެޕްޓޮޕަށް އަޅައިގެން ފޮޓޯތައް ބެލި އިރު، ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. ސޭމް ބުނީ މި ވަރުގެ "ލޯބި" ފޮޓޯއެއް އަދި މިހާތަނަށް ނުނެގޭ ކަމަށެވެ.
މި ފޮޓޯ އިން ބީބީގައި ރިސާޗަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސޭމް، 25 އަށް ވަނީ މި އަހަރުގެ ޕީޕަލްސް ޗޮއިސްގެ ވައިލްޑްލައިފް ފޮޓޯގްރާފާ އޮފް ދި އިޔާގެ މަގާމު ވެސް ލިބިފަ އެވެ. އެއީ އެ ކެޓަގަރީ އަށް ޝޯޓްލިސްޓްކުރި 25 ފޮޓޯއަކާ ވާދަކޮށްގެންނެވެ.
ސޭމްގެ "ސްޓޭޝަން ސްކެއަބަލް" އަށް ވޯޓްލާން އާންމުންނަށް ލަންޑަނުގެ ނެޗްރަލް ހިސްޓްރީ މިއުޒިއަމުން ހުޅުވައިލުމުން ފޮޓޯ އަށް 48،000 ވޯޓް ވެސް ލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy